މަރިޔަމް ލަމްޙާ ރަޝީދު   22 މާރިޗު 2023 - 11:32
އަންނާރު ދިޔަ: ކޮލެސްޓްރޯލް އެއްވަރެއްގައި ހިފަހައްޓައިދޭ
އަންނާރު ދިޔަ: ކޮލެސްޓްރޯލް އެއްވަރެއްގައި ހިފަހައްޓައިދޭ
ކޮލެސްޓްރޯލްއަކީ ތަތްކަމެއް ހުންނަ ހޯމޯންއާއި ސެލް އުފައްދާ މޮލެކިއުލްއަށް ކިޔާނަމެކެވެ. މިއީ ހަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ އާއި އެހެނިހެން ހޯމޯން އުފައްދައިދޭ އެއްޗެކެވެ. ހަށިގަނޑުގައި ދެވައްތަރެއްގެ ކޮލެސްޓްރޯލް ހުރެއެވެ. އެއީ ހައި ޑެންސިޓީ ލައިޕޯ ޕްރޮޓީން (އެޗް.ޑީ.އެލް) އާއި ލޯ ޑެންސިޓީ ލައިޕޯ ޕްރޮޓީން (އެލް.ޑީ.އެލް)އެވެ.

ލައިޕޮޕްރޮޓީންއަކީ ފެޓް ސެލްސްއިން އެފެދިފައިވާ ހަށިގަނޑުގައި ފެޓްސް ދައުރުކޮށްދޭ ޕާޓިކަލްތަކެކެވެ. ހައި ޑެންސިޓީ ލައިޕޯ ޕްރޮޓީން އަކީ ލޭގެތެރާގައި ހުންނަ ހަށިގަނޑަށް ގެއްލުންވާ ކޮލެސްޓްރޯލް ފުރާނައި އެތަކެތި ލިވައަށް ފޮނުވައި ހަށިގަނޑުން ބޭރުކުރުމުގެ މަސައްކަތް ކުރާ އެއްޗެކެވެ. އަދި މިބާވަތުގެ ކޮލެސްޓްރޯލް އިތުރުވުމަކީ ހިތުގެ ބައްޔާއި ސްޓްރޮކް ޖެހުމުން ސަލާމަތްކޮށްދޭ ކަމެކެވެ.

ލޯ ޑެންސިޓީ ލައިޕޯ ޕްރޮޓީން އަކީ ލޭގެތެރޭގައު ދައުރުވާ ކޮލެސްޓްރޯލް ބޭނުންވާ ސެލްތަކަށް ކޮލެސްޓްރޯލް ފޯރުކޮށްދޭ ޕާޓިކަލްއެކެވެ. އެހެންކަމުން މާގިނައިން އެލް ޑީއެލް ހުރެއްޖެނަމަ ހިގުތެ ނާރުތަކުގައި ކޮލެސްޓްރޯލް ގިނަވެ ލޭހޮޅިތައް ބެދި ކްލޮޓުތައް އުފެދޭގޮތް މެދުވެރިވެއެވެ.

ހަށިގަނޑަށް ބޭނުންވާވަރަށްވުރެ އިތުރަށް ކޮލެސްޓްރޯލް މަތިވާނަމަ ހިތުގެ ނާރުތައް ހިމަވެ އަދި ގިނަދުވަސްވުމުން އެއްކޮށް ނާރުތައް ބަންދުވެ ހާޓްއެޓޭކްޖެހުމަށް މެދުވެރިވާ ހާލަތްތައް އާދެއެވެ. އާއްމުގޮތެއްގައި ކޮލެސްޓްރޯލްގެ މައްސަލަތަކަކީ ވާރުތަވާ އާއިލީ ބައްޔެކެވެ. އެހެންނަމަވެސް، އާއިލާގެ އެއްވެސް މީހެއްގެ ފަރާތުން މިބަލި ފެނިފައި ނުވިކަމުގައިވިޔަސް، ދިރިއުޅުމުގައި ހުންނަ ނޭދެވޭ އާދަތަކެއްގެ ސަބަބުން ކޮލެސްޓްރޯލް އިތުރުވުމަށް މެދުވެރިވެއެވެ. ޚާއްސަކޮށް އާދަކޮށް ލުއިކާނާ ކެއުމާއި ހަރަކާތްތެރިނުވުމުގެ ސަބަބުން މީހާ ފަލަވުމުން ކޮލެސްޓްރޯލް ކޮންޓްރޯލް ކުރަން އުނދަގޫވެއެވެ.

ކޮލެސްޓްރޯލް ކޮންޓްރޯލްކުރުމަށް ބޭނުންކުރެވިދާނެ ބުއިންތައް:

ކޮލެސްޓްރޯލް ލެވަލް ރަނގަޅު ވަރެއްގައި ބެހެއްޓުމަށާއި ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމަށް ތިރީގައިވާ ބުއިންތައް ތައްޔާރުކޮށް އާއްމުގޮތެއްގައި ބޭނުން ކުރުމަކީ ކުރެވިދާނެ ކަމެކެވެ.

1. ގްރީން ޓީ

ހަށިގަނޑުގައި މާބޮޑަށް އިތުރުވެއްޖެނަމަ ގެއްލުންދެނިވި އެލް.ޑީ.އެލް ލެވަލް ދަށްކޮށްލާ ކެޓަޗިންއާއި އެންޓިއޮކްސިޑެންޓްސް ގްރީންޓީގައި އެކުލެވިގެންވެއެވެ. އެހެންކަމުން ގްރީން ޓީއަކީ ކޮލެސްޓްރޯލް ދަށްކުރުމަށް ބޭނުންކުރެވިދާނެ ބުއިމެކެވެ. ގްރީންޓީ ގަތުމުގައި ވީހާވެސް ކުޑަކޮށް ޕްރޮސެސްޑް ކުރެވިފައިވާ ވައްތަރެއްގެ ގްރީން ޓީ އެއް އިޚްތިޔާރު ކުރަންވިސްނަންވާނެއެވެ.

2. ސޮއީ މިލްކް

ސޮއީ މިލްކްގައި ސެޓުރޭޓެޓް ފެޓް ހުންނަ މިންވަރު އެހެން ކިރާއި އަޅާ ބަލާއިރު ދަށެވެ. އެހެންކަމުން ކްރީމްއާއި އާއްމުގޮތެއްގައި ކިރު ބޭނުންކުރެވޭ ކަންކަމުގައި، ސޮއީ މިލްކް ބޭނުން ކުރެވިދާނެއެވެ. އޭރުން ކޮލެސްޓްރޯލް ލެވަލް ދަށްވެ އަދި ހިތުގެ ބަލިތަކުންވެސް ދުރުކޮށްދޭނެއެވެ. ސޮއި މިލްކް އިޚްތިޔާރު ކުރުމުގައި އެންމެ އެދެވިގެންވަނީ އެއްވެސް ވަރަކަށް ހަކުރާއި ލޮނުފަދަ އެއްޗެއް އަޅާފައިނުވާ ވައްތަރެއް އިޚްތިޔާރު ކުރުމެވެ.

3. އަންނާރު ދިޔަ

އަންނާރަކީ ޞިއްހީގޮތުން ގިނަ ފައިދާތަކެއް ލިއްބައިދެނިވި މޭވާއެކެވެ. މި މީރު ބުއިމުގައި ގިނަ އަދަދެއްގެ އެންޓިއޮކްސިޑެންސްޓްސް ހުރުމާއެކު ކޮލެސްޓްރޯލްގެ ސަބަބުން ލިބިދޭ ގެއްލުންތަކުން ރައްކާތެރިކޮށްދެއެވެ. އަދި އަންނާރު ދިޔަ، ކޮލެސްޓްރޯލް ދަށްކުރުމާއިއެކު ބްލަޑް ޕްރެޝަރވެސް ދަށްކޮށްދޭކަމަށް ރިސާރޗުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ކަސްރަތު

23-Mar-2023

ހިތި ފަތު ދިޔާ އާއި ހިކި ކިރަށް ބައި ސަނމްސާ އަސޭމިރުސް އަޅައިގެން ބޯކިބާ ފިހުނީމަވެސް. ކޮލޮސްޓުރޯލް ހުންނަ މީހުން އެ ހިސާބާ ގާތް ނުވާނެއެވެ.



ޓްރެންޑިން