ދަތުރު ކުރެއްވި މަތިންދާބޯޓު ވެއްޓި މަލާވީގެ ނައިބު ރައީސް ސައުލޯސް ޗިލީމާ އަވަހާރަވެއްޖެއެވެ.
ހޯމަ ދުވަހު ހިނގި މި ހާދިސާއާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަލާވީގެ ރައީސް ލާޒާރު ޗަކުވެރާ ވިދާޅުވީ ބޯޓު ވެއްޓުމުގެ ހާދިސާގައި ބޯޓުން ދަތުރުކުރި އެންމެން މަރުވެފައިވާ ކަމަށެވެ.
ނައިބު ރައީސް ސައުލޯސް ޗިލީމާ އާއި އިތުރު ނުވަ މީހަކު ގޮވައިގެން ހޯމަ ދުވަހުގެ ހެނދުނު އެގައުމުގެ އެތެރޭގައި އުދުހެމުން ދަނިކޮށް މަތިންދާބޯޓު ވަނީ އެއާޕޯޓްގެ ރާޑަރުން ގެއްލިފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެގައުމުގެ އަސްކަރިއްޔާގައި ބޭނުންކުރާ މި ބޯޓު ވެއްޓުމުގެ ހާދިސާ ހިނގާފައިވަނީ މޫސުން ގޯސް ދުވަސްކޮޅެއްގައެވެ.
ބޯޓު ރާޑަރުން ގެއްލުމާއެކު ބޯޓު ހޯދުމުގެ މަސައްކަތް އެގައުމުގެ ސަލާމަތީ ބަރުތަކުން ފެށިއެވެ. ބޯޓު ފެނުނުއިރު އެއިން ދަތުރުކުރި އެއްވެސް މީހެއްގެ ފުރާނަ ސަލާމަތް ނުވާކަމަށް އެގައުމުގެ ރައީސް ވިދާޅުވިއެވެ.
މަލާވީގެ ނައިބު ރައީސާއި ރައީސް ތަފާތު ޕާޓީތަކުން އައިސްފައިވީ ނަމަވެސް 2020 ވަނަ އަހަރުގެ އިންތިހާބުގެ ތެރޭގައި ދެ ބޭފުޅުން ވަނީ ގުޅިގެން އިއްތިހާދު ހަދައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު