ތިމާ ދެކެ ލޯބިނުވާ މީހަކާއި އެއްކޮށް ގަދަކަމުން އުޅެން ދިމާކުރުމަކީ ގޮތްކުޑަވުން ނޫން ދެން އިތުރު ކޮންކަމެއް ބާވައެވެ؟ މިފަދަ މީހުން ތިމާ މީހާގެ ގޮތްކުޑަކަން ފޮރުވަން ބަހަނާއަކަށް ގިނަ ފަހަރަށް ދައްކާނީ 'ދަރިފުޅު މަންމައަށް ދޫކޮށްލަން ބޭނުންނުވާ ވާހަކައެވެ. މިފަހަރު މި ގެނެސްދެނީ އެފަދަ ބަތަލެއްގެ ވާހަކައެވެ.

އިނގިރޭސިވިލާތުގެ ފިލްމީ ތަރި ޖޯޑީ ޓާނަރ ސްމިތު ހޯމަ ދުވަހު ވަނީ އޭނާގެ ފިރިމީހާ، ޖޮޝުއާ ޖެކްސަން ކައިރިން ވަރިވާން ކޯޓަށް މައްސަލަ ވައްދާފައެވެ. ކައިވެންޏަށް 4 އަހަރުވީ ފަހުން ޖޯޑީ، (37އ)، ޖޮޝުއާ، (45އ) ކައިރިން ވަރިވާން އެދުމުން މުޅި ހޮލީވުޑަށް ހައިރާންކަމެއް ލިބިގެންދިޔައެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި ވަރީގެ ސަބަބުން ޖޯޑީއަށް އަސަރުނުކުރާ ވަރަށް ޖޮޝުއާއަށް ވަނީ އަސަރުކޮށްފައެވެ. ޖޮޝުއާ ބުނީ އޭނާއަށް ޖޯޑީ އަނބުރާ ލިބޭ ގޮތެއް ވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު ކަމަށެވެ. މިދެމީހުން ވަރިވާއިރު އުމުރުން 3 އަހަރުގެ އަންހެން ކުއްޖެއްވެސް ލިބިފައިވެއެވެ. ޖޮޝުއާ ބުނީ އެކުއްޖާއަށްޓަކައި ޖޯޑީ އަނބުރާ އައިއްޔާ އޭނާ ޖޯޑީއާއި އެއްކޮށް އުޅެން ތައްޔާރުކަމަށެވެ.

"ޑޯސަންސް ކްރީކް" ފަދަ ސީރީސްތަކުގައި ހަރަކާތްތެރިވި ޖޮޝުއާ ބުނީ އޭނާ ކައިރިން ޖޯޑީ ވަރިވާން އެދުނީ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށެވެ.

ޢާންމުކޮށް ހޮލީވުޑްގެ ތަރިންގެ ތެރޭގައި މައްސަަލަ ޖެހެންޏާ، އެކަން ކިތަންމެ ސިއްރުކުރިޔަސް މީޑީއާގެ ސަމާލުކަމަށް ނައިސް ނުހުރެއެވެ. އެކަމަކު، އާދީއްތަ ދުވަހުވެސް ޖޯޑީއާއި ޖޮޝުއާ ވަނީ އެކީގައި ފޮޓޯތައް ނަގާފައެވެ. އަދި 3 ހަފްތާ ކުރިން ޖޯޑީގެ އުފަންދުވަސްވެސް ފާހަގަކުރީ އެކީގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން