ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ހޮވާ މިއަހަރުގެ އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމަށް ބާސެލޯނާގެ ޒަވީއާއި މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ މޮމިނޭޓް ވެއްޖެއެވެ.

މި މަގާމަށް ނޮމިނޭޓްވި އިތުރު ކޯޗުންނަކީ އޭސީ މިލާންގެ ސިމޯން އިންޒާގީއާއި ކުރީގެ ނަޕޯލީ ކޯޗް ލޫސިއާނޯ ސްޕަލެޓީއާއި ޓޮޓެންހަމްގެ އޭންޖް ޕޮސްޓެކޯގްލޫއެވެ.

ގާޑިއޯލާ ވަނީ މިދިޔަ އަހަރުގެ އެވޯޑަށްވެސް ނޮމިނޭޓްވެފައެވެ. އެހެން ނަމަވެސް، އެ އެވޯޑް ކާމިޔާބުކުރީ ގަތަރުގައި ބޭއްވި ވޯލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިން ލިޔޮނަލް ސްކަލޯނީއެވެ.

މިއަހަރު ތެރޭގައި މެންޗެސްޓާ ސިޓީއަށް ހޯދާދިން ޓްރެބްލްއަށްފަހު އޭނާ ވަނީ 2 ކްލަބަކަށް ޓްރެބްލް ހާސިލުކޮށްދިން ހަމައެކަނި ކޯޗަށްވެފައެވެ. އެހެންކަމުން، މި މިފަހަރުގެ އެންމެ މޮޅު ކޯޗްގެ މަގާމް ގާޑިއޯލާއަށް ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މި އެވޯޑަށް ނޮމިނޭޓްވި ޒަވީ ވަނީ ބާސެލޯނާއަށް ސްޕެނިޝް ލީގު އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްދީފައެވެ. ސްޕަލެޓީ ވަނީ 33 އަހަރު ވަންދެން އިޓަލީ ލީގް ކާމިޔާބުނުކުރެވުނު ނަޕޯލީ އަށް ލީގު ކާމިޔާބު ކޮށްދިނުމުގައި އެހީތެރިވެފައެވެ.

ޒަވީއާއި ގާޑިއޯލާއަކީ މީގެ ކުރީގައި އެއް ކްލަބަކަށް ކުޅުނު ދެ ކުޅުންތެރިންނެވެ. އަދި ގާޑިއޯލާ ވަނީ ބާސެލޯނާގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށް ޒަވީއަށް އިރުޝާދު ދީފައެވެ.

މި އެވޯޑަށް ވޯޓްލާން ބޭނުންވާ ސަޕޯޓަރުންނަށް ފީފާގެ ވެބްސައިޓުން ވޯޓް ލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން