ރަފާހްގައި އިސްރާއީލުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ އަސްކަރީ އޮޕަރޭޝަން އާއި ގުޅިގެން މަޖުބޫރުން އާބާދީ ބަދަލުކުރުން ވާނީ ހަނގުރާމައިގެ ޖަރީމާއަކަށް ކަމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވެއްޖެއެވެ.

މިހެން މެކްރޮން ވިދާޅުވެފައިވަނީ އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަ ތަކެއްގައެވެ. މެކްރޮން އިތުރަށް ވިދާޅުވީ ރަފާހްގައި ހިންގުމަށް ނިންމާފައިވާ އަސްކަރީ އޮޕަރޭޝަންއާއި ދެކޮޅު ކަމަށެވެ.

ރަފާހްގައި ކުރިޔަށް ގެންދިޔުމަށް އިސްރާއީލުން ނިންމާފައިވާ އަސްކަރީ އޮޕަރޭޝަން ކުރިޔަށް ނުގެންދިޔުމަށް އެކި ގައުމުތަކުން ދަނީ އަޑު އުފުލަމުންނެވެ. ރަފާހްގައި މިވަގުތު ޣައްޒާގެ އާބާދީގެ ބޮޑު ބަޔެއް ވަނީ ހިމާޔަތް ހޯދަމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 31000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން