ރައްޔިތުން ނިއްމައިފައިވާ ވެރިކަމުގެ ނިޒާމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ކޮންކަހަލަ ޑިމޮކްރަސީ އެއްތޯ، ވިދާޅުވެ އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ރައީސް އައްޝައިހް އިލްޔާސް ހުސައިން ސުވާލު އުފައްދަވައިފިއެވެ.
މަޝްހޫރު ދީނީ އިލްމްވެރިޔާ އައްޝައިހް އިލްޔާސް ހުސައިން މި ސުވާލު އުފައްދަވާފައި މިވަނީ ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް އިޝާރަތް ކުރައްވަމުންނެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައީސް މައުމޫން ވެރިކަމުގައި ނެގުނު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ބޮޑު އަޣުލަބިއްޔަތަކުން ރައްޔިތުން ނިއްމާފައިވަނީ ރާއްޖޭގައި އޮންނަ ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ގެންދަވަނީ ރާއްޖޭގައި އޮންނަން އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ ބަރުލަމާނީ ނިޒާމެއް ކަމަށް ވިދާޅުވެ އެކަމަށް ވަކާލާތު ކުރައްވަމުންނެވެ.
އެކަމާ ގުޅިގެން ޝައިޚް އިލްޔާސް ކުރެއްވި ޓުވީޓެއްގައި، ރައްޔިތުން ނިއްމައިފައިވާ ވެރިކަމުގެ ނިޒާމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ކޮންކަހަލަ ޑިމްކޮރަސީއެއްތޯ ވަނީ ސުވާލު ކުރައްވާފައެވެ. ރައްޔިތުންގެ ނިއްމުން ބަލައިނުގަންނަ މީހުންނަށް ވެސް އަދި އިސްލާމީ ޝަރީއަތާއި ބީރަށްޓެހި އުސޫލުތައް ފަތުރަން ދިވެހި ރައްޔިތުން ޖާގަ ނުދެއްވާނެ ކަމަށް، މިސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި ޝައިޚް އިލްޔާސް ވިދާޅުވިއެވެ.
ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑަށް އަކުރު އޮޅުންފިލީއްސުރެ، އަޅުގަނޑު ދެކޭގޮތުގައި ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރައްޔިތުންގެ ވޯޓަކުން ނޫން ގޮތަށް ބަދަލު ކުރަން ތާއިދު ނުކުރައްވާކަން ރައީސް ސޯލިހް ވަނީ ހާމަކުރައްވާފައެވެ.
"ބަރުލަމާނީ، ރިޔާސީ ނިޒާމެއްގެ ކަންކަން އޮތީ މީގެ ކުރިން ނިމިފައި. ކުރިން އޮތީ ރައްޔިތުން ގޮތަކަށް ނިންމާފައި. އެއްވެސް ޒަމާނެއްގައި އެކަން ކުރަން ބޭނުން ނަމަ ދެން ވެސް ހަމަ ދާން ޖެހޭނީ ރައްޔިތުންގެ ކައިރިއަށް." ރައީސް ސޯލިހް ވިދާޅުވި އެވެ.

Dhivehi rayyithun khiyaaru koffaiva verikan hingumuge nizama dhekolhah masakkaiy mikuranee konkahal democracy egge dhashunthoa?
— Ilyas Hussain (@shkilyas) July 30, 2020
Rayyithunge ninmun balainuganna meehunnakahves adhi Islamee shareeatha beerattehi usoolutha fathuraakahves dhivehin furusatheh nedhevvāne IA
ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑަށް އަކުރު އޮޅުންފިލީއްސުރެ، އަޅުގަނޑު ދެކޭގޮތުގައި ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރައްޔިތުންގެ ވޯޓަކުން ނޫން ގޮތަށް ބަދަލު ކުރަން ތާއިދު ނުކުރައްވާކަން ރައީސް ސޯލިހް ވަނީ ހާމަކުރައްވާފައެވެ.
"ބަރުލަމާނީ، ރިޔާސީ ނިޒާމެއްގެ ކަންކަން އޮތީ މީގެ ކުރިން ނިމިފައި. ކުރިން އޮތީ ރައްޔިތުން ގޮތަކަށް ނިންމާފައި. އެއްވެސް ޒަމާނެއްގައި އެކަން ކުރަން ބޭނުން ނަމަ ދެން ވެސް ހަމަ ދާން ޖެހޭނީ ރައްޔިތުންގެ ކައިރިއަށް." ރައީސް ސޯލިހް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު