ދެ ފަނޑިޔާރަކަށް އިންޒާރު ދިން މައްސަލައަކާ ގުޅިގެން ދެ މީހަކު ބަންދުކޮށްފި އެވެ.

އެ މައްސަލަައިގައި ހައްޔަރުކުރީ ދިވެހި ދެ ފިރިހެނުން ނެވެ. އެއީ 32 އަަހަރުގެ ފިރިހެނަކާއި އަދި 22 އަހަރުގެ ފިރިހެނެކެވެ.

އޭގެ ތެރެއިން 22 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް، 32 އަހަރުގެ މީހާގެ ބަންދަށް 5 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހާފަ އެވެ.

ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމަރަކުން އެނގޭ ގޮތުގައި އެ ދެ މީހުން ވަނީ ފަނޑިޔާރުންގެ އިތުރުން އެ ދެ މީހުން ކުށްކުރި ސީންއަށް ދިޔަ ފުލުހުންނަށް ވެސް އިންޒާރުދީފަ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެ ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހުން ނެވެ. އަދި އެ ދެ މީހުންގެ މައްޗަށް ވަނީ އެކަށީގެންވާ ވަރަށް ހެކި ވެސް ހުށަހަޅައިފަ އެެވެ.

އަދި އެ ދެ މީހުންގެ ފަރާތުން ވެސް މުޖުތަމައުއަށް ނުރައްކާ އޮތް ކަމަށް ފެންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން