އެޕިސޯޑް 01
................
ރަނާއަކީ އަޙްމަދިއްޔާ ސްކޫލްގެ ގްރޭޑް ނުވައެއްގައި ތަޢުލީމް ޙާޞިލް ކުރަމުންދާ ގއ. ވިލިނގިއްޔަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ. އޭނާގެ ޢުމުރުން ދިހަ އަހަރުން ފެށިގެން އޭނާއަށް ރަނގަޅު ތަޢުލީމް ހޯދައިދިނުމަށްޓަކައި، އޭނާގެ މައިންބަފައިން އުޅެމުންދަނީ މާލޭގައެވެ. އެހެންވުމުގެ ސަބަބުން ރަނާގެ ކިބައިން މުޅިންވެސް ފެންނަނީ މާލޭގެ ތަހުޒީބީ ގޮތްތަކެވެ. އެއީ ޒަމާނީ ފެޝަނަށް ލޯބިކުރާ ވަރަށް މޮޑަން އަންހެން ކުއްޖެކެވެ.
[މަންމާ އަހަރެން ބޭނުން، މިއަހަރުގެ ބޮޑު ޗުއްޓީއަށް ރަށަށްދާން. މިހާރު އެއްގޮތަކަށްވެސް ރަށަށް ނުދާތާ ފަސްއަހަރުވެއްޖެ.] ރަނާ ވާހަކަ ދެއްކީ، އޭނާގެ މަންމަ ޝަފީޤާއާ އެވެ.
[އެންމެ ރަނގަޅު. ދަރިފުޅު ރަނގަޅު ނަތީޖާތަކެއް ހޯދައިފިއްޔާ، މިފަހަރު ރަށަށް ފޮނުވާނަން.] ޝަފީޤާ ބުންޏެވެ.
[އިރާދަކުރެއްވިއްޔާ، އަހަރެން އޭ ރިޕޯޓެއް ހޯދާނަން.] ރަނާ ޢަޒުމް ކަނޑައެޅިއެވެ. ރަނާއަކީ ކިޔެވުމަށް އަބަދުވެސް ވަރަށް ފަރުވާބަހައްޓާ ކުއްޖެކެވެ. އެހެންވުމުގެ ސަބަބުން ރަނާގެ މުދައްރިސުންނާއި މުދައްރިސާއިންވެސް އޭނާދެކެ ވަރަށް ލޯބިވެއެވެ.
[މަންމައާއި ބައްޕަވެސް މިފަހަރުވާނެ، އަހަންނާއެކު ރަށަށްދާން، ދާނަންދޯ؟] ރަނާ އައިސް އޭނާގެ މަންމަ ގާތުގައި އިށީނެވެ.
[މަންމަމެންވެސް ރާވައިގެން މިތިބީ، މިފަހަރު ރަށަށް ޖައްސާލަން ކަމަށް. މިހާރު ގެވެސް ހުންނާނީ ވަރަށް ބޮޑަށް ވީރާނާވެފައި. އިހަކަށްދުވަހުވެސް އެ ގެ ފަޅާލި ވާހަކަ ދައްތަ ބުނި. ދަރިފުޅުގެ ބޭބެ ރާހިންވެސް ބުނި، މިއަހަރު ރަށަށް ދާން ބޭނުންވާ ވާހަކަ.] ޝަފީޤާ ބުންޏެވެ.
ޝަފީޤާއާއި އޭނާގެ ފިރިމީހާ ހާޝިމްގެ ތިބެނީވެސް ރަނާއާއި ރާހިންއާ ދެބެން އެކަންޏެވެ. މަދުރަސީ ދައުރު ނިންމުމަށްފަހު، ހޮޓެލް ސްކޫލް ހަދައިގެން ރިޒޯޓެއްގެ ވަޒީފާގައި ރަނާގެ ބޭބެ އުޅޭތާ މިހާރު އަހަރެއްހާ ދުވަސް ވެދާނެއެވެ. ވުމާއެކު، އޭނާވެސް މިހާރު އެހުރީ ހިސާބަކަށް ގެވެސް މަރާމާތުކޮށްލުމަށާއެކު ރަށަށް ދާން ބޭނުންވެފައެވެ. ރަނާގެ ބައްޕަ ހާޝިމަކީވެސް ރިޒޯޓެއްގެ ރަނގަޅު ވަޒީފާއެއް އަދާކުރަމުންދާ މީހެކެވެ. ދެކުނުގެ އަތޮޅުތަކަށް ފަތުރުވެރިކަން ހިނގައްޖެނަމަ، ދެކުނަށް ވަޒީފާ ބަދަލުކުރުމަކީ، އަބަދުވެސް ހާޝިމް ކުރާ އުންމީދެކެވެ.
[މަންމާ ޝެހެނާވެސް ބުނި، މިއަހަރު އޭނަވެސް ބޮޑު ޗުއްޓީއަށް ރަށަށްދާނެ ވާހަކަ. ވަރަށް މަޖާވާނޭކަންނޭނގެ. މަންމާ އަޅެ ދެން މިދިޔަ އަހަރުހެން ޚިޔާލު ބަދަލު ނުކުރައްޗޭ. އަދި ރަށަށް ދިއުމުގެ ކުރިން އަހަރެން ބޭނުން، އަހަރެންގެ ހެއަރ ސްޓައިލް ބަދަލުކޮށްލަން.] ރަނާ، އޭނާގެ މަންމަގެ އުނގުގައި ބޯއަޅާލުމަށްފަހު، ސޯފާއަށް ދެފައި ދަމާލައިފިއެވެ.
[ތިބުނީ ކިހިނެއް ބަދަލުކުރާ ވާހަކައެއްތަ؟ ތިޔަ އިސްތަށިގަނޑަށް ގޮތެއް ހެދުމުގެ ބަދަލުގައި މަންމައަށް ފެންނަނީ، ރަށަށް ދިޔުމުގެ ކުރިން ދަރިފުޅު ބުރުގާ އަޅަން.] ޝަފީޤާ ބުންޏެވެ.
އަބަދުވެސް ރަނާ ބުރުގާ އަޅުވަން ޝަފީޤާ މަސައްކަތް ކުރެއެވެ. ނަމަވެސް، ރަނާ ބުނަމުންދަނީ، އޭނާ ބުރުގާ އަޅާނީ މަދުރަސީ ދައުރު ނިންމުމަށްފަހު ކަމަށެވެ.
[އެކަމަކު މަންމާ، އަބަދު ތިވާހަކަ ނުދައްކަބަލަ. އަހަރެން ސްކޫލް ނިމޭ ދުވަހު ބުރުގާ އަޅާފާނަމޭ. މިފަހަރު ރަށަށްދާއިރު، އަހަރެން ބޭނުން އިސްތަށިގަނޑު ފަންކުރަން. ދެން ބުނެބަލަ މައްސަލައެއްނެތޭ.] ރަނާ އުޅޭގޮތުން ހީވަނީ އަދިވެސް ދިހަ އަހަރު ނުފުރޭ ޅަކުއްޖެއްހެނެވެ. އޭނާގެ ޙަރަކާތާއި ވާހަކަ ދެއްކުމުގެ ވައްޓަފާޅި ހުންނަނީ، ޅަކުއްޖަކާ އެއްފަދަކޮށެވެ.
[މަންމަގެ މައްސަލައެއް ނެތް. އަދި ދަރިފުޅަށް ބުރުގާ އެޅުމަކީ މުހިންމު ކަމެއްކަން ވިސްނޭނެ.] ޝަފީޤާ ދަރިފުޅުގެ ބޮލުގައި އަތް ކާއްތާލިއެވެ.
[ޝުކުރިއްޔާ މަންމާ....މަންމާ ބޮޑުދައިތައަށް އަންގަންވީނު، ގެ ސާފުކުރަން.]
ރަނާގެ ރަޙްމަތްތެރި ޝެހެނާ ކޮންމެވެސް ފޮތެއް ހިފައިގެން އައިސް، އެގެޔަށް ވަނީ އެވަގުތެވެ. ޝެހެނާއަކީވެސް ރަނާއާ އެއްރަށެއްގެ އަވަށްޓެރި ޢާއިލާއެއްގެ އަންހެން ކުއްޖެކެވެ. އެދެކުދިންވެސް ކިޔަވަމުންދަނީ އަޙްމަދިއްޔާ ސްކޫލްގެ ނުވަވަނަ ގްރޭޑްގައެވެ. އެދެކުދިންގެ އެކުވެރިކަން ބޮޑަށް ބަދަހިވެފައިވަނީވެސް އެއް ކްލާހެއްގައި ކިޔަވަން ފެށިފަހުންނެވެ.
[އަނހަ ޝެހެނާ އާދޭ....މިހާރުވެސް މިދައްކަނީ ބޮޑު ޗުއްޓީއަށް ރަށަށްދާ ވާހަކަ. ތީ ކޮންފޮތެއް؟] ރަނާ ތެދުވެ ޝެހެނާއަށް ތަން ދެއްކިއެވެ. ޝެހެނާ އިށީނެވެ.
[މިއީ ކުރީ ދުވަހު އަހަރެން ލައިބްރަރީން ގެނައި ފޮތެއް. ހިނގާ ލައިބްރަރީއަށް ދާން. ޝަފީޤާއްތާ އަހަރެމެން ވަރަށް އަވަހަށް އަންނާނަމޭ.] ޝެހެނާ ބުންޏެވެ.
[އެންމެ ރަނގަޅު، މާލަސްނުވެ އަންނަންވާނެ. މިއަދު ހަވީރު ރަނާގެ ބައްޕަވެސް މާލެ އަންނާނެ. އޭނަ އަންނައިރު ރަނާ ގޭގައި ނެތިއްޔާ ވަރަށް ހިތްހަމަނުޖެހޭނެ.] ޝަފީޤާ މިހެން ބުނެފައި ބަދިގެފަރާތަށް ދިޔައެވެ.
ރަނާ ކުޑަގޮތަކަށް ނަލަހެދިލައިގެން ނުކުތެވެ. ރަނާމެން ލައިބްރަރީއަށް ވަންނަން އުޅުނު ވަގުތު، ރަތް ކުލައިގެ ކާރެއް ރަނާމެންނާ ދާދި ކައިރިއަށް މަޑުކުރިއެވެ. ރަނާއާއި ޝެހެނާވެސް ސިހިފައި އެދިމާއަށް އެނބުރުނެވެ.
އެވަގުތު ކާރުގެ ބިއްލޫރި ތިރިކޮށް، ޒުވާން ފިރިހެން ކުއްޖަކު ބޭރަށް ބޯދިއްކޮށްލިއެވެ. ހަމަގައިމުވެސް އެއީ ކުރިން ދުވަހަކުވެސް ރަނާމެން ދުށް ޒުވާނެއް ނޫނެވެ. ވުމާއެކު، ފަރުވާކުޑަގޮތަކަށް ދެކޮނޑު އަރުވާލަމުން، ރަނާއާއި ޝެހެނާ އެތެރެއަށް ވަނެވެ. ކާރުގައި އިން ޒުވާނާ ލުއި ހިނިތުންވުމަކާއެކު ބަލަން އިނެވެ.
[އެއީ ކާކުބާ؟ ހީވީ ބޮލަށް އަރުވަފާނެހެން. ވެދާނެ، އަލަށް ކާރެއް ލިބުނީމާ، އަންހެން ކުދިންނަށް ފޮނި ދައްކަން އުޅެނީ ކަމަށްވެސް. ފޮނި ބަލަން އަހަރެމެން އެބައުޅެންތަ؟] ރަނާ ފޮތެއް ހިފައިގެން ގޮސް އިށީނެވެ.
[ބަލަ ވެދާނެއެއްނު، އެއީ ރަނާއަށް ފާރަލާ ޒުވާނަކަށްވެސް.] ޝެހެނާއަށް މިހެން ބުނެވުނު ވަގުތު، އެޒުވާނާ ވަދެގެން އަންނަތަން ޝެހެނާއަށް ފެނުނެވެ. ޝެހެނާ ސިއްރު ސިއްރުން ރަނާގެ ގައިގައި ކޮއްޓާލިއެވެ. ރަނާ އިސްއުފުލައި ބަލައިލިއެވެ. އޭރު އެޒުވާނާ އައިސް ސީދާ ރަނާމެންގެ ކުރިމައްޗަށް މަޑުކުރަނީއެވެ. ލުއި ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވައިގެން ހުރެއެވެ.
[އައްސަލާމް ޢަލައިކުމް.....] އެޒުވާނާ އަތް ދިއްކޮށްލީ ރަނާއަށެވެ. ރަނާ އިސްޖަހާލުމަށްފަހު ސަލާމްކޮށްލިއެވެ.
[ވަޢަލައިކުމުއް ސަލާމް....] ސަލާމް ބަލައިގަތުމަށްފަހުވެސް ރަނާ އެޒުވާނާއާ ދިމާއަކަށް ބަލައެއްނުލައެވެ. ރަނާއާ ސަލާމް ކުރުމަށްފަހު، އެ ޒުވާނާ ޝެހެނާއާވެސް ސަލާމް ކުރިއެވެ.
[އަހަރެންނަށް ކިޔަނީ އަމަރް.] އެޒުވާނާ އަމިއްލައަށް ތަޢާރަފްވިއެވެ. ނަމަވެސް ރަނާ އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. އޭނާ އިނީ އޭނާގެ އަތުގައި އޮތް ފޮތަށް ސަމާލުވެގެންނެވެ.
[އަޅެ ތިޔައީ ވާހަކަ ނުދައްކާ މަންމަން ކުދިންތަކެއްތަ؟ ތިކުދިންވެސް ތަޢާރުފްވެބަލަ.] ރަނާއާއި ޝެހެނާގެ ކުރިމަތީގައި އަމަރް އިށީނެވެ.
[ޝެހެނާ ހިނގާ ދާން....މިއަދު މިއޮތީ ރަންނަމާރި އަޅައިގެންފައި. ތަނަކުން އަންހެން ކުދިންތަކެއް ފެންނައިރަށް ޖެހޭތަ އަޅައިގަންނަން.] ރަނާ ތެދުވިއެވެ.
[ޝެހެނާ....މިހާރު ޝެހެނާގެ ނަން އޭނަ ތަޢާރަފްކޮށްދީފި. ދެން ޝެހެނާ، އޭނާގެ ނަން ތަޢާރަފްކޮށްދީ.] ލާނެތް ރާގަކަށް އަމަރް ބުންޏެވެ. އޭރު ފޮތް ބޭއްވުމަށްފަހު، ރަނާ ހިނގައިގެންފިއެވެ.
[އަޅެ ރަނާ އަދި މަޑުކޮށްބަލަ....] ޝެހެނާވެސް ރަނާގެ ފަހަތުން ހިނގައިގެންފިއެވެ.
[ރަނާ....ވާހް....ވަރަށް ރީތި ނަމެއް. ކުއްޖާއާ އެއްވަރަށް ނަންވެސް ފުރިހަމަ....]
އަމަރް ދެއަތަކަށް ބޯހޫރާލުމަށްފަހު، ރަނާމެންގެ ފަހަތުން ނުކުމެ، ޕާކިން ޒޯނުގައި އޮތް ކާރަށް އެރިއެވެ. އޭނާ ކާރުގައި ގޮސް ރަނާމެނާ އަރާހަމަކޮށް، ކާރަށް އެރުމަށް އެދުނެވެ.
[ތީ ކޮން ފާޑަކަށް އުޅޭ މީހެއްތަ؟ މަގުމަތިންދާހާ މީހުން ތިކާރަށް އަރަން ޖެހޭތަ؟ ތިގޮތަށް ފޮށުމަކީ އަހަރެން ވަރަށް ފޫހިވާ ސިފައެއް.....] ރަނާ، އަމަރާ ދިމާއަށް ކަޅިއަޅާލިއެވެ.
[މަގުމަތިން ދާހާ މީހުން ކައިރިޔަކު ނުބުނަމެއްނު. އަންހެން ކުދިން ތިހާ ހަރުކަށިވުމަކީ ސިފަ ހުތުރުކޮށްދޭ ކަމެއް. ޢަމުދުން ތިޔަހާ ރީތި ކުއްޖަކު އެއްގޮތަކަށްވެސް ހަރުކަށިވެގެން ކަމަކުނުދާނެ. ކާރަށް އަރާބަލަ، ގެޔަށް ގެންގޮސްދީފާނަމޭ.....]
ރަނާ އިތުރަކަށް އަނގައިންވެސް ނުބުނެއެވެ. އެކުދިން ވަންވޭއަކަށް ވަނެވެ. ޤަޞްދުގައި އަމަރަށް ލަނޑު ދިނުމުގެ ގޮތުންނެވެ.
[ކާކުތަ އެއީ!؟] ރަނާ ދެފަރާތަކަށް ބޯހޫރާލިއެވެ.
[އެއީ އަމަރް....އެއީ ކިހާ ހިތްގައިމު ޒުވާނެއް. ޒުވާން ފިރިހެން ކުދިން އެގޮތަށް ފޮށޭނެ. އެއީ މައްސަލައެއް ނޫން.]
އެއީ ޝެހެނާ ވިސްނާގޮތެވެ. ޝެހެނާއަށް އެއީ މައްސަލައަކަށް ނުވިޔަސް، އެއީ ރަނާ ވަރަށް ހިތްހަމަނުޖެހޭ ސިފައެކެވެ.
[ޝެހެނާއަށް ވަރިހަމަވިޔަސް، އަހަންނަކަށް ވަރިހަމައެއް ނޫން. އެކަހަލަ މީހުން މަގުމަތިން ފެންނަ ހުރިހާ އަންހެން ކުދިންނާވެސް ފޮށޭނެ.] އެވަގުތު އެ ކާރު ކުރިމަތން އައިސް، ޕާކް ކުރިތަން ރަނާއަށް ފެނުނެވެ. ރަނާގެ ދެލޯ ބޮޑުވިއެވެ.
[އަހަންނަށް ލަނޑުދޭން މި ގޯޅިއަށް އެޅީ!؟ އަހަރެން ދެން ދާނީ ހިނގާފައި.....ރީތިކޮށް އަހަންނާ ވާހަކަ ދެއްކިޔަސް، ރަނާއަށް ފާފަވެރިއެއް ނުވާނޭ. ތިޔަ ރީތިކަމުގެ ޒައްރެއްވެސް އުންޏެއް ނުވާނެ.] ހިނގާފައި އައިސް އަމަރް ރަނާމެންނާ އަރާހަމަކުރިއެވެ. ނަމަވެސް، ރަނާ އަނގައިންވެސް ނުބުނެއެވެ.
[އަހަންނަށް އެނގޭ، މަގުމަތިންދާ އަންހެން ކުދިންނާ ފޮށުމަކީ ހުތުރު ކަމެއްކަންވެސް. މިއީ އެކަމަކު އަހަރެން އަންހެން ކުއްޖަކާ މަގުމަތިން ވާހަކަ ދައްކަން މަސައްކަތްކުރާ ފުރަތަމަފަހަރު......ރަނާ ބުނެބަލަ، އަހަރެން ގާތު ރަނާމެންގެ ފަހަތުން ނައިސް އެނބުރި ދާށޭ....]
ދެންވެސް ރަނާ އަނގައަކުން ނުބުނެއެވެ. ވުމާއެކު، އެކަނިމާއެކަނި އެކިއެކި ވާހަކަ ދައްކަމުން، ރަނާމެން އުޅޭ ގެޔާ ހަމައަށް އަމަރް ދިޔައެވެ. އަމަރް ބޭނުންވީ، ރަނާމެން އުޅޭ ގެ ދެނެގަންނާށެވެ. ރަނާމެނަށް ގެޔަށް ވަދެވުނު ވަގުތު، ސިޓިންގރޫމްގައި ހުރި ފޯނު ރިންގްވާން ފެށިއެވެ. އެވަގުތު ސިޓިންގރޫމްގައި މަންމަވެސް ނެތުމާއެކު، ފޯނު ނެގީ ރަނާއެވެ.
[ރަނާތަ؟ ރުޅިއައިސްފަތަ؟] ގުޅީ އަމަރްއެވެ. ރަނާ އަނގައިންވެސް ނުބުނެ ފޯނު ބޭއްވިއެވެ. ފޯނު ބޭއްވިތަނާ އަނެއްކާވެސް ރިންގްވާން ފެށިއެވެ.
[އަޅެ ނުބާއްވަބަލަ....ތިޔައީކީ ރަނާއާ ގުޅޭވެސް ގޮތެއް ނޫން.] އަމަރް މިހެން ބުނީމާވެސް ރަނާ ފޯނު ބޭއްވިއެވެ. މިފަހަރު އޭނާ ފޯނު ބޭއްވުމަށްފަހު، ވާގަނޑުވެސް އުފުރާލިއެވެ.
[އެގޮތަށް އުޅޭ މީހުންދެކެ އަހަރެން ވަރަށް ފޫހިވޭ. އަންހެން ކުއްޖަކު ފެންނައިރަށް އެވަރުވާންޖެހޭތަ؟] ރުޅި އައިސްފައި ހުރެމެ، ރަނާ ސޯފާއަށް ވެއްޓިގަތެވެ.
[އާނ އެންމެ ފެނިލުމަކުންވެސް ލޯބިވެވިދާނެޔޭ. ވެދާނެއެއްނު، އޭނާ ރަނާދެކެ ލޯބިވަނީ ކަމަށްވެސް.] ޝެހެނާ ރަނާއާ ދިމާކޮށްލިއެވެ.
[ތިޔައީ އަހަރެން ގަބޫލުކުރާ ކަމެއް ނޫން. އެގޮތަށް އަބަދު އަހަރެންގެ ފަހަތުން އަޅައިގަނެގެން އުޅެންޏާ، އަހަރެން އޭނައަށް ބަވާލާނަން.] ރަނާ ބުންޏެވެ.
އެވަގުތު ޝަފީޤާ އައިސް ގެޔަށް ވަނެވެ.
[ކާކަށް ބަވާލާނޭ ވާހަކަތަ ތި ދައްކަނީ....ދަރިފުޅުގެ ބައްޕަވެސް އަތުވެއްޖެ. މަންމަ ބުނިން، ރަނާވީ ލައިބްރަރީއަށް ގޮހޭ.] ޝަފީޤާވެސް ސޯފާގައި އިށީނެވެ.
[ފާޑެއްގެ ފިރިހެނަކު ފަހަތުން އަޅައިގަތީ. ވަރަށް ފޫހިވޭ. އަދި ދެތިންފަހަރު މިގެޔަށް ގުޅައިވެސްފިއޭ.] ރަނާ ވަރަށް ހިތްހަމަނުޖެހިފައި އިނދެ ބުންޏެވެ.
[ދަރިފުޅާ، އެއީ ދެން އެވަރު ކަމެއްތަ. ތިކަހަލަ ރީތި ކުދިންގެ ފަހަތުން ފިރިހެން ކުދިން އަންނާނެ. އެއީ ރުޅި އަންނަންޖެހޭވަރު ކަމެއް ނޫން.....އެސޮރު ގާތު ދަރިފުޅު ނުރުހެންޏާ ނުރުހޭ ވާހަކަ ބުނީމާ އެނިމުނީ. އެއްވެސް ހާލެއްގައި އަމިއްލައަށް ހުތުރުނުވާތި.] ޝަފީޤާ ރަނާއަށް ނަޞޭޙަތްތެރިވިއެވެ.
[މަންމައަށްވެސް ކަނޑައެޅިގެން އެނގޭނެ އެއީ އަހަރެން ވަރަށް ފޫހިވާ ކަމެއްކަން.] އެއީ އޭނާގެ ބައްޕަ ހާޝިމް ގެޔަށް އައިސް ވަން ވަގުތެވެ.
[ދަރިފުޅާ، ކޮންކަމެއް ފޫހިވާ ވާހަކަ ތިދައްކަނީ. އަނހަ ޝެހެނާވެސް އެބަ އިނިންދޯ؟ ޝެހެނާގެ ބައްޕަ އަދިވެސް ނާދޭތަ؟ ހާޝިމް އެތެރެއަށް ވަންނަމުން ބުންޏެވެ. ރަނާ ފޫހިވެގެން އުޅޭ ކަންތައް ހާޝިމަށް ކިޔައިދިނީ ޝަފީޤާއެވެ. އެއަށްފަހު، ޝެހެނާ، ހާޝިމް އޭނާއާ ކުރި ސުވާލަށް ޖަވާބު ދިނެވެ.
[ބައްޕަ އަންނާނީ ނޮވެމްބަރުގައި. އެކަމަކު މިފަހަރު އައިސް ދެން ހިއެއްނުވޭ، ބައްޕަ ދަތުރުކުރަންދާނޭހެނެއް.] ޝެހެނާ ޖަވާބު ދިނެވެ.
[ބައްޕަ ބޭރަށް ފުރުމުގެ ކުރިން ހާޝިމްބެއާ ދިމާވިއޭ. އެދުވަހު ބުނި، މިފަހަރު ގޮސްފައި އެނބުރި އައިސް، ވިޔަފާރިއެއް ފަށާނޭ ވާހަކަ...] ހާޝިމް ބުންޏެވެ.
[ދަރިފުޅާ ދޭބަލަ، ބައްޕައަށް ސައި ހަދަން.] ޝަފީޤާ ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން، ރަނާ ގާތު ބުންޏެވެ. ރަނާވެސް ތެދުވެގެން ހިނގައިގަތެވެ. ޝެހެނާ ގާތު އަންނާށޭ ބުނެފައެވެ.
ޖެހިގެން އައި ދުވަހު ރަނާ ސްކޫލް ނިންމާފައި ގެޔަށް އައި މަގުމަތިންވެސް އަމަރް ރަނާއާ ކުރިމަތިލިއެވެ. ނަމަވެސް، ރަނާ ޔުނިފޯމްގައި ހުރުމާއެކު، އަމަރް ދިޔައީ މަގުގެ އަނެއް ފަރާތުންނެވެ. ނަމަވެސް، ރަނާއަށް އަމަރް ފެނުނެވެ.
މިއަދުވެސް ރަނާ ގެޔަށް ވަންތަނާހެން އަމަރް ގުޅިއެވެ. މިފަހަރުވެސް ފޯނު ނެގީ ރަނާއެވެ.
[ރަނާ.....ކުޑަކޮށް އަހަރެން ދައްކާ ވާހަކަ އަޑުއަހާލަން މަޑުކޮށްފާނަންތަ؟ ޕްލީޒް.....ނުބާއްވައްޗޭ.....] މިފަހަރު ރަނާ ފޯނެއް ނުބާއްވައެވެ. އޭނާ ފޯނު ކަންފަތުގައި ޖައްސައިގެން ހުރީއެވެ.
[ރަނާ....ރަނާ ހީނުކުރާތި، އަހަންނަކީ ލޮލަށް ފެންނަ ކޮންމެ ކޮންމެ އަންހެން ކުއްޖެއްގެ ފަހަތުން ދުވަމުންދާ ވިޔާނުދާ މީހެކޭ. އަހަންނަށް ރަނާ ފެނުނީކީ އިއްޔެ ލައިބްރަރީ ކައިރިއަކުން ނޫން. މާކުރިންވެސް އަހަރެން ރަނާ ދަންނަން.] އަމަރް ހުރީ ރަނާގެ ގޭގެ ދޮރުމަތީގައި މަގުމަތީގައެވެ.
[ކިހިނެއް އަހަރެން ދަންނަ ވާހަކަ ތިބުނަނީ؟] ފުރަތަމަފަހަރަށް ރަނާ އަމަރް ދެއްކި ވާހަކައަށް ޖަވާބު ދިނެވެ. އެހިނދު އަމަރްއަށް ލިބުނީ ބަޔާން ނުކުރެވޭވަރުގެ ހިތްހަމަޖެހުމެކެވެ.
[ރަނާ ދިޔައީމެއްނު، މީގެ މަހެއްހާ ދުވަސް ކުރިން ކުޑަ ބަނޑޮހަށް ދަތުރު. އެދުވަހު ރަނާގެ ރަޙްމަތްތެރިޔާވެސް ހުރި. އެދުވަހަށްފަހު، ރަނާއާ ބައްދަލުކޮށްލަން އަހަރެން މިހުންނަނީ ވަރަށް ބޮޑަށް ބޭނުންވެފައި. އެދުވަސްފަހުން ރަނާ ފެނޭތޯ ވަރަށް މަސައްކަތް ކުރިން. ދެން ފެނުނީ ރަނާގެ ބައްޕައާއެކު ސައިކަލެއްގައި ދަނިކޮށް، އޭގެފަހުން އިއްޔެ ފެނުނީ......] އަމަރް ކިޔާދިނެވެ.
[އަހަންނާ ބައްދަލުކުރަން އުޅުމުގެ ބޭނުމަކީ ކޮބައި؟] ރަނާ އެއްސެވެ.
[އެވާހަކަ ދައްކަން ފަހުން ގުޅާނަން. އަދި ތިހުރީ ސްކޫލުން އައިސް ވަންގޮތަށް. ޔުނިފޯމް ބަދަލުކޮށްގެން ކާންދޭ.....] އަމަރް ފޯނު ބޭއްވިއެވެ. އަމަރް ދެއްކި އެއްވެސް ވާހަކައަކަށް ރަނާ އެއްވެސްވަރަކަށް ނުވިސްނައެވެ.
[ހާދަ ދިގު ފޯނެއްގައި ހުރެފައޭ ދޯ ތިބޭއްވީ. ކާކުތަ ގުޅީ؟] ޝަފީޤާ އަބަދުވެސް ރަނާއާ އެކަހަލަ ސަމާސާ ކުރެއެވެ. ޙަޤީޤަތުގައި ޝަފީޤާއަކީ ހަމައެކަނި ރަނާގެ މަންމައެއް ނޫނެވެ. އެއީ ރަނާގެ އެންމެ ގާތް ރަޙްމަތްތެރިއެއްވެސްމެއެވެ. އެހާވެސް ދެމައިންގެ ގުޅުން ބޮޑެވެ.
[ނޭނގެ ފާޑެއްގެ މީހަކު ގުޅީ. އަލަކަށް ނޫނޯ ފެނުނީ. މަންމަ އިއްޔެ ނަޞޭޙަތް ނުދިންނަމަ، އޭނަ ބަވާ ކުޑަކޮށްލީމުސް.] ރަނާ ބުންޏެވެ.
[މަންމަމެންގެ ފުރާވަރުގެ ދުވަސްވަރުވެސް ތިގޮތަށް މީހުން ގުޅައޭ. އެކަމަކު މަންމަ އެއްވެސް މީހަކާ ދިމާއަށް އެއްޗިއްސެއް ނުކިޔަން. ހިތްހަމަނުޖެހެންޏާ ނުގުޅާށޭ ރީތިކޮށް ބުނަނީ.....ހިތުގައިޖެހޭ ގޮތަކަށްވެސް ނުބުނަން. ދަރިފުޅަށް އެނގޭތަ، ދަރިފުޅުގެ ބައްޕަ އެންމެ ފުރަތަމަ މަންމައަށް ގުޅީމަވެސް މަންމަ ބުނީމޭ ނުގުޅާށޭ. އެކަމަކު ދަރިފުޅުގެ ބައްޕައަކީ ވަރަށް ވަރުގަދަ މީހެއް. ފުލުފުލުގައި ގުޅައިގެން އޭނާ އެއްބަސްކުރުވީ......] ޝަފީޤާ ހީނހީނފައި އޭނާގެ މާޒީގެ ޞަފްޙާއެއް ހުޅުވާލިއެވެ.
[މަންމަ ހެއްލުނަސް، ކިތަންމެ ގުޅިޔަކަސް މި ރަނާއެއް ނުހެއްލޭނެ.] ރަނާ ޔުނީފޯމް ބަދަލުކުރަން ކޮޓަރިއަށް ވަނެވެ.
***************
* "ހުވާކޮށްފާ ބުނަން" ވާހަކަ އެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު