އިސްރާއިލުން އިރާނަށް ވައިގެ ހަމަލާތަކެއް ދީފި އެވެ.
އިރާނުގެ މެހެރު ނިއުސް އޭޖެންސީން ބުނީ މިއަދު ފަތިހު ގިނަ އަދަދެއްގެ ގޮވުންތަކެއްގެ އަޑު އިރާނުގެ އިސްފަހާންއިން އިވިގެން ދިޔަ ކަމަށެވެ.
އިރާނުގެ ސިވިލިއަން ސްޕޭސް ޕްރޮގްރާމްގެ ތަރުޖަމާނު ހޮސެއިން ދަލިރިއާން "އެކްސް" ގައި ވިދާޅުވީ ގިނަ އަދަދެއްގެ ޑްރޯންތައް އިރާނުން ވައްޓާލައިފައިވާ ކަމަށެވެ. ނަމަވެސް މިހަމަލާގެ ސަބަބުން ބަޔަކު ޝަހީދުވެ ޒަހަމްވިކަމެއް އަދި ރިޕޯޓުކޮށްފައެއް ނުވެއެވެ.
އިސްރާއީލުގެ މިހަމަލާ އާއި ގުޅިގެން އިރާނުން މިހާރު ވަނީ ފްލައިޓްތައް ވެސް ސަސްޕެންޑްކޮށްފަ އެވެ. އަދި އިރާނުގެ ގިނަ ސަރަހައްދުތަކެއްގައި އެއާ ޑިފެންސް ސިސްޓަމްތައް އެކްޓިވޭޓްކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް މި ހަމަލާއާ ގުޅޭ ގޮތުން އިސްރާއިލުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އިރާނާ އިސްރާއިލާ ދެމެދު މިފަހުން ހަމަލަތާކެއް ފެށުނީ ސީރިއާގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް އިސްރާއިލުން ހަމަލާދީ އެތަން ހަލާކުކޮށްލައި އިރާނުގެ ބަޔަކު ޝަހީދުކޮށްލުމުން ނެވެ.
އޭގެ ފަހުން އިރާނުން މިދިޔަ އާދިއްތަ ދުވަހު ވަނީ އެތައް ސަތޭކަ ޑްރޯންއާއި މިސައިލުން އިސްރާއިލަށް ހަމަލާދީފަ އެވެ. އަދި ރައްދުގައި އިސްރާއީލުން ހަމަލާ ދީފިނަމަ ކުރިއަށް ވުރެ މާ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް އީރާނުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު