ޗަމްޕާ ބްރަދާސްއިން މި ޝައްވާލު މަހުގެ 6 ރޯދައިގައި ދިވެހިންނަށް ބަހަން 25 ޓަނުގެ ކަރާ ހަދިޔާކޮށްފި އެވެ.

ޗަމްޕާ ބްރަދާސް އިން މިއަދު ބުނީ، ކަރާ ޝިޕްމެންޓު ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށާއި ކަރާތައް ބަހާނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ.

މިއަހަރުގެ ރަމަޟާން މަހަށް ޗަމްޕާ ބްރަދަރސް އިން ވަނީ، 50،000 ކާއްޓާއި 50 ޓަނު ކަރާގެ އިތުރުން 10 ޓަނު ފިޔާ ދިވެހި ރައްޔިތުންނަށް ހަދިޔާ ކޮށްފައެވެ. އެތަކެތިވެސް ބަހާފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއާ ހަވާލުކޮށްގެނެވެ.

އޭގެ ފަހުން ޗަމްޕާ ބްރަދާސް އިން ވަނީ އިތުރު 25 ޓަނު ކަރާ އާއި 25 ހާސް ކާށި އަދި 10 ޓަނު އަލުވި ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ޙަވާލުކޮށްފައެވެ.

އެހެންކަމުން ޖުމްލަ 100 ޓަނު ކަރާ އާއި 75 ހާސް ކާށި އަދި 10 ޓަނު ފިޔާ އާއި 10 ޓަނު އަލުވި ޗަމްޕާ ބްރަދާސްގެ ފަރާތުން ދިވެހި ރައްޔިތުންނަށް ވަނީ ހަދިޔާ ކޮށްފަ އެވެ.

ޗަމްޕާ ބްރަދާސްއިން ވަނީ މިދިޔަ އަހަރުވެސް ރޯދަމަހާ ދިމާކޮށް ދިވެހިންނަށް ރޯދަ ހަދިޔާ ބަހާފައެވެ. ނަމަވެސް މިދިޔަ އަހަރު އެތަކެތި ބަހާފައިވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށެވެ. މިދިޔަ އަހަރު ބަހާފައި ވަނީ 15 ޓަނު ކަރައާއި 50،000 ކާއްޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން