ޔޫޓިއުބްގައި ކޮވިޑާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރަމުންދާ ވީޑިޔޯތައް ނަގާނެ ކަމަށް ޔޫޓިއުބުން ބުނެފިއެވެ.

ޔޫޓިއުބުން ބުނާގޮތުގައި، ކޮވިޑްގެ ވެކްސިނާއި ބެހޭ ގޮތުންނާއި ޑަބްލިއު.އެޗް.އޯ އަދި ސިއްހީ މާހިރުން ހާމަކުރާ މައުލޫމާތުގެ ސައްޙަކަން އޮޅޭގޮތަށް ފަތުރަމުންދާ ވީޑިޔޯތައް ޔޫޓިއުބުން ނަގާނެ ކަމަށް، ޔޫޓިއުބުން އިއްޔެގެ ވަގުތެއްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

ޔޫޓިއުބްގެ ބައެއް ވީޑިޔޯތަކުގައި، ކޮވިޑަށް ތައްޔާރު ކުރާ ބައެއް ވެކްސިންތަކަކީ ނުރައްކާތެރި ވެކްސިން ތަކެއް ކަމަށް އެއްބަޔަކު ބަޔާން ކުރަމުން ދާއިރު، މިވެކްސިންގެ ސަބަބުން މީހުން މަރުވުމާއި ސިއްހަތަށްްް އިތުރު ގެއްލުންތައް ލިބޭނެ ކަމަށްވެސް ފާހަގަކޮށްފައިވެ.



އަދި މިހާތަނަށް މިފަދައިން ދޮގުމައުލޫމާތު ފަތުރާފައިވާ 200،000 އެއްހާ ވީޑިއޯ ވާނީ ނަގާފައިކަމަށް ޔޫޓިއުބްގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ބިރުވެރި ބަލިމަޑުކަމެއްގެ ތެރޭގައި މުޅި ދުނިޔެ އެބިރިވެރިކަން ތަހައްމަލު ކުރަމުންދާ ދަނޑިވަޅެއްގައި އާންމުންގެ ހިތްތަކަށް އިތުރު ނުތަވަސްކަން ގެނެސްދޭނެފަދަ މައުލޫމާތު އާންމު ނުކުރުމަށް ޔޫޓިއުބް އިން ވަނީ ގޮވާލައިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، ޔޫޓިއުބް މެދުވެރިކޮށް ކޮވިޑްގެ މައުލޫމާތު ގެނެސްދިނުން އިތުރުކޮށްދެވޭނެ ކަމަށްވެސް ޔޫޓިއުބްގެ މިބަޔާނުގައި ހާމަކޮށްފައިވެެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން