ހައްޖާއި އުމްރާ ކޮންފަރެންސްއަށް އިންޑިއާގެ ދެ މިނިސްޓަރަކު ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވައިފި އެވެ.

ސައުދީއަށް ވަޑައިގެންނެވީ އިންޑިއާގެ ޔޫނިއަން މިނިސްޓާ އޮފް އެކްސްޓާނަސް އެފެއާޒް ވެއްލަމްވެލީ މުރަލީދަރަން އަދި މައިނޯރިޓީ އެފެއާޒް މިނިސްޓަރު ސްމްރިތީ އިރާނީ އެވެ،

އެ ބޭފުޅުން މިއަދާއި މާދަމާ ސައުދީ އަރަބިއްޔާގައި މަޑުކުރައްވާނެ އެވެ.

މި ދަތުރުފުޅުގައި އިންޑިއާއިން ސައުދީއާއެކު ބައިލެޓްރަލް އެގްރިމަންޓެއްގައި އިންޑިއާއިން ސޮއި ކުރާނެ އެވެ.

ހަމަ އެފަދައިން ސައުދީއާއި ހައްޖާ ގުޅުން ހުރި ކަންކަމުގައި ސައުދީގެ ހައްޖު މިނިސްޓަރު ޑރ. ތައުފީގް ބިން ފައުޒާން އަލް ރާބިޔާއާ އެކު މަޝްވަރާތައް ބާއްވަވާނެ އެވެ،

އޭގެ އިތުރުން ސައުދީގައި ދިރިއުޅޭ އިންޑިއާގެ މީހުންނާއި އަދި ވިޔަފާރިވެރިންނާ ވެސް ދެ މިނިސްޓަރުން ބައްދަލު ކުރައްވާނެ އެވެ.

އަދި މާދަމާ އޮންނަ ހައްޖާއި އުމްރާ ކޮންފަރެންސްގައި ދެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ،

ސައުދީއާއި އިންޑިއާގެ ގުޅުން ފަހުގެ އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ.

އިންޑިއާގައި 200 މިލިއަނަށް ވުރެ ގިނަ މުސްލިމުން ދިރިއުޅެ އެވެ. އެހެންވެ އިންޑިއާއަށް ކޮންމެ އަހަރަކުވެސް ހައްޖާއި އުމްރާއަށް ވަރަށް ބޮޑު ކޯޓާއެއް ލިބެ އެވެ.

އެގޮތުން އިންޑިއިން ކޮންމެ އަހަރަކުވެސް ދެ ލައްކައެއްހާ މީހުން ހައްޖަށް ދެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން