ރާއްޖޭގެ ބައެއް ހިސާބުތަކަށް މިރޭ ބިންހެލުމެއްގެ ލޮޅުމުގެ އަސަރު ކޮށްފައިވާކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ މިރޭ ހދ. އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައިކަމުގެ ރިޕޯޓުތައް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

އެހެންކަމުން އިތުރަށް ބެލި ބެލުމުން ހދ. ހަނިމާދޫގައި ޤާއިމުކޮށްފައިވާ ބިންހެލުން ރެކޯޑުކުރާ މީޓަރަށް ރާއްޖޭގަޑިން މިރޭ 08:27ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާކަން ވަނީ ރެކޯޑު ކުރެވިފައި ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ނަމަވެސް މި ލޮޅުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް އޮތްކަމަށް ލަފާ ނުކުރެވޭކަމަށް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން