ގަރާޖު ސިޓީ ހުށަހަޅަން އޮންނަ އޮތުން ނިމުމަކަށް ގެނެސް، ޓެކްސީގެ ޚިދުމަތް ދިނުމަށް އުޅަނދު ރަޖިސްޓްރީ ކުރުމަށް 10,000ރުފިޔާގެ ފީއެއް ދައްކަންޖެހޭ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް އިސްލާހް ގެނެސްފިއެވެ.

މި ގަވާއިދު ކުރިން އޮތް ގޮތުން ހާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ދުއްވުމަށް ޚާއްޞަކޮށްފައިވާ އުޅަނދުތަކާއި، އާންމު ދަތުރުފަތުރުގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ރަޖިސްޓަރީކުރާ އުޅަނދު ރަޖިސްޓަރީކުރަން ހުށަހަޅާއިރު، ގަރާޖުގެ ހުއްދަ މީގެ ފަހުން ހުށަހަޅާކަށް ނުޖެހޭނެއެވެ. މިކަމުގެ ސަބަބުން އެތައް ބަޔަކަށް އޮތީ ތަކުލީފުތަކެއް ކުރިމަތިވެފައެވެ. އަދި އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން އަގުބޮޑުކޮށް އެކި ފަރާތްތަކުން ދިޔައީ ގަރާޖު ސިޓީ ވިއްކަމުންނެވެ.

ގަވާއިދަށް ގެނައި އިސްލާހްގައިވާ ގޮތުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ދުއްވުމަށް ޚާއްޞަކޮށްފައިވާ އުޅަނދުތަކާއި، އާންމު ދަތުރުފަތުރުގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ރަޖިސްޓަރީކުރާ އުޅަނދު ރަޖިސްޓަރީކުރަން ހުށަހަޅާއިރު، ގަރާޖުގެ ހުއްދަ މީގެ ފަހުން ހުށަހަޅާކަށް ނުޖެހޭނެއެވެ.

މި ދެ ގިންތިއަށް ފެތޭ އުޅަނދުތައް ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީއެއް ބޭނުން ނުވި ނަމަވެސް، އެހެން ހުރިހާ ވެހިކަލެއް ރަޖިސްޓްރީ ކޮށްދޭނީ އެއުޅަނދު ބާއްވާނެ ގަރާޖެއް އޮތް ކަމުގެ ލިޔެކިޔުން ހުށަހެޅުމުންނެވެ.

ގަވާއިދަށް ގެނައި އެހެން އިސްލާހުތަކުގެ ތެރޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް އުޅަނދު ރަޖިސްޓަރީ ކުރަން ފީގެ ގޮތުގައި 10000 (ދިހަހާސް) ރުފިޔާ ޓްރާންސްޕޯޓް މިނިސްޓްރީއަށް ދެއްކުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން