އއ އުކުޅަހުގައި މިއަދު ހިނގި އެކްސިޑެންޓެެއްގައި 17 އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އުކުޅަސް ހިއްކި ސަރަހައްދުން ދުއްވާފައި ދިނަ ސައިކަލެއް ކޮންޓްރޯލް ނުވެ ވެއްޓި، ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެގެން އެރަށު ސިއްހި މަރުކަޒުގައި ފަރުވާދެމުންދާ ކަމުގެ މައުލޫމާތު މިއަދު 14:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެގޮތުން މިހާދިސާގައި އަނިޔާވެފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށާއި އެކުއްޖާގެ ހާލު ސީރިއަށް ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެކުއްޖާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން