ރާއްޖޭގައި ފަރުވާދެމުންދާ ހާލުބޮޑު ބަލި މީހުންގެ ތެރެއިން ބުދަ ދުވަހު އިންޑިއާއަށް ފަރުވާ ހޯދަންދިޔަ ބަލިމީހުން ކޯވިޑަށް ކުރި ޓެސްޓުތަކުގެ ނަތީޖާ ނެގެޓިވްވެ ފަރުވާދޭން ފަށައިފިއެވެ.

އާސަންދައިން ބުނީ މިމަހުގެ 29 ވަނަ ދުވަހު އިންޑިއާގެ ކިމްސް ހޮސްޕިޓަލުން ފަރުވާ ހޯދުމަށް 28 ބަލި މީހުން ގެންގޮސް ކޯވިޑަށް ޓެސްޓް ކޮށްފައިވާކަމަށެވެ. އެންމެންގެ ޓެސްޓުގެ ނަތީޖާވެސް ބައްޔަށް ނެގެޓިވްވެ މިހާރު ފަރުވާ ދޭން ފަށާފައިވާކަމަށް އާސަންދައިން ބުނެފައިވެއެވެ.

"އާސަންދައިގެ ދަށުން ބޭސްފަރުވާއަށް މިމަހުގެ 29 ވަނަ ދުވަހު އިންޑިޔާގެ ކިމްސް ހޮސްޕިޓަލަށް ދިޔަ 28 ބަލި މީހުންވެސް ކޯވިޑަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުން ފަރުވާ ދޭން ފަށައިފި." އަސަންދައިން ކުރި މެސެޖްގައިވެއެވެ.

އާސަންދައިގެ އެހީގައި ބޭސް ފަރުވާއަށް މިމަހުގެ 29 ވަނަ ދުވަހު ފުރަން އޮތް ފްލައިޓުން ކުޑަ ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވްވިކަމަށް ބުނެ ފްލައިޓުންވަނީ އެކުއްޖާއާއި އާއިލާބާލަފައެވެ. ނަމަވެސް ފަހުން އެމީހުންގެ ޓެސްޓް ހެދިއިރު ވަނީ ކޯވިޑަށް ނެގެޓިވްވެފައެވެ.

މިމަހުގެ 29 ވަނަ ދުވަހު އިންޑިޔާއަށް ބޭސް ފަރުވާއަށް ފޮނުވުމަށް ހަމަޖެހިފައި އޮތީ 60 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭސް ފަރުވާއަށްދާ 28 މީހުންނާއި އެމީހުންގެ އެހީތެރިންގެ ގޮތުގައި ދަތުރުކުރާ 32 މީހުން ކަމަށް އާސަންދަ އޮފީހުން މަޢުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން