ވައިރަލްވި ވީޑިއޯއެއްގެ މަންޒަރެއް
ވައިރަލްވި ވީޑިއޯއެއްގެ މަންޒަރެއް
އިންޑިއާގެ ބިހާރުގައި ހުންނަ ސްކޫލެއްގައި ޓީޗަރަކާއި ޕްރިންސިޕަލަކު ދެބަސްވުމެއްގެ ތެރެއިން ރުޅިގަދަވެގެން ގައިގައި އަތްލައި ތަޅައިގެންފިއެވެ. މިކަން ހިނގާފައިވަނީ ޕަޓްނާ ޑިސްޓްރިކްޓްގެ ސާނަވީ ސްކޫލެއް ކަމުގައިވާ ކައުރިޔާ ޕަންޗަޔަތު ނަމަކަމަށް ކިޔާ ސްކޫލެއްގައެވެ.

ޕްރިންސިޕަލާއި ޓީޗަރު އެކަކު އަނެކެއްގެ ގަޔަށް ހަމާލަތައް ދެމުން ގެންދިޔަ ބޭއަދަބީ މަންޒަރު ބެލުމަށް ކްލާސްތެރޭގައި ތިބި ދަރިވަރުން ބޭރަށް ނުކުމެ އެސަރަހައްދުގެ ކައިރީގައި މަންޒަރު ބަލަން ތިއްބެވެ. އަދި ބައެއް ދަރިވަރުންވަނީ މިމަންޒަރު ރިކޯޑުކޮށް ސޯޝަލް މީޑިއާއަށް ލައިފައެވެ.



ވައިރަލްވެފައިވާ އޭގެ ވީޑިއޯއިން ފެންނަ ގޮތުގައި، މިދެމީހުން ސްކޫލް ހޯލްތެރޭގައި މާރާމާރީ ހިންގާފައިވަނީ ޒާތީ މައްސަލައަކާއި ހުރެއެވެ. އަދި ވީޑިއޯއިން ފެނިގެންދަނީ ސްކޫލްގެ ޕްރިންސިޕަލް ކަންތީ ކުމާރީއާއި ޓީޗަރު އަނީތާ ކުމާރީ އާއި ދެމީހުން ތަޅަމުން ބިންމައްޗަށް ވެއްޓިގަނެ އެކަކު އަނެކަކު ހެދުމުގައި ހިފައި އަނިޔާ ކުރާ މަންޒަރެވެ.

ވައިރަލް ވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުން މިމައްސަލަ ޖެހެން މެދުވެރިވެ ތަޅާފޮޅާ ހިސާބަށް ދިޔަ ހިސާބަކީ އެއް އަންހެނަކު ކްލާސް ރޫމުން ނުކުމެ ކްލާސް ބޭރުން ހިނގާފައިދިޔަ އަންހެންމީހާ ފަހަތުން ފައިވާން އަތަށް ނަގައިގެން ޖަހަން ދިމާކުރި ހިސާބުންނެވެ. އަދި މީނާ ފައިވާނުން އެއަންހެންމީހާގައިގައި ތަޅަނިކޮށް އިތުރު އެހެން އަންހެނަކު މިތަނަށް އައިސް ދެމީހުންވެގެން ބިންމަތީގައި ތިބެ ހަމަލާދެވުނު އަންހެންމީހާގައިގައި ތަޅަން ފެށިއެވެ.

ސޯޝަލް މީޑިއާގައި މިޑިއާގައި ދައުރުވަމުން އަންނަ މިވީޑިއޯގެ ޞައްޙަކަން ކަށަވަރުކުރުމަށް އިންޑިއާ ޓުޑޭއިން އެސަރަހައްދުގެ ބްލޮކް އެޑިއުކޭޝަން އޮފިސަރާއި ސުވާލުކުރުމުން އޭނާ ވަނީ މިކަން ހިނގާފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި މިކަން ހިނގާފައިވަނީ ވަގުތީގޮތުން ޒިންމާއާއި ހަވާލުވެހުރި ޕްރިންސިޕަލަކާއި އެސިސްޓެންޓް ޓީޗަރަކާއި ދެމެދު ހިނގި ޒާތީ ހަމަނުހުމެއްގެ ސަބަބުންކަމަށާއި މިއީ އިންޑިއާރގެ ޤާނޫނާއި ޤަވައިދުތަކާއި ޚިލާފަށް ހިނގައިދިޔަ ކަމެއްކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

ބްލޮކް އެޑިއުކޭޝަން އޮފިސަރ އިތުރަށް މައުލޫމާތު ދިންގޮތުގައި މިހާރު މިކަމުގައި ބައިވެރިވި މީހުން ގެނެސް ސުވާލުކުރެވި މައްސަލަ ކަމާއިބެހޭ އިދާރާތަކަށްވަނީ ރިޕޯޓުކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން