ރޭގެ މެޗުގައި ރެއާލް މެޑްރިޑްގެ ގޯލް ކާމިޔާބުކޮށްދިނުމަށްފަހު ފޯވާޑް ކަރީމް ބެންޒެމާ އާއި ކަސެމީރޯ
ރޭގެ މެޗުގައި ރެއާލް މެޑްރިޑްގެ ގޯލް ކާމިޔާބުކޮށްދިނުމަށްފަހު ފޯވާޑް ކަރީމް ބެންޒެމާ އާއި ކަސެމީރޯ
ސްޕެނިޝް ލީގުގެ އެއްވަނައިގައި ރެއާލް މެޑްރިޑް ހަމަޖެހިލައިފިއެވެ.

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން އެސްޕަނިޔޮލް އާ ވާދަކޮށް ކުޅުނު މެޗް ކާމިޔާބުކޮށް ޓޭބަލްގެ އެއް ވަނައިގައި ރެއާލް ވަނީ ވާދަވެރި ބާސާ އަށް ވުރެ އިތުރަށް 2 ޕޮއިންޓްގެ ލީޑެއް ނަގާފައެެވެ. ރަށުން ބޭރުގައި އެސްޕަނިޔޮލް އާ ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅުނު މެޗް އެ ޓީމުން ކާމިޔާބުކުރީ 0-1 އިންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަަމަ ހާފްގައި ރެއާލް މެޑްރިޑުން ވަނީ އެސްޕެނިޔޮލްގެ ގޯލަށް ނުރައްކާތެރި ހަމަލާ ތަކެއް ފޮނުވާލާފަ އެވެ. މިމެޗުގެ ހަމަ އެކަނި ލަނޑު ފުރަތަމަ ހާފް ނިމެން ކައިރިވެފައި ވަނިކޮށް މެޑްރިޑް އިން ވަނީ ކާމިޔާބު ކޮށްފައެވެ. ރިއާލްގެ ކަރިމް ބެންޒީމާ ފުންނާބުން ކަސެމީރޯ އަށް ދިން ޕާހެއްގައި އޭރިއާ ތެރޭން ގޯލު ކުރިމަތީ ހުރެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ވަނީ ރެއާލް މެޑްރިޑަށް ލީޑު ނަގައި ދީފައެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ނަތީޖާ އަކުންނެވެ.

ލީގުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ އިން ދެން އެންމެ އަވަހަށް ކުޅެންޖެހޭ މެޗް ދެ ޓީމުންވެސް ކުޅޭނީ އަމިއްލަ ދަނޑުގަ އެވެ. އަންނަ އަންގާރަ ދުވަހުގެ ރޭ ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސެލޯނާއަށް ނުކުންނަން ޖެހިފައިވާ އިރު ބުރާސްފަތި ދުވަހުގެ ރޭ ރެއާލް މެޑްރިޑް ވާދަކުރަން ހަމަޖެހިފައި ވަނީ ހަ ވަނައިގައި އޮތް ގެޓާފޭ އާއެވެ.

ރޭގެ ނަތީޖާ އާ އެކު ރެއާލް މެޑްރިޑަށް 71 ޕޮއިންޓް ލިބިފައިވާ އިރު ދެވަނައިގައި ބާސެލޯނާ އޮތީ 69 ޕޮއިންޓާ އެކު އެވެ. މިއިން ކޮންމެ ޓީމަކަށްވެސް ލީގުގައި ބާކީ ދެން އޮތީ ހަ މެޗެވެ. ހުރިހާ މެޗެއް ނިމޭއިރު ދެ ޓީމް ޕޮއިންޓްގެ ގޮތުން އެއްވަރުވެއްޖެ ނަމަ ދެން ބަލާނީ ހެޑް ޓު ހެޑް ރެކޯޑަށެވެ. އެގޮތަށް ބަލައިފި ނަމަ މިފަހަރު ކުރި ލިބެން އޮތީ ރެއާލް އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން