ފޮޓޯ: ޕީއެސްއެމް ނިއުސް
ފޮޓޯ: ޕީއެސްއެމް ނިއުސް
ފާސިގު މީހަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އެ ދައްކަނީ ހަގީގަތެއް ހުރި ވާހަކައެއްތޯ ބައްލަވާފައި ނޫނީ އެ ވާހަކަ ޤަބޫލުނުކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.



ދޮގު ހަބަރު ފެތުރުމަކީ މީހަކު މެރުމަށްވުރެ ނުބައި އަމަލެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ދޮގު ވާހަކަ ދެއްކުމާއި ދޮގު ވާހަކަ ފެތުރުމުގެ ނުބައިކަމުގެ މައްޗަށް ބަލައިލާ މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ މި ދޮގު ހަބަރު ފެތުރުމަކީ މީހަކު މެރުމަށްވުރެ ނުބައި އަމަލެއް ކަމަށާއި ދޮގު ޚަބަރު ފަތުރާނީ ފާސިގު މީހުން ކަމަށެވެ. ޙައްގު ބަސް އޮޅުވާލުމަކީ މީހުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ ކަމަކަށް ވާތީ އެކަމަކީ މީޙުން މެރުމަށްވުރެ ނުބައި އަމަލެއް ކަމުގައި ބެލެވެނީ ކަމަށް ހުތުބާގައި ވެއެވެ.

މިއަދުގެ ޚުތުބާގައި މުޖުތަމައުގައި ފެތުރޭ ޚަބަރުތަކުގެ ދޮގު ތެދު ނުބަލައި އެ ވާހަކަތައް ގަބޫލުކުރުމަކީ ފަރުދުންނަށާއި ޖަމާއަތްތަކަށް ބޮޑެތި ގެއްލުންތައް ކުރިމަތި ކުރުވާނެ ކަމެއް ކަމަށް ބުނެފައި ވެއެވެ. އަދި މިހާރުގެ މުވާސަލާތީ ވަސީލަތްތައް ފުޅާ ވުމުގެ ސަބަބުން ދޮގު ހަބަރުތައް ފެތުރުމަކީ ވަރަށް ފަސޭހަ ކަމަކަށް ވެފައިވާކަން ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.

"ތިބާއަށް އެކަމަކާ މެދު އެނގުމެއް ނުވާ ކަމަކަށް، ތިބާ ތަބާ ނުވާށެވެ! ހަމަކަށަވަރުން އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ އެއާއި މެދު ސުވާލު ކުރައްވާނެ ކަމެއް ކަމުގައިވިއެވެ." ޚުތުބާގައި ވެއެވެ.

"ހަމައެއާއެކު މީހަކަށް އިވޭ ކޮންމެ ވާހަކައެއް ދެއްކުމަކީ، ފާފައެއް ކަމުގައި ވުމަށް ފުދެއެވެ." ކީރިތި ރަސޫލާ (ޞއވ)ގެ ޙަދީޡް ބަސްފުޅެއްގައި ވެއެވެ.

މިއަދުގެ ހުކުރު ހުތުބާގައި މީޑިއާތަކުންވެސް ދޮގު ޚަބަރު ނުފެތުރުމަށް ވަނީ ނަސޭހަތްތެރި ވެފައެވެ.

މީގެ އިތުރަށްވެސް، މުސްލިމުންގެ ސިއްރުތައް ބޭޒާރުކޮށް، އެމީހުންގެ އަބުރު ނަގާލުމަކީ ޙަރާން ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފައި ވެއެވެ.

ހުކުރު ޚުތުބާގައި ދޮގު ޚަބަރު ފެތުރުމާ ބެހޭގޮތުން ވާހަކަދައްކާފައި ވާއިރު މިދުވަސް ވަރަކީ ސިޔާސީ ވާދަވެރި ކަމުގައި ހަގީގަތެއް ނެތް ދޮގު ވާހަކަތަކާއި މައުލޫމާތު އެކި ގޮތްގޮތަށް ފެތުރުން ވަރަށްބޮޑަށް އިތުރުވެފައިވާ ދުވަސްވަރެއްކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން