އަދުރޭ ކޯލިޝަންގެ ބައްދަލުވުއްގައި ވާހަކަ ދައްކަވަނީ
އަދުރޭ ކޯލިޝަންގެ ބައްދަލުވުއްގައި ވާހަކަ ދައްކަވަނީ
ކުއްލިގޮތަކަށް ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާ އުފުލީ މިއަދުގެ ސަރުކާރު ފެއިލްވަމުންދާ ދިއުން ފޮރުވަން ކަމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ، އަދުރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް މިހާރު އުފުލާފައިވާ އިތުރު ދެ ދައުވާ އާއި ގުޅިގެން މިއަދު ހަވީރު ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުއްރަހީމް، އަދުރޭ ވިދާޅުވީ ސަރުކާރުގެ ކޮންމެ ވިޔާނުދާ ކަމެއް ފޮރުވަން ނިވާފަތްގަނޑަކަށް ބޭނުންކުރަނީ ކުރީގެ ރައީސް އަބްދﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށެވެ. އެގޮތުން މިހާރު ފެންމަތިވެގެން އުޅޭ ރޭޕް ކޭސްގައި ސަރުކާރުގެ ނުވަތަ މަޖިލިސް މެމްބަރެއްގެ ފިރިކަލުންނާއި އަދިވެސް ސަރުކާރުގެ ބައެއް ބޭފުޅުންގެ ގާތްތިމާގެ ބޭފުޅުން ހިމެނޭ ކަމަށާއި، ސަރުކާރުން އެކަން ފޮރުވަން އުޅޭ ކަމަށް އަދުރޭ ތުހުމަތުކުރެއްވިއެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތަކާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ފޮރުވަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަންކަން އޮއްބާލަން ރައީސް ޔާމީން ބޭނުންމިކުރަނީ ސިޔާސީ ހަތިޔާރަކަށް. މި ސަރުކާރުގެ ކޮންމެ ވިޔާނުދާކަމެއް ފޮރުވަން ބޭނުންކުރާ ހަތިޔާރަކަށް މިހަދަނީ ރައީސް ޔާމީން." އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ ޝަރީއަތް ކުރިއަށްގެންދިޔައީ އިންސާފުވެރިކޮށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. ޢަބުދުއްރަހީމް ވަނީ ރައީސް ޔާމިން ޚިޔާނަތްތެރިވެވަޑައިގެންނެވި ނަމަ ގައުމަށް ތަރައްގީ ގެންނާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ. ރާއްޖޭގެ ތާރީހު ދުށް އެންމެ ގިނަ މަޝްރޫއުތައް ހިންގުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ކަމަށާ އެއީ ކުރީ ސަރުކާރުން ހިޔާނާތް ނުހިންގާ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ސަރުކާރަށް ބައްލަވާ، 38 ބިލިއަން ފާސްކޮށްގެން ކުރެވުނު އެއްވެސް ކަމެއް ނެތް، ނަމަވެސް ރައީސް ޔާމީން ކުރެއްވި ކަންކަން އެ ހުރީ ފެންނަން." އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީނާ ގުޅުންހުރި މައްސަލަތައް ފުލުހުން ތަހުގީގު ކުރާއިރު މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަކީ ރައްޔިތުންގެ އިތުބާރެއް އޮތް ބޭފުޅެއް ނޫން ކަމަށެވެ. އަދި ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމަކީވެސް މިނިވަންކަން ގެއްލިފައިވާ ސަރުކާރުގެ ނުފޫޒުގެ ދަށުގައި ހުންނެވި ބޭފުޅެއް ކަމަށް އަދުރޭ ވަނީ ތުހުމަތުކުރައްވާފައެވެ.

ޕީޖީ އޮފީހުން ބުނީ، ރައީސް ޔާމީން ވަނީ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފަ ކަމަށެވެ. ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމާއި، މަނީ ލޯންޑަރިންގެ ދައުވާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން