ޕްރެޝަރު ބޮޑުވެގެން ހެލްތު މިނިސްޓަރުކަމުން އިސްތިއުފާދެއްވި އަބްދުﷲ އަމީން
ޕްރެޝަރު ބޮޑުވެގެން ހެލްތު މިނިސްޓަރުކަމުން އިސްތިއުފާދެއްވި އަބްދުﷲ އަމީން
މިދުވަސްވަރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ވެންޓިލޭޓަރުތަކެއް ގެންނަން ސަރުކާރުގެ ތެރެއިން ހިންގި ބޮޑު ކޮރަޕްޝަނެއްގެ ވާހަކައެވެ. 75 ވެންޓިލޭޓަރު ގެންނަން ވުޖޫދުގައިވެސް ނެތް ކުންފުންޏަކާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ ބޮޑު "ސްކޭމް"އަކާ ހުރެ ސަރުކާރުގެ ވެރިންނަށް އުޅެނީ ދެފައި ކައިރިކޮށްލަންވެސް ނުކެރިގެނެވެ. އެތައް މިލިއަން ރުފިޔާއެއްގެ ބޮޑު ވައްކަމުގެ ހަޤީޤަތް ތިލަވާން ފެށިއިރު، އެކަމުގައި ގިނަ ބަޔަކު ދަނީ ބެދެމުންނެވެ. ދައުލަތުގެ ވަޒީރުންނާއި އެކިފަންތީގެ ސިޔާސީ މީހުންނާއި އެންމެ އާދައިގެ ސިވިލް ސަރވަންޓުންގެ ބައިވެރިވުންވެސް މިކަމުގައި އޮތްކަމަށް ތަހުޤީޤީ ރިޕޯޓްތަކުން ދަނީ ހާމަވަމުންނެވެ.

މިމައްސަލަ ކުރިފަޅަމުން ބޮޑުވަމުން ހޫނުވަމުންގޮސް އެންމެފަހުން ހެލްތު މިނިސްޓަރުކަމުގައި ހުންނެވި އަބްދުﷲ އަމީން މިހާރު އެވަނީ މަޤާމުންވެސް އިސްތިއުފާދެއްވާފައެވެ. ނަމަވެސް މިހާހިސާބުން އުފެދިފައިވާ އަދި ޖަވާބު ލިބުން އެންމެ ދަތި ސުވާލަކީ މިއީ އަމީން ހިންގެވި ކޮރަޕްޝަންގެ އަމަލެއްތޯ، ނުވަތަ އެބުނާ ބިޑް ކޮމިޓީން ހިންގި އަމަލެއްތޯ ނޫންނަމަ ފިނޭންސް މިނިސްޓްރީގައި ތިބި އާދައިގެ "ކުދިވެރިންކޮޅު" ހިންގައިގެން އުޅޭ ކަމެއްތޯ އުފެދޭ ސުވާލެވެ. ކުރިއަށް ވަޑައިގަންނަވާށެވެ. ކޮންމެވެސް ވަރެއް ކުރެވޭތޯ އަޅުގަނޑުމެން ވެސް ބަލާލަނަމެވެ.

ވެންޓިލޭޓަރުތަކުގެ ވައްކަމުގެ މައްސަލައިގެ ހަޤީޤަތް އެނގޭ ބައެއް ފަރާތްތަކުން ބުނާގޮތުން މިއީ ވަޒީރު އަމީނާ އެއްގޮތަކަށްވެސް ބެހޭވެސް ކަމެއް ނޫނެވެ. އެބޭފުޅުން ވިދާޅުވާ ގޮތުންނަމަ މިކަމުގައި އަމީން ބެދުނީ އޭނާގެ "ގަޅި"ކަމުންނެވެ. ކަންނުވެ ނަންވީ އަމީން ވިސްނަންޖެހޭވަރަށް ކަންކަމާމެދު ނުވިސްނުމުންނެވެ. ބަޔަކު ބުނާހާ ގޮތެއް ހަދައިގެން ބުނާ ގޮތަކަށް ކަންކުރަމުން ދިޔައީމައެވެ. އަމީނަކީ ހެލްތު މިނިސްޓަރުކަމަށް ޤާބިލް ބޭފުޅަކަށް ނުވިނަމަވެސް، އޭނާއަކީ ވަގެއް ނޫންކަމަށް ގިނަ ބަޔަކު ބުނެއެވެ. އެހެންކަމަށްވާނަމަ ވެންޓިލޭޓަރުތައް ގެނައުމަށް ހިންގިކަމަށް ބުނާ "ވައްކަމުގެ" މިއަމަލުގައި މުގުލުގައި ތުބީ، ނުވަތަ އިސްކޮށް ތިބީ ކޮންބައެއް ހެއްޔެވެ؟
ސިޔާސީ ބައެއް ފަރާތްތަކާއި ސަރުކާރުގެ ތެރޭގައި ހިނގާ ކަންކަމުގެ މަޢުލޫމާތު އެނގޭ ބައެއް މީހުން ބުނާގޮތުން ވެންޓިލޭޓަރު ވައްކަމުގެ މަންފާ ލިބުނު މީހުން މިއަދު ތިބީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ އަރިހުގައެވެ. ސީދާ ރައީސް އޮފީސް ތެރޭގައެވެ. އެންމެ މަތީ މަޤާމްތަކުގައެވެ. ހޮޓާތަކާއި ކެފޭތަކުގެ ތެރެއިން އިވެމުންދާ އަޑުތަކަށް ބަލާއިރު، ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގި ކޮރަޕްޝަންގެ އަޑީގައި ތިއްބެވީ ރައީސް އޮފީހުގެ ގާނޫނީ ގޮތުން ކުފޫ ހަމަނުވާ ދެ ވަޒީރުންނެވެ. މިދެންނެވި ދެވަޒީރުންގެ ތެރެއިން އެއްބޭފުޅެއް ކަމަށް ބުނަނީ ރާއްޖޭގެ މައި ހޮސްޕިޓަލް ނޫނީ އައިޖީއެމް ހޮސްޕިޓަލް ހިންގުން ނުވަތަ ހިނގާ ނުހިނގާ ގޮތް ބެލެހެއްޓެވުމުގެ ޒިންމާ ރައީސް އިބްރާހީމް ހަވާލުކުރަށްވާފައިވާ ވިޔަފާރިވެރިޔާ ކަމަށެވެ . އެލިސްޓުގައި އޮތް ދެވަނަ ނަމަކީ ސަރުކާރުގެ ތެރޭގައި ހިންގާ މިފަދަ ވަރަށް ގިނަ ކަންކަމުން ބައިއެޅޭ ރައީސް އޮފީހުގައި އިންނަވާ ގާނޫނަށް ނޭނގޭ ކުރީގައި މެންބަރު ކަންވެސް ކުރށްވާފައިވާ ވަޒީރު ކަމަށް މިދެންނެވި ފަރާތްތަކުން ވަރަށް ބޮޑަށް ކަށަވަރު ކޮށްދެއެވެ.

މުސްތަފާބެ ވިދާޅުވާ ފަލަމަޑި ވަޒީރަށް ވެސް ބައި ނޭޅޭ ވާހަކައެއް ނުދަންނަވަމެވެ. ތިލަފުށީގައި އޮއްވާ ބާދަގަނޑަށް ވިއްކާލި ބޯޓުން ބައިއެޅޭ އެކަކީވެސް ފަހުން މިދެންނެވި ވަޒީރު ކަމަށް ކުންފުނީގެ ޗެއަރމަން ކޮފީ މޭޒެއްގައި ވިދާޅުވާތީ އަޑުއެހި މީހުން އެބަތިއްބެވެ. އެމައްސަލަ މިހާރު އޮތީ ކުރިން ހަމަ ހީކުރި ގޮތަށް މިސަރުކާރުގެ ބަދަލު ދިނުމުގެ ސިޔާސތުގެ ތެރެއަށް ފެތިފައެވެ. ކުއްލިއަކަށް އުފަންވެ ވުޖޫދުވި ކުންފުންޏަކަށް ހިލޭ ބާދަގަނޑުގެ ގޮތުގައި ދިން މި ބޯޓުގެ ބަދަލުގައި 9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިގެން ބަހައި ލެވޭ ގޮތަށް މިހާރު ކޯޓުން އެއޮތީ ނިމިގެން ގޮސްފައެވެ.
އެއްގޮތަކަށް ވެސް އަޅުގަނޑުމެން ރައީސް އޮފީހުގެ ދެވަޒީރަކަށް ތުހުމަތުގެ އިނގިލި ކީއްކުރަން، ޝައްކެއް ވެސް ކުރަނީއަކީ ނޫނެވެ. އަޅުގަނޑުމެން 500 ޕަސެންޓް އިތުބާރު ކުރަމެވެ. އެކަމަކު ބައިއެޅެންޏާ އެކަން ދަންނަ މީހުން އެވާހަކަ ދެއްކީމާ އެވާހަކަ ލިޔެލާ އުސޫލުން އާންމުންގެ މައުލޫމާތަށްޓަކައި އަދި ދައުލަތުގެ މިނިވަން މުއައްސަސާ ތަކުގެ ސަމާލު ކަމަށްޓަކާ އެވާހަކަ ގެނަސްދިނުމަކީ އަދި މި ނޫހުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރަމެވެ.
ރައީސް އޮފީހުގައި ހުންނަ އައިޖީއެމްއެޗްގެ ކަންކަމުގައި އިސްކޮށް އުޅުއްވާ ވަޒީރަކީ ވަރަށް ވެސް ބާރުގަދަ ވަޒީރެއް ކަމަށް ވެއެވެ. ސަރުކާރުގެ މައި ހޮސްޕިޓަލުގެ ކަންކަމާ ބެހިއުޅުމަކީ ހެލްތު މިނިސްޓްރީއަށްވެސް، އަދި އެތަނުގައި ހުންނަ މިނިސްޓަރަށްވެސް މުޅިން މަނާ ކަމެކެވެ. ބެހެފިއްޔާ އެއީ "ތަޅާފައި އަރުވާލާ ވަރުގެ ބޮޑު" ކުށެެކެވެ. އެހެންކަމުން އައިޖީއެމްއެޗަށް ގެންނަ ވެންޓިލޭޓަރުތަކެއްގެ މައުލޫމާތު އޭނާއަށް ނޭނގި އަދި އޭނާގެ އަތްދަށުން ނޫން ގޮތަކަށް ގެންނަން ހަވާލު ނުކުރާނެ ކަމަށް އެކަމަށް ބޮޑުކޮށް ތުމަތުކުރާ މީހުން ބުނެއެވެ.

ނަމަވެސް ވެންޓިލޭޓަރުގެ މައްސަލަ މިހާރު އެހެރަ ނިމެމުންދާ ގޮތުން ކުށްވެރިވަނީ ހަމަ އެންމެ ވަޒީރެކެވެ. ހެލްތު މިނިސްޓަރު އެކަންޏެވެ. ވެންޓިލޭޓަރުތައް ގެންނަން ލަފާ ދިން ބަންޑާރަ ނާއިބުގެ މައްސަލައެއް ނެތެވެ. ބަޖެޓް އަޑިއަޅާލާފައި އޮއްވާވެސް ފެލާލާފައި ތިޖޫރީގެ ފޫކަހާލައިގެން ނެރެ 30 މިލިއަން ރުފިޔާގެ ޕޭމަންޓެއް އެއްވެސް ބެލުމެއްނެތި ރިލީޒްކުރި ފިނޭންސް މިނިސްޓަރުގެވެސް ކުށެއް ނެތެވެ. ފަހަރެއްގައި މި ދެންނެވި ބޭފުޅުން ނިސްބަތްވާ ފެކްޝަނުގެ ގޮތުން ކުށްވެރިނުވަނީކަމަށް ވެސް ވެދާނެއެވެ. މިކަން އެންމެ ބޮޑަށް ހާމަވެގެންދަނީ އެންމެފަހުން ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއިންނެވެ. އެޖަލްސާއަށް ވަޑައިގެންނެވި ހަމައެކަނި ވަޒީރުންނަކީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައީސް އޮފީހުގެ މިނިސްޓަރުގެ ނަމުގައި ހުންނަވާ މުހައްމަދު ޝިފާޒެވެ. ދައުލަތުގެ އިތުރު ވަޒީރަކު އެޖަލްސާއަށް ވަޑައެއްނުގަންނަވައެވެ.
ކޮންމެއަކަސް ވެންޓިލޭޓަރުތަކެއް ގެންނަން ހިންގި ކަމަށް ބުނާ ވައްކަމުން ނޫނީ ޚިޔާނާތުން ބަޔަކު ފައިސާތަކެއް ނަގައި ކައިފިއެވެ. އަދި އެފައިސާ ބޭނުންވެސް ކޮށްފިއެވެ. ނަމަވެސް މައްސަލައިގައި ބެދުނީ މުޅިން އެހެން މީހެކެވެ. ކަމާނުވެސް ބެހޭ، އެކަމަކު އެވަގުތު އެދާއިރާއާއި ހަވާލުވެ ހުރި ވަޒީރެވެ. މުސްތަފާބެ ވިދާޅުވާހެން ޒިންމާ ނަގަން މިޖެހުނީ "ކާލި ލާރިގަނޑުން" ލޯ ލާރިއެއްވެސް ނުލިބޭ، ދަތުގައިވެސް ހޭކި ނުލާ ދުލުކުރީގައި ރަހަވެސް ނުޖެހޭ މީހެކެވެ. އޭނާގެ ހަމައެކަނި މައްސަލައަކީ މަޤާމަށް ނާޤާބިލްވުމެވެ. ވަޒީރު ކަމަށް ފުރާ ފުރިހަމަ ނުވުމެވެ. ހަވާލުވެހުރި ވުޒާރާގެ ތެރޭގައި ބޮޑު ވައްކަމެއް ހިންގާލިއިރުވެސް ނޭނގުމަކީ މީހާގެ ނާޤާބިލްކަން އެންމެ ބޮޑަށް ހާމަވިއެއް ސަބަބެވެ.
ޕްރޮސެކިއުޓަރ ޖެނަރަލް ވިދާޅުވި ފަދައިން ދައުވާކުރާނެ ހެއްކެއް ނެތީވެސް އޭނާގެ ބައިވެރިވުމެއް ނެތީމައެވެ. އޭނާ ހުރީ ވާނުވާގައެވެ. އެބުނާ ޑުބާއީގެ ކުންފުނީގެ އަޑުވެސް، ހެޔޮކޮށްވިއްޔާ އޭނާ އަހާފައެއް ނުވާނެއެވެ. އެކަމަކު އެއީ ހަމަ ކުއްލިއަކަށް އުފަންވެ ވުޖޫދުވި ހަމަ ފައްކާ ކަރުދާސް ކުންފުންޏެއްކަން މިހާރު އޭނާއަށް ވެސް އެނގިވަޑައި ގެންފައި އޮވެދާނެއެވެ.

ވެންޓިލޭޓަރު މައްސަލައިގައި މިހާތަނަށް އެނގޭކަމަކީ އަމީން އިސްތިއުފާ ދިނަސް މައްސަލަ ނުނިމޭކަމެވެ. މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުން މިމައްސަލަ އަދި ދޫކޮށެއް ނުލައެވެ. މަޖިލީހުގެ ކޮމިޓީގައި ވެސް ޝަރީޢަތް ހިންގަނީއެވެ. މަޖިލީހުންވެސް މިމައްސަލަ ދޫކޮށް ނުލާނެކަމަށް ރައީސް ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ސުވާލަކީ މިމައްސަލަ ތަހުޤީޤްކުރުމަށްފަހު ސަރުކާރުގެ ތެރެއިން މިކަމުގައި ބައިވެރިވި ފަރާތްތަކާމެދު މަޖިލީހުން ފިޔަވަޅެއް އަޅަން ކެރިދާނެ ކަމާއިމެދު އުފެދޭ ސުވާލެވެ. އެބުނާ ދެވަޒީރު ބޭފުޅަކަށް ފިޔަވަޅު އެޅުއްވުމަކީ ހިތްތިރި އޯގާތެރި ރައީސް އިބްރާހީމަށް ކެރިވަޑައި ނުގަންނަވާނެ ކަމަކަށް ވަނީ އެ ދެބޭފުޅުން ތިއްބެވީ "އެ ފެކްޝްގައި" ކަމަށް ބުނާތީ ކަމަށް ބެލެވެއެވެ.
ދެން އޮތީ އެކަން ކޮޅެއްގައި ޖައްސާފައި ނޫނީ ދޫކޮށް ނުލައްވާނެ ކަމަށާއި މަޖިލީހުން އެކަމުގައި ވާންކޮށް ހިފެހެއްޓެވުމުގައި ހުންނެވި ރައީސް ނަޝީދުގެ ނިންމެވުމެވެ. އެމަނިކުފާނަށް ވެސް އެބޭފުޅުންނަށް ފިޔަވަޅެއް އަޅަން ކެރިވަޑައިގަންނަވާނެތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ބައެއް މީހުން ބުނާގޮތުން މިމައްސަލަވެސް ދާނީ ހަމަ "ތޮޅި"އަށެވެ. ވެވަށް ވެއްޓުނު ގެރި ނަގާން އުޅުނުހެން ނިކަން އަޑުގަދަކޮށް ވަށްމޭޒާއި ކުކުޅުބިސް ބުރު މޭޒު ޖަލްސާ ބާއްވާނެ އެވެ. ވެރިކަން ނިމޭއިރުވެސް ތިބޭނީ އެ މޭޒު ދޮށުގައި ބަހުސް ކޮށްކޮށެވެ. ދެން އެކަން އެހާހިސާބުން އެނިމުނީއެވެ. އެބުނާ ދައުލަތަށް ގެއްލުނު ފައިސާވެސް ގެރިއާއެކު މަރުވެދާނީއެވެ. ގުރުބާން ބަކަށްޓެއް ކަތިލާފައި މައްސަލަ ނިންމާލާނީއެވެ. މިއީ އާއްމުކޮށް މިކަންކަން ހިނގާ އުސޫލެވެ.

ކިޔުންތެރިންގެ ހިޔާލު


1

ނަން ކިޔާނެ ކަމެއްނެތް

17-Nov-2020

ފިނޭންސް މިނިސްޓަރ އަށް ހަރަކާތް ވެސް ކުރެވޭނީ ކެނެރީގޭ ޢާބިދާގެ ދަރި ބުނިގޮތަކަށް ދެނަމެއް ކިޔަސް މިދެމީހުންނަކީ ހަމައެކަކު?


9

ބާރިޔާ

06-Nov-2020

ޢެކޮނަ މިކް އަތެއް ނުވާ ކަމެްއް ހިނގާނެތަ


5

ޙުއްތު

24-Oct-2020

އަމީން ވައްކަމެއް ނުކުރާނެކަން 100 ޕަސެންޓް ޔަޤީން , އޭނާގެ ތަޖުރިބާ މަދުވުމުގެ ސަބަބުން ވަށައިގެން އުޅުނު ހިޔަޅާއި ކުއްތާ ވަކިކުރައްވަން ނޭނގުނީ ކަމަށް އަޅުގަނޑަށް ލަފާވަނީ


10

އަމިނަތު

23-Oct-2020

އައްނިިނިރުހޭމިިހަކުއެގޮނޑިއަކުނުހުރެވޭނެ


-6

އަމީނާ

23-Oct-2020

ވައްކަންކޮއްގެނެއްނޫން އެއިިއެމިިހުންގެތިމާގެމިީހުނައް ހެލްތުމިނިސްޓަރްކަންދޭން


0

ފަސީހު

23-Oct-2020

ލެރެފާގެ ވަޒީރު ކަމާއެކު ތިކަން ވަޅު ލެވިއއޖެ! ޡތީ ހިގި ކަމެއްވެސް ނޫން!


7

ލލ

23-Oct-2020

މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހައްތާވެސް !


7

އެއްމެން

23-Oct-2020

އަމީން ބެދެނީ ތިއިންއެއްވެސް ކަމެއްވެގެނެއްނޫން. އޭނަ ބެދެނީ އެމް ޑީ ޕީ މީހެއް ނޫންވީމާ.


8

ހަސަނު

22-Oct-2020

ޝިޔާމް އާއި ޝިއްޕޭ އަކީ މުލު ދެވަގުން އަސްލު މީ ވަރަށް ފުރިހަމަ ލިޔުމެއް ރަސް ގެ ތަފާތަކީ މިފަދަ މޮޅު ރިޕޯޓު ގެނެސްދޭ ހުޝިޔާރު ލިޔުންތެރިން ތިބޭތީ