ހުޅުމާލޭގައި މިދިޔަ ހަފްތާގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 36 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުގެ ހަވީރު ކަމަށެވެ.
އެގޮތުން ހުޅުމާލޭ ނިރޮޅުމަގު އެމްޑަބްލިޔުއެސްސީ ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ހިނގި މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 36 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ ކަމަށް ފުލުހުން އޭރު ހާމަކޮށްފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފަހުން އެމީހާ ވަނީ އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކޮށްފައެވެ.
އަދި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މެއި 6 ވަނަ ދުވަހު އޭނާ ވަނީ ނިޔާވެފައެވެ.
ފުލުހުން ބުނެފައިވަނީ އެކްސިޑެންޑާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު