އިނގިރޭސިިވިލާތުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އިންތިހާބު ކާމިޔާބުކުރި ލޭބާ ޕާޓީގެ ސަރުކާރާއެކު އެ ގައުމުން ހިމާޔަތް ހޯދާ އެހެން ގައުމުތަކުގެ ރައްޔިތުންނާ މެދު އަމަލުކުރަން ކުރީ ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލުކުރަން ނިންމައިފި އެވެ.

ނިމިގެން ދިޔަ ކޮންޒަވޭޓިވް ޕާޓީގެ ސަރުކާރުން ނިންމާފައި އޮތީ ގަވައިދާ ހިލާފަށް އިނގިރޭސިވިލާތަށް އެތެރެވެ ހިމާޔަތް ހޯދާ މީހުން އެފްރިކާގެ ގައުމެއް ކަމަށްވާ ރުވާންޑާއަށް ޑީޕޯޓްކުރުމަށެވެ.

ނަމަވެސް ގާނޫނީ ގޮތުން ކުރިމަތިވި ހުރަސްތަކާއެކު އެ ނިންމުން އޮތީ ތަންފީޒު ނުކުރެވި އެވެ.

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ކެޔާ ސްޓާމާ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ އެފްރިކާއަށް ޑީޕޯޓްކުރުމުގެ ޕްލޭން ތަންފީޒު ނުކުރައްވާނެ ކަމަށެވެ.

ކެޔާ ވިދާޅުވީ އެ ޕްލޭންއަކީ އިންސާނިއްޔަތު ކަމެއް ނެތް އަދި ހަރަދުވެސް ބޮޑު ޕްލޭނެއް ކަމަށެވެ.

އެހެންވެ މީހުން ގަވައިދާ ހިލާފަށް ހިޖުރުކުރާ ސަބަބުތައް ދެނެގަނެ އަދި ހިމާޔަތް ހޯދުމުގެ ކަންކަން ހަރުދަނާ ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން