ޓެކްނިކަލް ސްޓޮޕަކަށް އިޓަލީގެ އަސްކަރީ ޖެޓުތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް މިއަދު މެންދުރު 03:15ގައި ޖައްސާފައިވާ އިރު ބޮއިން މަރުކާގެ 747ގެ ފުލައިޓެއް ވެސް ވީއައިއޭއަށް ޖެއްސުމަށް ދަތުރު ކުރަން ތާވަލް ކޮށްފިއެވެ.

ފްލައިޓް ރާޑަރުން ދައްކާގޮތުގައި އަޒްރަބައިޖާން ކާގޯ ސިލްކް ވޭ ވެސްޓް އެއާރލައިންގެ ބޮއިން މަރުކާގެ 747ގެ މި ފުލައިޓު ވީއައިއޭއަށް ޖެއްސުމަށް ދަތުރުކުރަމުން ދަނީ އިޓަލީގެ ވެރޯނާ އެއާރޕޯޓުން ފުރައިގެންނެވެ.

ސިލްކް ވޭ ވެސްޓް އެއާރލައިންގެ ބޮއިން 747ގެ ފުލައިޓު ވީއައިއޭއަށް ޖެއްސާނެ ކަމަށް ފުލައިޓް ރާޑަރުން ދައްކަނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12:57 ހާއިރުއެވެ.

ޓެކްނިކަލް ސްޓޮޕަކަށް ވީއައިއޭއަށް މިއަދު ޖެއްސި އަސްކަރީ ޖެޓުތަކަކީ ނަގަން ޖެހޭ ހުއްދަ ނަގައިގެން ލޮޖިސްޓިކްގެ ބޭނުމަށް ވީއައިއޭގައި ޖެއްސި ބޯޓުތަކެެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ބުނެއެވެ.

ވީއައިއޭއަށް މިއަދު ޖެއްސި އިޓަލީގެ އަސްކަރީ ޖެޓުތަކުގެ ތެރޭގައި ހިމެނެނީ އިޓަލީގެ އެރފޯސް އެފް 2000 ގެ 4 މިލިޓިރީ ޖެޓާާއި ބޮއިންގ 767 ޓޭންކަރެއް އަދި ސީ 130ޖޭ ސުޕަރ ހަރކިއުލީސް ބޯޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން