ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލިމް އެކަލޭގެފާނުންގެ ލޮބުވެތި އަޞްޙާބު ބޭކަލުންނާއެކު ދަތުރުފުޅަކު ވަޑައިގަތެވެ. އެކަލޭގެފާނު އިންނެވީ އެކަލޭގެފާނުންގެ ސަވާރީގައެވެ. އަދި މާތް ﷲ އެދެބަފައިކަލުންނަށް ރުއްސުންލެއްވި ޖާބިރު ބުނު ޢަބްދު ﷲ އަށް ގޮވާލައްވާފައި، ކޮންމެވެސް ބޭނުންފުޅަކު ތަނަކަށް ފޮނުއްވިއެވެ.
ޖާބިރުގެފާނު، ކީރިތި ރަސޫލާ އެވިދާޅުވިކަމެއް ކުރައްވައިގެން އެނބުރި ވަޑައިގެން ރަސޫލާގެ ސަވާރީއާ އަރައި ހަމަކުރައްވަމުން އިތުރުއެކަލޭގެފާނަށް ސަލާމް ދެންނެވިއެވެ. ނަމަވެސް ކީރިތި ރަސޫލާ ސަލާމުގެޖަވާބެއް ނުދެއްވިއެވެ. މިކަމާ ޖާބިރުގެފާނު ވަރަށް ދެރަފުޅު ވިއެވެ. އަދި ހިތްޕުޅަށް އަރާވަޑައިގަތެވެ. ކީރިތި ރަސޫލާ ތިމަންނަ ފޮނުއްވި ކަމުގައި ލަސްވުމުން ކޯފާވެވަޑައިގަތީކަން ނޭނގެއެވެ. މިހެން ހިތްތަވާފައިވެސް ހިތްޕުޅަށް އަރާވަޑައިގަތެވެ. ފަހަރެއްގައި ސަލާމުގެ އަޑު އިތުރު އެކަލޭގެފާނަށް އިވިވަޑައިނުގަތީކަން ނޭނގެއެވެ. މިހެން ހިތްތަވާފައި ދެވަނަ ފަހަރަށް ސަލާން ގޮވާލައްވައިފިއެވެ. މިފަހަރުވެސް ކީރިތި ރަސޫލާ ޖަވާބެއް ނުދެެއްވިއެވެ.
ޖާބިރުގެފާނު ކުރިއަށްވުރެ ބޮޑަށް ހިތާމަފުޅުވިއެވެ. ކުރީގެ ހީކުރެއްވުން ޔަޤީނާހަމަޔަށް ދިޔައީއެވެ. ކޮންމެއަކަސް ކުޑަހިނދުކޮޅަކު މަޑުކުރައްވާފައި ތިންވަނަ ފަހަރަށް ސަލާމް ގޮވާލައްވައިފިއެވެ. މިފަހަރު ކީރިތި ރަސޫލާ ސަލާމުގެ ޖަވާބު ދެއްވައިފިއެވެ. އަދި ޙަދީޘްކުރެއްވިއެވެ.
"ތިމަން ރަސޫލާއަށް ޢުޛުރުވެރިވެ ވަޑައިގަތީ ނަމާދުކުރައްވަން ހުންނެވީތީ އެވެ." (ބުޚާރީ- މުސްލިމް)
އިރުޝާދު:
1. ސަވާރީގައި އިންނަ މީހާއަށް ސުންނަތް ނަމާދުކުރުމުގައި އިށީނދެ އިނދެގެން ރުކޫޢާއި ސަޖިދަކުރުމުގައި ބޯތިރިކުރަމުން ނަމާދު ކުރެވިދާނެއެވެ. ރުކޫޢާއި ސަޖިދައިގައި ބޯތިރި ކޮށްލާނީއެވެ. އަދި ޤިބްލައަށް ހުރުންވެސް ވާޖިބުވެގެނެއް ނުވެއެވެ. އެއިރަކަށް ތިމާ ސަވާރީގައި އިންގޮތަކަށް އިނދެ ނަމާދު ކުރެވިދާނެއެވެ.
2. ސަވާރީގައި އިންމީހަކަށް ރަނގަޅު ގޮތަކީ، އެއްގަމުގައި ދަތުރުކުރާނަމަ ސަވާރީ މަޑުކުރެއްވެން އޮތްނަމަ ސަވާރީ މަޑުކޮށްފައި ބިންމަތީގައި ނަމާދުކުރުމެވެ. އަދި ސަވާރީ މަޑުކުރެވެން ނެތްނަމަ އެއްގަމުސަވާރީގައި ދަތުރުކުރާމީހާއާއި ކަނޑުދަތުރާއި ވައިގެދަތުރު ކުރާމީހާއަށް ޤިބުލައަށް ހުރުމާއި ޤިޔާމުގައި ކޮއްޅަށް ހުރުން އެކަށީގެންވާނަމަ މިކަންތައްތައް ވާޖިބުވާނެއެވެ. ސުންނަތް ނަމާދުތަކާ އެއްގޮތަކަށް ހުއްދަވެގެނެއް ނުވެއެވެ. ނަމަވެސް ޤިބްލައަށް ހުރުމަށާއި ޤިޔާމަށް ހުރުމަށް ނުކުޅެދޭ މީހާ ސަވާރީގައި އިނދެގެން، އެއިންގޮތަކަށް އިނދެ ސުންނަތް ނަމާދާ އެއްގޮތަކަށް ނަމާދު ކުރެވިދާނެއެވެ. (އަލްމަޖްމޫޢު)
3. ސަލާމް ކުރުމަކީ އިސްލާމީ ރިވެތި އަދަބުތަކުގެ ތެރެއިން އެއްއަދަބެވެ. އިސްލާމީ ޝިޢާރެއްވެސް މެއެވެ. އެއްމުސްލިމަކާ އަނެއްމުސްލިމަކު ދިމާވާ ކޮންމެ ހިނދަކު ސަލާމްކުރުމަކީ ސުންނަތެކެވެ. ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދީންނަށެވެ. ހިނގާފައިދާ މީހުންނާއި ސަވާރީގައިދާ މީހުންނާއި ހުއްޓިތިބޭ މީހުންނަށެވެ. މީހަކު ސަލާމްކުރުމުން ސަލާމުގެ ޖަވާބުދިނުމީ ވާޖިބެކެވެ. މުސްލިމްނޫން މީހަކަށް އިސްލާމީ ސަލާމުން ސަލާމް ގޮވައިގެން ނުވާނެއެވެ. އަދި އެފަދަ މީހަކު ސަލާމްކޮށްފިނަމަ އެންމެ ރަނގަޅީ "وعليك" މިފަދައިން ކިޔައި ޖަވާބުދިނުމެވެ. (އަލްއަޛްކާރު،އައްނަވަވީ)
*********
* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު