ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓް ބަދަލުކޮށް ޒަމާނީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މުޅިން އާ އޭޓީއާރު 42-600 މަރުކާގެ މަތިންދާބޯޓެއް މިއަދު ގެނެސްފިއެވެ.
މޯލްޑިވިއަނުން ބުނީ ފްލީޓަށް މިއަދު އަލަށް ގުޅިފައިވާ މަތިންދާބޯޓުގެ ސަބަބުން މޯލްޑިވިއަންގެ ކެޕޭސިޓީ އިތުރުކުރެވި އަދި ރޫޓުތަކަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރެވި ދިވެހިންނަށާއި ފަތުރުވެރިންނަށް ކަނެކްޓިވިޓީ އިތުރުކުރެވި، ފަސޭހަކަމާއެކު ދަތުރުތައް ހަމަޖެއްސޭނެކަމަށެވެ. މީގެ އިތުރުން، މި މަތިންދާބޯޓަކީ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ވަސީލަތްތަކާއެކު އެންމެ މަތީ ފެންވަރުގެ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ އުޅަނދެއްކަމަށެވެ.
މި މޭލުދަނޑި ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއްވެސް ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، އިބްރާހިމް އިޔާސް ވަނީ ކުންފުނީގެ އިސްތިރާޖީ ރޭވުންތައް ތަރައްޤީކުރުމަށްޓަކައި އައު މަތިންދާބޯޓުފަހަރުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ.
"އަޅުގަނޑުމެންގެ ފްލީޓަށް އިތުރުވާ މި އައު މަތިންދާބޯޓާއެކު ފަސިންޖަރުންނަށް ކުރެވޭ ތަޖުރިބާ އަދި އޮޕަރޭޝަން ހަރުދަނާކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ. މި ބޯޓުން ތަފާތު ހިތްހަމަޖެހުމެއް ދަތުރުވެރިންނަށް ލިބިގެންދާނެކަމަށާ އެގޮތުން މި މަތިންދާބޯޓުގެ އެތެރޭގެ ފިނިހޫނުމިން ކޮންޓްރޯލްކުރެވިފައިވާ ރަނގަޅު ނިޒާމަކާއި އަޑުތައް އިވޭ މިންވަރު ދަށްކުރެވުން ހިމެނޭ. މީގެ އިތުރުން ޒަމާނީ އެވިއޮނިކްސް އާއި ޚާއްސަ ފިއުލް އިކޮނޮމީއަކީ އަޅުގަނޑުމެންގެ ފުޅާވަމުން އަންނަ ނެޓްވޯކްގެ ޕާފޯމަންސް އިތުރަށް ރަނގަޅުކުރެވި ދެމެހެއްޓުމަށްކުރާ މަސައްކަތަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެން. ޒަމާނީ މި އައު މަތިންދާބޯޓަށް މަރުހަބާ ކިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށްވާޙާލު ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އަޅުގަނޑުމެންދޭ ޚިދުމަތް ރަނގަޅުކުރެވި ކުރާއިތުބާރު އިތުރުވާނެކަމުގެ އުއްމީދުކުރެވޭ."
މި ރަސްމިއްޔާތުގެ ޚާއްސަ މެހެމާނުންނަށް މަތިންދާބޯޓުގެ އެތެރޭގައިވާ ތަނަވަސް ކެބިން އާއި ޒަމާނީ ނެވިގޭޝަން ސިސްޓަމްތަކާއި ތިމާވެއްޓާ ރައްޓެހި ޑިޒައިން ވަނީ ދައްކާލާފައެވެ. މި އައު މަތިންދާބޯޓަކީ އެތެރޭގެ އުދުހުންތަކުގައި ކުރު ދަތުރުތައް ކުރުމަށް ފަރުމާކުރެވިފައިވާ ބޯޓަކަށްވެފައި އައު ބޯޓުގެ ސަބަބުން އިތުރުވަމުން އަންނަ ޑިމާންޑަށް ކޭޓަރކުރުމަކީ މޯލްޑިވިއަންގެ އުއްމީދެވެ.

Our new ATR has landed safely at Velana International Airport and was met with a wonderful water salute. This is a milestone for Maldivian. Welcome to the Fleet, 8Q-IAW. We are proud of the crew that completed this journey. #4thATR #Maldivian pic.twitter.com/3Z6XGYrbg6
— MaldivianAero (@MaldivianAero) May 8, 2024
މި ރަސްމިއްޔާތުގެ ޚާއްސަ މެހެމާނުންނަށް މަތިންދާބޯޓުގެ އެތެރޭގައިވާ ތަނަވަސް ކެބިން އާއި ޒަމާނީ ނެވިގޭޝަން ސިސްޓަމްތަކާއި ތިމާވެއްޓާ ރައްޓެހި ޑިޒައިން ވަނީ ދައްކާލާފައެވެ. މި އައު މަތިންދާބޯޓަކީ އެތެރޭގެ އުދުހުންތަކުގައި ކުރު ދަތުރުތައް ކުރުމަށް ފަރުމާކުރެވިފައިވާ ބޯޓަކަށްވެފައި އައު ބޯޓުގެ ސަބަބުން އިތުރުވަމުން އަންނަ ޑިމާންޑަށް ކޭޓަރކުރުމަކީ މޯލްޑިވިއަންގެ އުއްމީދެވެ.
ކިޔުންތެރިންގެ ހިޔާލު