ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ބެލުމުގެ ދަށުން ޣައްޒާއަށް އެހީ ވައްދަން ދެކުނު އެފްރިކާއިން ގޮވާލައިފި އެވެ.
ދެކުނު އެފްރިކާގެ ފޮރިން މިނިސްޓަރު ނަލީދީ ޕެންދޯރު ވިދާޅުވީ ގައްޒާއަށް އެހީގެ ޓްރަކްތައް ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ސިފައިންގެ ލަޝްކަރެއްގެ ބެލުމުގެ ދަށުން ވެއްދޭ ގޮތް ހަދަން ޖެހޭ ކަމަށެވެ.
އަދި މިކަމުގައި ރަފާ ބޯޑަރު ހުރަސްކޮށް ޣައްޒާގެ ތެރެއަށް އެހީގެ ތަކެތި ވެއްދުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ވެރިން އެހީވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ގައުމުތަކަކީ އިސްރާއިލާ ވަރަށް ބޮޑަށް ގުޅުން އޮންނަ ގައުމުތަކަކަށް ވާތީ ގައިމުވެސް އިސްރާއިލުން އެ އެހީގެ ޓްރަަކްތަކަކަށް ހުރަހެއް ނާޅާނެ. އެ ސިފައިންގެ ގަޔަށް އިސްރާއިލުން ބަޑި ޖަހާނެ ހެނެއް ހިޔެއް ނުވޭ" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
ޣައްޒާއަށް އިސްރާއިލުން ދެމުންގެންދާ އިންސާނިއްޔަތުކަމެއް ނެތް ހަމަލާތަކާއެކު އެހީގެ ޓްރަކްތައް ޣައްޒާއަށް ވެއްދުމަށް ވެސް އިސްރާއިލުން ދަނީ ހުރަސް އަޅަމުން ނެވެ. އަދި ޓްރަކްތައް ވަނުމުން އެ ވެހިކަލްތަކާ ކައިރިވާ ޣައްޒާގެ ރައްޔިތުންނަށް ވެސް އިސްރާއިލުން ދަނީ ހަމަލާ ދީ މަރަމުން ނެވެ،
މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 30000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ.
އިސްރާއީލުން ހަމާސްގެ ސިފައިންނަށް ކަމަށްބުނެ ފަަލަސްތީނުގެ އާންމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މެދުކަނޑާ ނުލައިފިނަމަ، ބަރަކާތްތެރި ރަމަޟާން މަހުވެސް ފަލަސްތީނުގެ މުސްލިމުން ތިބެން ޖެހޭނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު