ޑިމޮކްރަސީ ފާލުން ނައްޓުވާލައި، މިސްރާބު ގެއްލުވާލަން އެމްޑީޕީން ޖާގަނުދޭނެ ކަމަށް އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ ސްޕޯކްސްޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސަ ވިދާޅުވީ، މި ސަރުކާރުގެ ދޮގު ހެދުމާއި އޮޅުވާލުން ހައްދުފަހަނައަޅާ ގޮސްފައިވާކަމަށާއި، އެގޮތުން މިވީ ކުރުމުއްދަތުގެ ތެރޭގައިވެސް ސަރުކާރުން މަޖިލީހަށް އިޙުތިރާމްކުރުން ހުއްޓާލާފައިވާ ކަމަށެވެ.
އޭގެ އިތުރުން ސަރުކާރުން މަޖިލީސް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އެކި ވަޒީފާތަކުގައި ތިބި ރައްޔިތުންނަށް ބިރު ދައްކަމުންދާ ކަމަށް އީސަ ވަނީ ވިދާޅުވެފައެވެ.
އީސަ މިއަދު ވިދާޅުވީ މަޖިލީހުގެ ރުހުން ނެތް ވަޒީރުން މަޤާމުތަކުގައި ބައިތިއްބައިގެން، ސަރުކާރުން ދަނީ މަޖިލީހުގެ ކޮންމެ ނިންމުމަކާ އެކު ކޯޓަށް ދިއުން އާއްމުކަމަކަށް ހަދަމުން ކަމަށެވެ.
އެހެންކަމުން އެމްޑީޕީން އަނެއްކާވެސް މި ނިކުންނަނީ ރައްޔިތުން ގެނައި މަލްޓި ޕާޓީ ޑިމޮކްރަސީ ހިމާޔަތްކުރުމަށާއި، މިސްރާބުން ނައްޓާފައި އޮތް ސަރުކާރެއް ހަމަމަގަށް އަޅުވައި، ފާލަށް ގެންނަން ކަމަށް އީސަ މިއަދު ވިދާޅުވިއެވެ.
"އެމްޑީޕީ އަކީ ޤައުމު ގޯސް މަގުން ދާއިރު ބަލަން އޮންނާނެ ޕާޓީ އެއް ނޫން. ޑިމޮކްރަސީ ފާލުން ނައްޓާލާ މިސްރާބު ގެއްލޭކަށް ދޫކޮށްލައިގެން ނުތިބޭނެ." އީސަ ވިދާޅުވިއެވެ.
އީސަ މިއަދު ވަނީ މަޖިލިސް އިންތިޚާބު ރޯދަ މަހު ބާއްވާތީ އެކަމާ މެދު ވެސް ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. އަދި އިންތިޚާބުތަކާބެހޭ ޤާނޫނަށް ގެނައި އިސްލާޙު ތަސްދީޤު ނުކޮށް ހިފަހައްޓާފައިވާތީ އެކަމަށްވެސް ޢީސަ ވަނީ ފާޑު ވިދާޅުވެފައެވެ.
"ސިޔާސީ ޕާޓީތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް މި އޮންނަނީ އިންތިޚާބުތަކުގައި، އެއް އިންތިޚާބުން އަނެއް އިންތިޚާބަށް ރައްޔިތުން ވޯޓުލާން ނިކުންނަ އަދަދު ދަށްވުން އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް" އީސަ ވިދާޅުވިއެވެ.
ހަމައެއާއެކު މަޖިލީހުގެ އިންތިޚާބު ރޯދަަމަހަށް ފަހު ބޭއްވުމަށް އަދިވެސް ފަހި ފުރުސަތު އެބަ އޮތް ކަމަށްވެސް އީސަ ވަނީ ވިދާޅުވެފައެވެ.
އީސަ މިމޭރުމުން ވިދާޅުވެފައިވާއިރު، މި ފަހަރުގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ކެމްޕޭނު ކުރަމުން ދަނީ "މިސްރާބު ހަމަމަގަށް" ޝިޢާރުގެ ދަށުންނެވެ. އެމްޑީޕީގެ މަޖިލިސް ކެންޕޭނު ފެށުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗުގައެވެ.

ކިޔުންތެރިންގެ ހިޔާލު