ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި މ. ކަރާދުނބުރިއާގެ، އަލްމަރުޙޫމް މުޙައްމަދުފުޅު ނިޔާވުމާއި ގުޅިގެން އޭނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މުޙައްމަދުފުޅަކީ ދައުލަތަށް 43 އަހަރު ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ހިދުމަތުން ރިޓަޔަރ ކުރެއްވިއިރު އުޅުއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީ އޮފިސަރެއްގެ މަގާމުގައެވެ.

މުހައްމަދުފުޅު ނިޔާވީ އުމުރުން 80 އަހަރުގައެވެ. މުހައްމަދުފުޅު ނިޔާވުމާއި ގުޅިގެން ރައީސް މުއިއްޒު ވަނީ، އެ ހިތާމައިގައި ބައިވެރިވެ ވަޑައިގެން، އެ އާއިލާއަށް ތައުޒިޔާ ދަންނަވައި އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާ ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން