މި ފަހަރުގެ ހައްޖު އޮޕަރޭޝަން ވަރަށް ކާމިޔާބުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވަނީ ހައްޖު އޮޕަރޭޝަން ކާމިޔާބު ކަމަށް ވިދާޅުވެ އޭގެ ސަބަބުތައް ވެސް ހިއްސާ ކުރައްވައިފަ އެވެ. އަދި ރަނގަޅު ކުރަން ޖެހޭ ބައެއް ކަންކަން ވެސް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.
މި ފަހަރުގެ ހައްޖުގައި ރަނގަޅު ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި ފެންވަރު ރަނގަޅު ދިވެހި ރަހަތަކާއެކު ކާނާ ފޯރުކޮށްދިނުމާއި ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެެވެ.
ހަމަ އެހެންމެ ޑައިލެސިސް ހަދާ ފަރާތްތަކާއި، ކެންސަރު ފަރުވާ ނަގާ ބައެއް ބޭފުޅުން، އަދި ހިތުގެ ބަލި ހުންނަ ބައެއް ބޭފުޅުން ހާޖީންގެ ތެރޭގައި ތިބިއިރު އެ އެންމެނަށް އޯގާތެރިކަން ފޯރުކޮށްދީ އެޑްމިޓްކުރެވުނު ފަރާތްތަކަށް މަތީ ދަރަޖައިގައި އެހީ ފޯރުކޮށްދެއްވުނު ކަމަށް ވެސް ވިދާޅުވި އެވެ.
ހައްޖުގައި އެންމެ އާންމުކޮށް ދިމާވާ މަގު އޮޅުމުގެ މައްސަލައިގައި މި ފަހަރު ޑިވައިސްގެ އެހީގައި ލޮކޭޓްކޮށްގެން 100 އެއްހާ ހައްޖާޖީން ހޯދުނު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި އެއް ކަމަކީ ދިވެހި ހައްޖުވެރިން ތިބި ފޭލިގެ ތަކުގެ ތޮއްޖެހުމުގެ މައްސައެވެ. ރާއްޖޭގެ ހައްޖުވެރިން ވަރަށް ބޮޑަށް ތޮއްޖެހިގެން ތިބި ފޭލިގެ ތަކުގެ މަންޒަރުތައް މީސް މީޑިޔާގައި ދައުރުކޮށް ހައްޖު ކޯޕަރޭޝަނަށާއި އިސްލާމިކް މިނިސްޓްރީއަށް ވަރަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވިއެވެ.
މި ފަހަރު އަރަފާތުގެ ފޭލިގޭގެ އިންތިޒާމްތައް ފުރިހަމަ ކަމަށާއި ނަމަވެސް މިނާގެ ފޭލިގޭގައި ތާށިކަމެއް ހުރިކަމަށް މިނިސްޓަރު ވެސް އެއްބަސްވެ ވަޑައިގެންނެވި އެވެ.
"އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިއަށް އޮތްތަނުގައި ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ. ހައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓާއި މުރާލި މުވައްޒަފުންނާއި ހިއްވަރުގަދަ އެހީތެރިންނަށް ހައްގު ޝުކުރު ރައްދުކުރަން. ހައްޖު މިޝަނަށް ޝުކުރު ދަންނަވަން. ހާޖީންނަށް އެހީވި މަދީނާގެ ކިޔަވާ ކުދިންނަށް ޝުކުރު ދަންނަވަން. އަދި ހާއްސަކޮށް ބޮޑު ކައްކާ ވަހީދުބެ އަށް ޝުކުރު ދަންނަވަން." މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު