މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ޖިންސީ ގޯނާގެ ހާދިސާތައް ހިނގާދިޔަގޮތުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްފައި މެނުވީ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ބްރޯޑްކޮމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅޭގޮތުން މިހާރަކަށް އައިސް ފަތުރަމުންދާ ޚަބަރުތަކާއި މަޢުލޫމާތުގެ ތެރޭގައި އަނިޔާ ލިބުނުކަމަށް ތުހުމަތުކުރެވޭ ފަރާތުގެ ޒާތީ މައުލޫމާތު ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އޭގެ ސަބަބުން އެ ފަރާތް އިތުރަށް ވިކްޓިމައިޒްވެ، އެ ފަރާތުގެ އިތުރަށް އެ ފަރާތާ ގުޅުންހުރި އެހެން ފަރާތްތަކުގެ ޙައްޤަށް ނުވަތަ އިންސާނީ ކަރާމާތަށް އުނިކަން ލިބޭ ކަމަށެވެ.

"މި ފަދަ ޙާދިސާތަކުގެ މައުލޫމާތުގެ ސައްޙަކަން ކަށަވަރުކޮށްގެން މެނުވީ ޙާދިސާގެ މައުލޫމާތު ފެތުރުމަކީ ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅި އޭގެ ސަބަބުން ނުރަނގަޅު އަސަރުތަކެއް މުޖުތަމަޢުއަށް ކުރާނޭކަމެއް" ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި ޖިންސީ ގޯނާގެ ޙާދިސާތަކާ ގުޅޭގޮތުން ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި، އަނިޔާ ލިބޭ ފަރާތްތަކުގެ މަޢުލޫމާތު ހާމަނުކުރުމަށާއި، ޙާދިސާ ހިނގާދިޔަގޮތުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްފައި މެނުވީ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި "ބްރޯޑްކާސްޓްކުރުމުގައި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި އަމަލުކުރަންވީ ގައިޑްލައިން" އާއި "ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ޙިމާޔަތްކުރުމަށް ޢަމަލުކުރަންވީ ގައިޑްލައިން" އާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ބްރޯޑްކާސްޓަރުންވެސް ޢަމަލުކުރުމަށް ބްރޯޑްކޮމް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ބްރޯޑްކޮމް އިން ވަނީ މި ހަމަތަކާ ޚިލާފަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރާ ބްރޯޑްކާސްޓަރުންނާ މެދު ޤާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅުއަޅާނެ ކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ކާޅު

01-Jul-2020

ތިކަން މިހާރު ބޮނޑު ވަބާ އަކައް ވެއްޖެ މިހާރުން މިހާރައް ޔާމީނާ ޖެހިގެން އޮތް ގޮޅިޔައްލާ ތިމީޙުން


0

ޖާނު

30-Jun-2020

ކަމެއްވެގެންއުޅެހެން ހީވޭތަ? އެކަން ކަށަވަރުކުރަން މިޖެހެނީ, ހަމައެކަނި ޖިންސީގޯނާގެ އެކަނިތަ? ދެން އެހެން އަނިޔާއާ މީހުންގެ އަބުރަށް އަރައިގަތުމާ މީހުންގެ އާއިލާ ހަފުސްކޮށްލުމާ ކޮބައިތޯ ތިޔަކޮމިޝަނުގެ ޒިންމާއެއް? ތިއުޅެނީ ވަކިމީހެއްގެ ކަމެއް ނުފޮރުވިގެންތޯ? މިހާރުވެސް އަބުރުގެއްލިފައިވާ ކިތައްމީހުން ދޫވެއްޖެތޯ? ކޮބައިތޯ ކޮމިޝަނުގެ ބަހެއް?



ޓްރެންޑިން