އެމްޑީޕީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެޕާޓީގެ ބައެއް ކޮމެޓީތަކާ ބައްދަލުކުރަށްވައިފި އެވެ.

އެމްޑީޕީން މިއަދު ބުނީ ރައީސް ޞާލިޙް އެޕާޓީގެ ކެމްޕެއިން ކޮމިޓީ އާއި، މީޑިއާ ކޮމެޓީ އަދި ފިޔަވަޅުއަޅާ ކޮމިޓީގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ގ. ނިއުޝާގައި ހުންނަ އެމްޑީޕީގެ އޮފީހުގައެވެ. ރައީސް ޞާލިޙް އެމްޑީޕީގެ ކޮމިޓީތަކާ ބައްދަލު ކުރަށްވާފައިވާއިރު އެމްޑީޕީން އަންނަނީ ކުރިއަށް އޮތް މާލޭސިޓީ ކައުންސިލްގެ ބައި އިލެކްޝަންތަކާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ތައްޔާރުވަމުންނެވެ.



އެމްޑީޕީގެ ރައީސްގެ މަޤާމަށް ރައީސް ޞާލިޙް ޢައްޔަނުކޮށްފައިވަނީ އެޕާޓީން އއ. އުކުޅަހުގައި މިދިޔަ ހަފްތާގައި ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައެވެ.

އެމްޑީޕީން ވަނީ މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން