އިނގެރޭސިވިލާތުގެ ސަރުކާރުން އެގައުމުގެ މުސްލިމް މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރު ކުރަން 128 މިލިޔަން ޑޮލަރު ހޭދަކުރަން ނިންމައިފިއެވެ.

މިހޭދަކުރަން ނިންމީ، އިނގިރޭސިވިލާތުގައި އިސްލާމީ ސުކޫލުތަކާއި، މިސްކިތްތަކާއި އަދި އިޖްތިމާއީ މަރުކަޒުތަކަށް އަމާޒުކޮށްގެން ހަމަލާތަކެއް ދީފައިވަނިކޮށެވެ.

މި ނިންމުމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ހޯމް ސެކްރެޓަރީ ޖޭމްސް ކްލެވަރލީ ވިދާޅުވީ، މި ފައިސާ ބޭނުން ކުރެވިގެން ދާނީ މަޝްހޫރު މުސްލިމް މުޖުތަމައުތަކުގައި އެލާރމް ސިސްޓަމް ހަރުކުރުމަށާއި، ސީސީޓީވީ ކެމެރާ ހަރުކުރުމަށާއި އަދި ފެންސް ޖެހުމަށް ކަމަށެވެ. އަދި މެދު އިރުމަތީގައި ހިނގާ ކަންކަމާއި ގުޅިގެން އިނގެރޭސިވިލާތުގެ މުސްލިމުންނަށް އަނިޔާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިޔެވެ.

އިނގިރޭސިވިލާތުގައި މުސްލިމުންނަށް ދެމުންގެންދާ ހަމަލާތައް ވަނީ ކެބިނެޓްގެ މިނިސްޓަރުން ވަރަށް ހަރުކަށި އިބާރާރުން ކުއްވެރި ކޮށްފައެވެ. އެގޮތުން، ސެކިއުރިޓީ މިނިސްޓަރ ޓޮމް ތުގެންދަލް ވިދާޅުވީ އިނގިރޭސި މުސްލިމުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމު ކުރުމަށް ފުލުހުންނާއި މުޖުތަމައުގެ ބައިވެރިންނާއިއެކު ވަރަށް ގާތުން މަސައްކަތްކުރަމުން ދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން