އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މަގާމުތަކަށް މެމްބަރުން މިއަދު އިންތިޚާބު ކޮށްފިއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ.
އެމްޑީޕީން މިއަދު ބުނީ އެޕާޓީން މިއަދު ބޭއްވި ޕާލަމެންޓްރީ ގްރޫޕްގެ އިންތިޚާބުގައި، އެޕާޓީގެ ޕީޖީ ލީޑަރަކަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އަދި ޑެޕިއުޓީ ޕީޖީ ލީޑަރުންގެ މަގާމަށް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ދީދީ (ޑީޑީ) އާއި ވައިކަރަދޫ ދާއިރާގެ އިންތިހާބީ މެންބަރު ޙުސައިން ޒިޔާދު އިންތިޚާބު ވެފައިވާ ކަމަށެވެ.
އެމްޑީޕީގެ ޕީޖީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހޮވިފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ އިންތިހާބީ މެންބަރު މުޙައްމަދު އިބްރާހިމް އެވެ. އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މާވަށު ދާއިރާގެ އިންތިހާބީ މެންބަރު އަޙްމަދު ޝާކިރު ހޮވިފައިވާއިރު ޗީފް ވިޕް ކަމަށް ތޮއްޑޫ ދާއިރާގެ އިންތިހާބީ މެންބަރު ހުސައިން ސަމީރު ވަނީ އިންތިޚާބު ކޮށްފައެވެ.
އޭގެ އިތުރުން ޕީޖީގެ ވިޕުންގެ ގޮތުގައި ކަނޑިތީމު ދާއިރާގެ އިންތިހާބީ މެންބަރު އަމީން ފައިސަލް އާއި ކެޔޮދޫ ދާއިރާގެ އިންތިހާބީ މެންބަރު މުޙައްމަދު ނިއުޝާދު ވަނީ ހަމަޖައްސާފައެވެ.
20 ވަނަ މަޖިލީހުގައި އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ނާޒިލް ވެގެންދާނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރަށެވެ.
ވެރިކަން ކުރާ ޕީއެންސީންވެސް ވަނީ އެޕާޓީގެ ޕީޖީ ލީޑަރުން އިއުލާނުކޮށްފަ އެވެ. އެ ޕާޓީގެ ޕީޖީ ލީޑަރަކީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙެވެ. އަދި ޕާލަމަންޓްރީ ގްރޫޕްގެ ސީނިއަރ ޑެޕިއުޓީ ލީޑަރަކީ ބާރަށު ދާއިރާގެ އިންތިޚާބީ މެންބަރު އިބްރާހީމް ޝުޖާޢު އެވެ.

ކިޔުންތެރިންގެ ހިޔާލު