އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާލިބުނު މީހުންގެ ލިސްޓްގައި ހިމެނޭކަމަށް ބުނާ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް މަޤާމުން ވަކިކޮށް އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ތައްޔާރުވަމުންދާކަމުގެ އަޑުތައް އަނެެއްކާވެސް ގަދަވެއްޖެއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވެރިކަމަށް ގެނައުމަށް މަގުމައްޗަށްނުކުމެ ވަޑައިގެން ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި ޔޫތު މިނިސްޓަރ މަހުލޫފާއި ގުޅޭގޮތުން 2018 ވަނަ އަހަރުގެ ކުރީކޮޅުވެސް މިމައްސަލާގައި ތުހުމަތުތަކެއް ކުރެވިގެން އޭނާ ވަނީ ގޭގައި މަޑުކުރުވާފައެވެ. ނަމަވެސް މިމައްސަލަ އޭސީސީންނާއި ކަމާއި ގުޅުންހުރި އިދާރާތަކުން ބަލައި ސާފުވެގެން ކަމަށް ބުނެ އަދި މިނިސްޓަރ މަހުލޫފްގެ އެއްވެސް ބައިވެރިވުމެއް ބޮޑު ޚިޔަނާތުގައި ނެތްކަމަށް ނިންމައި އޭނާ ވަނީ އަލުން ވަޒީފާއަށް ނެރެފައެވެ. ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި މަހުލޫފުގެ ނަން އޮއްވައި އަދި ބޮޑު ޚިޔާނާތުގެ މައްސަލަ ބަލަން ރައީސް ޞާލިހު މަތިކޮށްފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން އެމައްސަލަ ބަލައި ނުނިމެނީސް މަހުލޫފު "ދޮވެ ސާފުކޮށް" ކުށެއް ނެތް ބޭފުޅެއްގެ ގޮތުގައި އަލުން ވަޒީރު ކަމުގެ ޒިންމާއަށް ނެރެން ފެށުމުން ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔާފައެވެ. މަހުލޫފު ނޫނަސް ބޮޑު ޚިޔާނާތުގެ ލިސްޓުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޮޑުންވެސް ވަނީ އެކަމާ ގުޅިގެން ގޭގައި ބައިތިއްބާލާފައި އަލުން ވަޒީފާއަށް ނެރެފައެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެބޮޑު ޚިޔާނާތުގެ ލިސްޓަކީ ދިގު އަދި އެހާމެ ނުފޫޒުގަދަ މީހުން ގިނަ ލިސްޓެކެވެ. ކުރީގެ ދައުލަތުގެ ވަޒީރުންނާއި، މިހާރުގެ ވަޒީރުންނާއި، ކުރީގެ މެމްބަރުންނާއި، މިހާރުގެ މެމްބަރުންނާއި، ސިޔާސީ އިސްބޭފުޅުންވެސް މިފައިސާގައި ޖެހިފައިވާކަމަށް ލިސްޓުން ހާމަވެއެވެ. މިމައްސަލަ ބެލުމަށް ޤާނޫނީ ބާރުދީގެން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން ވިދާޅުވަނީ މިމައްސަލާގައި ތުހުމަތު ކުރެވޭ 300 އަށްވުރެ ގިނަ މީހުންގެ ލިސްޓެއް އެބައޮތް ކަމަށެވެ. ނަމަވެސް ހައިރާންވާކަމަކީ އޭގެ ތެރެއިން ޝަރީއަތަށް ފޮނުވޭވަރަށް އެބޭފުޅުުންނަށް ބެލުނީ އެންމެ 5 މީހެއްގެ މައްސަލައެވެ.
އެމްއެމްޕީއާރުސީ ޚިޔާނަތަކީ އެތައް ބައެއްގެ ބައިވެރިވުމާއިއެކު ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑު ޖަރީމާއެއްކަމަށް ދައުލަތުގެ އިސްވެރިން ތުހުމަތު ކުރައްވާއިރު، މިމައްސަލަ މިއަދު ވެފައިވަނީ ސިޔާސީގޮތުން ކަތިލަން ބޭނުންވާ މީހަކު ކަތިލައި ގުރުބާންކުރަން ބޭނުންވާ ބޭފުޅަކު ގުރުބާން ކޮށްލުމަށް ބޭނުންވާ ހަތިޔާރެއްގެ ގޮތުގައި ކަމަށް އިދިކޮޅުން ސިފަކުރެއެވެ.
ބޮޑު ޚިޔާނާތުގެ ޝަރީއަތާއި ގުޅުވައިގެން މަހްލޫފު "ގުރުބާން ކުރަން" އުޅޭ ކަމަށް ބައެއް މީޑިއާތަކުންނާއި މީސް މީޑިއާއިން އެވާހަކަ ފަތުތަމުން ދިޔަ ނަމަވެސް ރައީސް ޞާލިހާއި އެސެޓްރިކަވަރީން ދައުވާ ކުރާ ލިސްޓުގައި މަހްލޫފްގެ ނަން އޮތް ކަމަށް ބުނުމަކީ ވެސް ގަބޫލުކުރަން ދަތި ކަމެކެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި އެސެޓްރިކަވަރީ ކޮމިޝަނުން ދައުވާ ކުރުމަށް ނިންމާފައިވާކަމަށް ބުނާ 5 މީހެއްގެ ނަންވެސް ދަނީ ސޯޝަލް މީޑިޔާގައި ދައުރުވަނުންވެ. އޭގެތެރޭގައި މިނިސްޓަރ މަހުލޫފާއި، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު (އައްޑޫ ޝަރީފް)އާއި، ބީއެމްއެލްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފާއި، އޭސީސީގެ ކުރީގެ ނައިބް ރައީސް މުވައްވިޒު ރަޝީދާއި، އެކޮމިޝަންގެ ރައީސް ހަސަން ލުތުފީ ހިމެނޭ ކަމަށް ބައެއް މީހުން މީސްމީޑިއާގައި ފާހަގަކޮށްފައި ވެއެވެ.
މިލިސްޓުގައި ހިމެނޭ ބޭފުޅުންގެ ތެރެއިން މިނިސްޓަރ މަހުލޫފް ވަޒީރުކަމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވަރަށްބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށް އަޑުއިވެއެވެ. ނަމަވެސް މަހުލޫފުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ނޫޅޭ ކަމަށް އާޒިމު ވަނީ ވިދާޅުވެފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުން މީގެކުރިން ވިދާޅުވެފައި ވާއިރު، މިމައްސަލާގައި ތުހުމަތުކޮށްފައިވާ މީހުންގެ ތެރެއިން އޭރުވެސް އަދި މިހާރުވެސް ދައުލަތުގެ އެކި މަޤާމުތަކުގައި ތިބި މީހުންގެ މައްސަލަތައް ވީއެންމެ އަވަހަކަށް ކޮޅެއްގައި ޖައްސައި އެކަން ނިންމަން ޖެހޭކަމަށް ޕީޖީ ޝަމީމްވެސް ވަނީ ވިދާޅުވިއެވެ.
ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ތުހުމަރުކުރެވޭ މަޖިލީހުގެ މެމްބަރުންގެ ނަންތައް ހާމަކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ކަމާ ގުޅޭ އިދާރާތަކުގައި އެދިވަޑައިގެންފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު