ﷲ ތަޢާލާ އަހަރެމެންނަށް ކެއުން ޙަރާމް ކުރެއްވި ބައެއް ތަކެއްޗަކީ މުޅަ ތަކެއްޗެވެ. ޢިލްމީ ގޮތުން ކަށަވަރުވެފައިވާ ގޮތުގައި މުޅަތަކެތީގެ ހަށިގަނޑުގައި މުޅަ ލޭ ބަންދުވެފައި ހުންނަނީ އޭގައި ހުންނަ ހުރިހާ ވިހަ އާއި ޒަހަރާ އެކުގަ އެވެ. މި ވިހަ އާއި ޒަހަރު މުޅަ ތަކެތީގެ މަސްގަނޑުގެ ހުރިހާ ޓިޝޫތަކެއްގައި ވެސް ހިފެހެއްޓިފައި ހުރެ އެވެ. މި ގޮތަށް ގިނަ އިރު ވީ ވަރަކަށް މި ވިހައިގެ އަސަރު މުޅަ މަސްގަނޑަށް ފޯރަމުން ދެ އެވެ. އަދި އެ ފާސިދު ލޭ މަސްގަނޑުގެ ތެރެއަށް ފެތުރެމުންދާ ވަރަކަށް މަސްގަނޑުގެ ކުލަ ކަޅުވެ، މަސްގަނޑު ތަޣައްޔަރުވެ، ބަލިބަލީގެ ޖަރާސީމު ދިރިއުޅެން ރަނގަޅު ތަނަކަށް އެ މަސްގަނޑު ވެގެން ދެ އެވެ. ދެން އޭގެ ވަސް ނުބައިވެ، ކުނިވެ، ފުޅަ އަޅައި، އެ މަސްގަނޑު ހަލާކުވެގެން ދެ އެވެ.
ވީމާ ޢިލްމީ ގޮތުން ބަލާއިރު މުޅަ ތަކެއްޗަކީ އިންސާނުން ކެއުމަށް ރަނގަޅު ތަކެއްޗެއް ނޫނެވެ. ﷲ تَعَالَى ވަޙީކުރެއްވި އެވެ: حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالْدَّمُ وَلَحْمُ الْخِنْزِيرِ وَمَا أُهِلَّ لِغَيْرِ اللّهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلاَّ مَا ذَكَّيْتُمْ[1]" މުޅަ ތަކެއްޗާއި، (އޮހެރޭ) ލެޔާއި، އޫރުމަހާއި، ﷲނޫން އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗާއި، ކަރުގައި ހިފައިގެން މަރައިލާ ތަކެއްޗާއި، ޖަހައި މަރައިލާ ތަކެއްޗާއި، އުސް ތަނަކުން ވެއްޓި މަރުވާ ތަކެއްޗާއި، (އެހެން ޖަނަވާރެއްގެ) ދަޅުން ޖަހައިގެން މަރުވާ ތަކެއްޗާއި، މިނިކާ ޖަނަވާރެއް (އެއްބައި) ކައިފައިވާ ތަކެތި ތިޔަބައިމީހުންގެ މައްޗަށް ޙަރާމް ކުރެއްވި އެވެ. (މި ތަކެތީގެ ތެރެއިން ފުރާނަ ހުއްޓައި އެ އެއްޗެއް އަތުޖެހި ޝަރްޢީ ހަމައިގެ މަތިން) ތިޔަބައިމީހުން ކަތިލި އެއްޗެއް މެނުވީ އެވެ. " ވީމާ މުޅަ ތަކެތި ކެއުން މި ވަނީ ﷲ ޙަރާމް ކުރައްވައި ރަނގަޅު ތަކެތި ކެއުން ހުއްދަ ކުރައްވާފަ އެވެ.
އެ ތަކެތީގެ ތަފްޞީލު ދެނެވަޑައިގަތުމަށް އެދޭ ބަޔަކަށް ނުވަތަ ހަނދާން އާކޮށްލަން އެދޭ ބަޔަކަށް ފައިދާއެއް ކޮށްފާނެ ކަމަށް ޓަކާ ﷲ ޙަރާމް ކުރެއްވި ބައެއް ތަކެތީގެ މަޢުލޫމާތު މި ލިޔުމުގައި ހިމަނާލާނަމެވެ.
1. اَلْمُنْخَنِقَـةُ: މިއީ ނޭވާ ހާސްވެގެން މަރުވާ ތަކެއްޗެވެ. ނުވަތަ ނޭވާ ހާސްކޮށްލައިގެން މަރާލެވޭ ތަކެއްޗެވެ. ފުއްޕާ މެޔަށް އޮކްސިޖަން ލިބުން މަނާވެގެން މަރުވާ ތަކެތީގެ މަސް ވިހަވާކަމީ ޢިލްމީ ގޮތުން ސާބިތު ކަމެކެވެ.
2. اَلْمَـوْقُـوذَةُ: މިއީ ލަޓިބުރިއަކުން ނުވަތަ ހިލަ ގަނޑަކުން ތަޅައި މަރާލެވޭ ތަކެއްޗެވެ. މި ގޮތަށް މަރުވާ ޖަނަވާރުގެ މަސް ވެސް ވިހަވެ އެވެ. އެއީ ޝަރްޢީ ކަތިލުމެއްގައި ކަން ހިނގާ ގޮތަށް އެ ޖަނަވާރުގެ ލޭ އޮހޮރުވާ ނުލެވި މަސްގަނޑުގައި ލޭ ގަނޑުވުމުގެ ސަބަބުންނެވެ.
3. اَلْمُتَـَردِّيـَةُ: މިއީ ތަނަކުން ވެއްޓިގެން ލިބޭ އަނިޔާއިން މަރުވާ ޖަނަވާރެވެ. އެކްސިޑެންޓުތަކުގައި މަރުވާ ޖަނަވާރު ވެސް މީގެ ތެރޭގައި ހިމެނެ އެވެ.
4. اَلنَّطِـيحَـةُ: މިއީ އެހެން ޖަނަވާރެއްގެ ދަޅުން ޖަހައިގެން ލިބޭ އަނިޔާއިން މަރުވާ ޖަނަވާރެވެ.
5. مَا أَكَـلَ السَّبُـعُ: މިއީ މިނިކާ ޖަނަވާރެއް އޭގެ ބައެއް ކައިފައިވާ ޖަނަވާރެވެ. މިނިކާ ޖަނަވާރަކީ އޭތީގެ ޝިކާރައިގެ މަސް އޭގެ ދަތާއި ވަކިތަކުން ނޮޅައިގެން ކާ ތަކެތި ކަމަށް ވުމުން އެ ތަކެތީގެ ދަތާއި ވަކިތަކުގައި ޖަރާސީމު އަށަގެންފައި ހުންނާނެ އެވެ. އެހެންކަމުން މި ޖަރާސިމު ހުންނާނީ އެ ސޮރު ޝިކާރަކުރި ޖަނަވާރުގެ މަސްގަނޑުތެރެއަށް ވަދެފަ އެވެ.
6. اَلـدَّمُ: މިއީ އޮހޮރޭ ލެ އެވެ. ލެޔަކީ ފުރާނަ ހުރި ހަށިގަނޑެއްގައި ވަކި ޙާލަތެއްގައި މެނުވީ އެއިން ފައިދާ ކުރާ އެއްޗެއްނޫނެވެ. ދިރި ހުރި ހަށިގަނޑަކުން ލޭ ބޭރުވުމާ އެކު ަނތި ޗޮަގުލަނތ ސޮލުތިޮނ (ލޭ ގަނޑުވިޔަނުދީ ހިފަހައްޓާ މާއްދާއެއް) ތެރޭގައި ނޫން ގޮތަކަށް ހުރެއްޖެ ނަމަ ކުޑަ ހިނދުކޮޅަކަށް ފަހު ލޭ ފާސިދުވާން ފަށާނެ އެވެ. ފާސިދު ލެއަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެކެވެ.
7. لَحْـمُ الْخِنْزِيـْر: މިއީ އޫރު މަހެވެ. އޫރު މަހަކީ ކުރިން ބަޔާންކުރި ތަކެތި ޙަރާމްވި ސަބަބު ނޫން ސަބަބަކަށް ޓަކާ ޙަރާމްވެފައިވާ އެއްޗެއްކަން އެނގެ އެވެ. އޫރު ކަތިލައި އޭގެ ލޭ އޮހޮރުވާލިޔަސް ޙަލާލެއް ނުވާނެ އެވެ. އަދި އޭގެ ގެއްލުމުން ސަލާމަތެއް ވެސް ނުވާނެ އެވެ. ދިރާސާތަކުން އެނގޭ ގޮތުގައި 70 ވަރަކަށް ބަލި އޫރުމަސް ކާ މީހުންނަށް ޖެހެ އެވެ.
8. اَلْخَـمْــرُ: ބަނގުރާ: ބަނގުރާ ޙަރާމްކުރެއްވީ އޭގައި ހުރި ފައިދާއަށް ވުރެ ގެއްލުން ބޮޑުވީމަ އެވެ. ﷲ ތަޢަލާ ވަޙީކުރެއްވި އެވެ. يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ قُلْ فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَا أَكْبَرُ مِنْ نَفْعِهِمَا [2] "ރާ އާއި ޖުވާ ކުޅުމާ މެދު އެއުރެން ކަލޭގެފާނާ ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެ ދެކަމުގައި ބޮޑުވެގެންވާ ފާފަވެރިވުމަކާއި މީސްތަކުންނަށް ހިސާބަކަށް ނަފާ ލިބެނިވި ގޮތްތަކެއް ވެސް ވެ އެވެ. އެ ދެ ކަމުގެ މަންފާއަށް ވުރެ އެ ދެ ކަމުގެ ފާފަވެރިކަން މާ ބޮޑެވެ." ﷲ ވަޙީކުރެއްވި އެހެން ބަސްފުޅެއްގައި ވެ އެވެ: يَسْأَلُونَكَ مَاذَا أُحِلَّ لَهُمْ قُلْ أُحِلَّ لَكُمُ الطَّيِّبَاتُ [3] "އެއުރެންނަށް ޙަލާލު ކުރެއްވީ ކޮން އެއްޗެއްތޯ ކަލޭގެފާނާ އެއުރެން ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ރަނގަޅު ތަކެތި ތިޔަބައިމީހުންނަށް ޙަލާލު ކުރެއްވި އެވެ."
އަހަރެމެންނަކީ ﷲ ޙަރާމް ކުރެއްވި ތަކެތި ދޫކޮށް އެ ކަލާނގެ ޙަލާލުކުރެއްވި ރަނގަޅު ތަކެތި ކައި އުޅޭ ބަޔަކު ކަމުގައި ލައްވާށި އެވެ. އާމީން!
[1] . المائدة 3
[2] . البقرة 219
[3] . المائدة 4

ކިޔުންތެރިންގެ ހިޔާލު