ރަމަޟާން މަހުގެ ފަހު 10 އެއްގައި ވަޒީފާއަށް ނުކުންނަ ފަރާތްތަކަށް އެލަވަންސްއެއް ދޭން ސަރުކާރުން ނިންމައިފި އެވެ.
ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު އެވެ.
އެހެން ނަމަވެސް ބައެއް އިދާރާތަކަކީ ކޮންމެހެން ހިދުމަތް ދޭން ޖެހޭ ތަންތަނަށް ވާތީ އެތަންތަން ބަންދެއް ނުވެއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާންމު ކުރި ސާކިއުލާގައި ބުނެފައިވާ ގޮތުގައި ފަހު ދިހައެއްގައި ކޮންމެހެން ވަޒީފާއަށް ނުކުންނަން ޖެހޭ މުވައްޒަފުންނަށް ހާއްސަ އެލަވަންސްއެއް ދެއްވަން ރައީސް މުއިއްޒު ވަނީ ނިންމަވައިފައި ކަމަށެވެ.
ސާކިއުލާގައި ބުނެފައިވާ ގޮތުގައި ފަހު ދިހައެއްގައި ވަޒީފާއަށް ކޮންމެހެން ނުކުންނަން ޖެހޭ މުވައްޒަފުންގެ ތެރެއިން ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުނުވާ މުވައްޒަފުންނަށް ކުރިން ވެސް ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ދެމުން ގެންދާ އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ އިނާޔަތް ދޭން ޖެހޭނެ އެވެ.
އެގޮތަށް އިނާޔަތް ދިނުމުގައި މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައިގެ އެލަވަންސް ދޭނީ ޑިއުޓީ އުސޫލުން އާންމުކޮށް މަސައްކަތްކުރާ މުވައްޒަފުންނަށް ކަމަށް ވެސް ސާކިއުލާގައި ބުނެފައި ވެއެވެ.
ހަމަ އެހެންމެ ދައުލަަތުގެ ޕޭ ޕްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުން ރަމަޟާން މަހުގެ ފަހު 10 ދުވަަހަކީ ރަސްމީ ބަންދު ދުވަސްތަކެއް ކަމަށް ބަލައިގަނެ ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން ލިބޭނެ ކަމަށް، ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތެއް ދޭންވާނެ ކަމަށް ސާކިއުލާގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު