މިދިޔަ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވިއިރު ޢަލީ ވަހީދު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށްބުނެ ދީފައިވާ ބަޔާންތަކެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައިފިއެވެ.
އެ މައްސަލާގައި ޢަލީ ވަހީދުގެ މައްޗަށް 2020 ވަނަ އަހަރު ދައުވާ ވެސް ކުރިއެވެ. ނަމަވެސް، ހެކި އަނބުރާ ގެނައުމުން ކަމަށާ ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްވަނީ އެ މައްސަލަތައް އަނބުރާ ނަގާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާއަށް މިހާރު ކުރިމަތިލައްވައިގެން އުޅުއްވާ ޢަލީ ވަހީދާއި ގުޅޭގޮތުން އޭރު ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތްކުރި 3 އަންހެނަކު ދީފައިވާ ބަޔާން މިއަދު ލީކުކޮށްލާފައިވާއިރު އެ ވާހަކަތައް އަނެއްކާވެސް މިވަނީ އަލުން ތިލަވެފައެވެ.
އެ ބަޔާންތަކުން އެނގޭ ގޮތުގައި ގަދަކަމުން އަލީ ވަހީދު ވަނީ ބައެއް އަންހެނުންނާ އެކު ޖިންސީ ގުޅުން ހިންގައި އަދި ބައެއް މުވައްޒިފުންނާއެކު ޖިންސީ ގުޅުން ހިންގުމަށް މަސައްކަތް ކުރައްވާފައެވެ. އަދި އޭގެ އިތުރުން އެ އަމަލުތައް ހިންގަން އުޅުއްވީ އަލީ ވަހީދު އޭރު ހުންނެވި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކަން ވެސް ބަޔާންތަކުން އެނގެއެވެ.
އަދި މިނިސްޓްރީގެ ދަތުރުތަކުގައި އަންހެން މުވައްޒަފުން ރިސޯޓުތަކަށް ގެންގޮސް، އެމީހުންނާ "ބެހެން" އެކި ގޮތްގޮތުން މަސައްކަތް ކުރައްވާފައިވާކަމަށް ބުނެފައިވާއިރު ކޮވިޑް-19 ގައި މިނިސްޓްރީން އެކުލަވާލި ޓާސްކް ފޯސް ގާއިމްކުރި މާގިރި ހޮޓެލްގައި އޭނާ ހުންނެވި ރޫމްގައި ވެސް މި އަމަލުތައް ހިންގައި އަދި ހިންގުމަށް މަސައްކަތްކުރެއްވި ކަމަށް ބުނެފައިވެއެވެ. އޭގެތެރެއިން އަންހެން ބައެއް މުވައްޒަފުންނަށް ޕްރޮމޯޝަން ވެސް ދޭން ހުށަހަޅާފައިވާކަމަށް ވެސް ލީކުވި ބަޔާންތަކުގައި ވެއެވެ.
އެއާއި ގުޅިގެން ޢަލީ ވަހީދު މިއަދުވަނީ އެކްސްގައި ޕޯސްޓެއް ވެސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ސިޔާސީ ގޮތުން ކާޅަށް ކޮށާ ކުދިކޮށް ކަތިލަން ކުރާ ޖަރީމާގެ ކުރިމަތީ ކުޑަކަކޫ ނުޖައްސަވާނެ ކަމަށާއި ބުނި ބުންޏަށް ފްރޭމްކޮށް ދިން އަނިޔާ އާއި ލަކުނު އަދި ނުފިލާކަމަށެވެ. އަދި އިރާދަފުޅުން ނަޔާ ކުޅުދުއްފުއްޓެއް ކާމިޔާބު ކުރާނީ ނުހަނު ލޯތްބާ އެކުކަމަށާއި ތިޔަކަން ތި ކުރަނީ ކާކު ކީއްވެކަން އެނގޭކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު