އިންޑިގޯ ގެ ބޯޓެއް
އިންޑިގޯ ގެ ބޯޓެއް
އިންޑިއާގެ މަޝްހޫރު ބަޖެޓް އެއާލައިން އިންޑިގޯ އިން ކޮޗިން އާއި މާލެއާ ދެމެދު ދަތުރުތައް ފަށައިފި އެވެ.

ކޯވިޑް-19 އާ ގުޅިގެން، އިންޑިއާގެ ބޯޑަރު ބަންދުކޮށްފައިވީ ނަމަވެސް އެއާ އިންޑިއާ އަދި އިންޑިގޯގެ ދަތުރުތައް ރާއްޖެ އަށް ފަށާފައި މިވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާއިމްކޮށްފައިވާ "ޓްރެވަލް ބަބްލް" ގެ ތެރެއިންނެވެ.

އިންޑިގޯ އިން މި ދަތުރުތައް ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެގޮތުން، ކޮންމެ ހަފުތާއެއްގެ އާދިއްތަ އަދި ބުރާސްފަތި ދުވަހު ކޮޗިން އާއި މާލެއާ ދެމެދު ސީދާ ދަތުރެއް އޮންނާނެ އެވެ.

އިންޑިގޯ އިން ވަނީ، ލޮކްޑައުންގެ ކުރިން ރާއްޖެ އާއި އިންޑިއާގެ ބައެއް ބޮޑެތި ސިޓީތައް ކަމަށްވާ ބެންގަލޫރު އަދި ޕޫނޭ ހިމެނޭ ގޮތުން ފްލައިޓްތައް ބާއްވާފައެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު، އިންޑިއާގެ ގައުމީ އެއާލައިން ކަމަށްވާ އެއާ އިންޑިއާގެ ދަތުރުތައް ވެސް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ފަށާފަ އެވެ.

އިންޑިއާ އަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާ އަށް ދާ ގައުމެކެވެ. އެހެން ނަމަވެސް، ކޯވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުން ކޮށްފައި ވުމާއެކު މިހާރު ބޭހަށް ދަނީ އެ ގައުމުގެ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން، އާސަންދަ އިން ޗާޓަރު ކުރާ ފްލައިޓުތަކުގަ އެވެ. އިންޑިގޯ ގެ އިތުރުން އެއާ އިންޑިއާގެ ދަތުރުތައް ފެށުމާއިއެކު، ބޭހަށް ދާ ދިވެހިންނަށް ފަސޭހަވެގެންދާނެ އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މާކެޓް ކަމަށްވާ އިންޑިއާގެ ފަތުރުވެރިންނަށް ވެސް ރާއްޖެ އައުމަށް މަގުފަހިވެގެންދާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު


19

އައްޑޫ އަހަންމާދީ

06-Sep-2020

ރާއްޖެވިއްކާލަނީ (ޚާއްސަކޮށް އައްޑޫ 200,000 ޑޮލަރަށް) އިންޑިޔާއަށް މިވިއްކާލީ.. ކޯއްޓޭގައި އެހަދަނީ ސީދާ ކަނޑުންނާއި އެއްގަމުން އެރޭގޮތަށް ހަދާ ބޮޑު މިލްޓްރީ ބޭސްއެއް.. (މީ އިގިރޭސިންގެ ދުވަސްވަރުވެސް އެމީހުން ނެގި ލޮކޭޝަނެއް) މިތަނަކީ ސްޓެޓެޖިކަލީ މުހިއްމު ތަނެއް.. އެހެންވެ އިންޑިޔާއިން މިތަން ނަގާއިގެން އެއުޅެނީ. އެކަމަކު ގައުމަށްވުރެން އަމިއްލަ އެދުން ބޮޑު މިކަހަލަ ބައިގަނޑަކާހެދި މިގައުމު ހަލާކުގެ ތެރެއަށް މިވެއްޓެނީ.. މިނިވަން ކަން މިހާރު އޮތުމާމެދު ސުވާލު އުފެދެނީ. އެމީހުންގެ އިންޓަރެސްޓު (ފޮރުވިފައިވާ ބޭނުމުގެ ބޮޑުކަން މިހާރުވެސް މިއެގެނީ.. ތިންމީހަކު އެވާހަ ދެއްކުމުން އިންޑިޔާ ނުރުހޭ ވާހައެއްކަމަށް ބުނެ ފޮރިންއަށް މައްސަލަ ހުށަހެޅީ) ބޭނުން ދުވަހަކު ވެރިކަން ކުރައްވާ.. ބާރުގެ ބޭނުން ކުރައްވާ.. އެކަމަކު އައްޑޫ ވިއްކާނުލައްވާ..! އާދޭސް މިދަންނަވަނީ..! އަޑުއައްސަވާނެ ކަމަށް އުންމީދު ކުރަން.. ރައްޔަތުންގެ އަޑު މީ.. ޕޮލިޓިކަލް ކަލްޓެއްގެ އަޑެއްނޫން.. ކޮންމެ ބަޔަކު ވެިރކަން ކުރިޔަސް އަހަރުމެންގެ މިނިވަަން ކަމަށް ހުރަސް ނޭޅޭގޮތަށް ކަންކަ ކުރައްވާ.. އަވަހަށް އައްޑޫއިން އިންޑިޔާ ބޭރުކުރައްވާ ޕްލީޒް.



ޓްރެންޑިން