ކުރީގެ ސަރުކާރަށް މަޝްރޫއުތައް ނުހިންގިގެން ކުވައިތު ފަންޑުން، ދިން އެހީ އަނބުރާ ގެންގޮސްފައިވާ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅު ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދޮގުކުރައްވައިފި އެވެ.

ކުވެއިތު ފަންޑުން ހިލޭ އެހީ ހަމަޖެހުނު ހަތަރު މަޝްރޫއެއް ރައީސް ސާލިޙުގެ ސަރުކާރުން ފަރުވާ ކުޑަކޮށް ލަސްކުރުމުން އެ ފަންޑު އަނބުރާ ގެންގޮސްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.

ރައީސްގެ އެވާހަކަފުޅު ދޮގުކުރަށްވައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ރައީސް ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި ކުވެއިތު ފަންޑުން އަބަދުވެސް އަންނަނީ ރާއްޖެއަށް އެހީތެރިވަމުން ކަމަށެވެ. އަދި ކުރީގެ ސަރުކާރުން މަޝްރޫއެއް ނުހިންގިގެން އެއްވެސް ޕްރޮޖެކްޓެއް/ ދިން ފަންޑެއް އަނބުރާ ގެންގޮސްފައިނުވާ ކަމަށް އަމީރު ވިދާޅުވި އެވެ.

"މަނިކުފާނަށް ރަނގަޅު މައުލޫމާތު ދޭނެ، ކަމަށް އެކަށީގެންވާ، ޤާބިލް މީހުން އައްޔަން ކުރަން ފެނޭ،" ރައީސަށް ރައްދު ދެއްވައި އަމީރު ވިދާޅުވި އެވެ.

ހަނިމާދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ކުރީގެ ރައީސް ސާލިޙުގެ ސަރުކާރުގައި ހަތަރު ރަށެއްގައި ހޮސްޕިޓާ ތަރައްގީ ކުރުމަށް ކުވެއިތު ފަންޑުން ހިލޭ އެހީ ހަމަޖެހުނު ކަމަށެެވެ.

އެހެން ނަމަވެސް އެ މަޝްރޫއުތައް ހިންގުން ކުރީގެ ސަރުކާރުން ލަސްކުރުމުން ކުވެއިތު ފަންޑުން ދިން ހިލޭ އެހީ އަނބުރާ ގެންގޮސްފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ކުވެއިތު ފަންޑުން ހިލޭ ހަމަޖައްސައިދީފައި އޮތީ، އެހެން ނަމަވެސް މިދިޔަ ސަރުކާރުން އެފަންޑުގެ ބޭނުން ނުކޮށް މި ޕްރޮޖެކްޓްތައް ހިންގުން ލަސްކުރަމުން ލަސްކުރަމުން ގޮސް ކުވެއިތު ފަންޑުން އެންމެފަހުން ފަންޑު އަނބުރާ ގެންދިޔައީ. އިންޓަނޭޝަނަލް ފަންޑު ދޭ ތަންތަނުން ސަރުކާރުން ޕްރޮސީޖާ ތަކެއް ފުރިހަމަ ކުރަންޖެހޭނެ. އެކަންކަން ނުކޮށް ފަރުވާ ކުޑަކޮށްގެންނޭ އަޅުގަނޑު ދަންނަވާނީ، އެކަން ލަސްކުރުމުން އެންމެ ފަހުން ފަންޑު އަނބުރާ ގެންދިޔައީ. ގެންދިޔައީމަ އެމަޝްރޫއުތައް ގެއްލުނީ، އެހެންވެގެން މިކަން ނުވެފައި މިއޮތީ،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން