އަބްދުﷲ ނާބިހު ނާޝިދު
އަބްދުﷲ ނާބިހު ނާޝިދު
ޅައުމުރުގައި، ސައިންސާއި، ޓެކްނޮލޮޖީ އަދި އިނގިރޭސިބަހާއި ދިވެހި ބަސް މުއްސަނދި ކުރުމަށާއި ސްކިލް ބިލްޑް ކުރުމަށް އެކި ޕްރޮގްރާމްތައް އުގައިލް ފައުންޑޭޝަނުން ދަނީ ހިންގަމުންނެވެ.

އެގޮތުން ޅައުމުރުފުރާގެ ކުދިން މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ ބުއްދިވެރިކަމެއް ކަމަށް، އުގައިލް ފައުންޑޭޝަނުގެ ދަ ސަރކަލް އިން ހިންގަމުންދާ ކްރިއޭޓިވް އިންގްލިޝް ކްލާހުގެ ދަރިވަރެއް ކަމުގައިވާ އަބްދުﷲ ނާބިހު ނާޝިދު ފާހަގަކުރިއެވެ. ނާބިހު ބައިވެރިވަމުންދާ ކްރިއޭޓިވެ އިންގްލިޝް ޕްރޮގްރާމުގައި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް، އިނގިރޭސިބަސް ދަސްކޮށްލައި ބަސް މުއްސަނދިކޮށްލަން ބައިވެރިވެވޭނެއެވެ.

އަހުމަދިއްޔާ ސްކޫލުގައި ކިޔަވަމުންދާ އުމުރުން 13 އަހަރުގެ، ނާބިހުވެސް މިޕްރޮގްރާމުގައި ބައިވެރިވީ އިނގިރޭސިބަސް އިތުރަށް މުއްސަނދިކޮށްލުމަށެވެ. އެގޮތުން މި ޕްރޮގްރާމުގެ އެހީގައި އިނގިރޭސިބަހުން އެކި ކަހަލަ ލިޔުންތައް ތައްޔާރުކޮށް، ޅެން ހެދުމާއި، އިނގިރޭސިބަހުން ވާހަކަދެއްކުމަށްވެސް އިތުރުހިތްވަރެއް ލިބިގެންދާކަމަށް ނާބިހު ފާހަގަކުރިއެވެ. ނާބިހު ބުނީ ބަސްކުރިއެރުވުމާއެކު މިޕްރޮގްރާމުގެ އެހީގައި އުފެއްދުންތެރި، ބިނާކުރުވަނިވި، އާހިޔާލުތަކެއް ލިބިގެންދާކަމަށެވެ.

އެގޮތުން ސްކޫލްގެ ބިޒީ ޝެޑިއުލާއެކުވެސް މިފަދަ ކުލާސްތަކުގައި ބައިވެރިވުމަކީ ވަރަށް ރަނގަޅުކަމެއް ކަމަށް ނާބިހު ފާހަގަކުރިއެވެ.

ތައުލީމީ ގޮތުންވެސް ފާހަގަކޮށްލެވޭ ނާބިހަކީ ސްކޫލުގެ އެކި ހަރަކާތްތަކާއި، ވާހަކަ ދެއްކުމާއި، ޤުރުއާން އަދި މަދަހަ ކިއުމުގެ މުބާރާތްތަކުންވެސް ފާހަގަކޮށްލެވޭ ވަނަތަކެއް ހާސިލުކޮށްފައިވާ ދަރިވަރެކެވެ. ދިވެހިންނާއި އިނގިރޭސިބަހުން އެކިކަހަލަ ލިޔުންތައް ލިޔުމާއި، ފޮޓޯ އަދި ވީޑިއޯ އެޑިޓް ކުރުންފަދަ ކަންކަމަށް ޝައުގުވެރިކަން ހުންނަ ނާބިހު އެންމެ ބޭނުމީ ޑޮކްޓަރަކަށް ނުވަތަ ޓީޗަރަކަށްވާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން