އެސްޓީއޯގެ 59 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިހިނގާ ޑިސެމްބަރުމަހު ސޭލްއެއް ކުރިޔަށްގެންދިއުމަށް ނިންމައިފިއެވެ.

ދެ ދުވަހުގެ ސޭލް ކުރިޔަށްގެންދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، އަދި ރީޖަނަލް ފިހާރަތަކުގައެވެ. ސޭލްގައި ކުރައްވާ ކޮންމެ ވިޔަފާރިއަކަށް 20 އިންސައްތައާއި ހަމައަށް ބޮޑެތި ޑިސްކައުޓްތައް ލިބޭނެ ކަމަށް އެސްޓީއޯއިން މަޢުލޫމާތުދީފައި ވެއެވެ.

މި ސޭލް ކުރިއަށްދާނީ 19 ޑިސެމްބަރުން ފެށިގެން 20 ޑިސެމްބަރާއި ހަމައަށެވެ. އެސްޓީއޯއިން ބުނީ 20 ޑިސެމްބަރުގައި ވިޔަފާރި ކުރައްވާ ފަރާތްތަކުގެ ތެރެއިން 59 ފަރާތަކަށް އެކިއެކި ސަޕްރައިސް ހަދިޔާ ލިބޭނެ ކަމަށެވެ.



އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައިގެން 2022 ވަނަ އަހަރު ކުރިޔަށް ގެންދިޔަ ސޭލްއަށްވެސް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

އެސްޓީއޯގެ ތާރީހާ ބެހޭގޮތުން ހާއްސަ ސޯޝަލް މީޑިއާ ކެމްޕެއިނެއް ހިންގުމަށް ވެސް ވަނީ ރޭވިފައެވެ. އަދި އެސްޓީއޯ ސްޓާފުންގެ މެދުގައި އަގުހުރި ގިނަގުނަ އިނާމުތައް ލިބޭނޭހެން އެކިއެކި ހަރަކާތްތައް ރާވާފައިވާ ކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން