ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް މަޖިލީހުން ފާސްކޮށްފިނަމަ، އެ ވޯޓު އޮކްޓޫބަރު 30ގެ ކުރިން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކެމްޕޭނަށް މާލޭގެ ގެތަކަށް ދޮރުން ދޮރަށް ހިންގެވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެެވެ. ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ކޯލިޝަން ހެދުމަށް ޑިމޮކްރެޓުން ހުށަހަޅާފައިވާގޮތަށް މިމަހު 28ގައި އިންތިޚާބު ބޭއްވުމަކީ ވާނެ ކަމެއް ނޫންކަމަށެވެ.

އެ ވޯޓް ނެގުމަށް އިލެކްޝަން ކޮމިޝަނަށް ވަގުތު ބޭނުންވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެެ. ރައީސް ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ލެވޭނީ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރުމަށްފަހު، އެމަނިކުފާނަށް ތަސްދީގު ކުރަން ފޮނުވުމުން ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ ފަހުން މަޖިލީހުން ވަކި މުއްދަތެއްގައި ނިޒާމީ ވޯޓު ނަގަން ކަނޑައަޅައިފިއްޔާ ދެވަނަ ބުރުގެ ވޯޓު ނެގުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް އެކަން ކުރުމަށް އަޅުގަނޑަށް ރިކުއެސްޓު ކުރެވޭނެ." ރައީސް ސާލިޙު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް މަޖިލީހަށް މިިހާރު ވަނީ ގަރާރެއް ހުށައަޅާފައެެވެ. ހުޅުދޫ ދާއިރާގެ ޑިމޮކްރެޓް މެންބަރު އިލްޔާސް ލަބީބު ހުށައެޅުއްވި އެ ގަރާރު މަޖިލީހަށް މިއަދު ވަނީ ބަލައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން