ޞާދިރު ޢަލީދީދީ   14 އޭޕްރީލު 2020 - 19:18
ޢިއްފަތްތެރިކަމަކީ ﷲ ޙަރާމްކުރެއްވި ޢަމަލުތަކާއި އެ ފަދަ ހުތުރުކަންބޮޑު ބަސްތައް ބުނުމުން ރައްކާތެރިވުން
ޢިއްފަތްތެރިކަމަކީ ﷲ ޙަރާމްކުރެއްވި ޢަމަލުތަކާއި އެ ފަދަ ހުތުރުކަންބޮޑު ބަސްތައް ބުނުމުން ރައްކާތެރިވުން
ޢިއްފަތްތެރިކަމަކީ ﷲ ޙަރާމްކުރެއްވި ޢަމަލުތަކާއި އެ ފަދަ ހުތުރުކަންބޮޑު ބަސްތައް ބުނުމުން ރައްކާތެރިވުމެވެ. ޒިނޭކުރުމާއި، ރާ ބުއިމާއި، ހުތުރުކަން ބޮޑު ފާފަތަކަށް އަރައިގަނެވެނީ ތިމާގެ ކިބައިގައި ޢިއްފަތްތެރިކަން ނެތުނީމަ އެވެ. ނުވަތަ އެ މާތް ސިފަ ފުރިހަމައަށް ނެތުނީމަ އެވެ. ފަހެ ފާޙިޝު ކަންކަމަށް އަރައިގަތުމުން ދުރުހެލިވުމަށް އެދޭ މީހާ ޢިއްފަތްތެރިކަން އިޚްތިޔާރުކުރުން ހުއްޓެވެ.

މާތްވެގެންވާ އިސްލާމްދީނުގައި ޢިއްފަތްތެރިވެވޭނެ މަގުތައް ވަނީ ދައްކަވައިފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ބެލުންތައް ތިރިކުރުމެވެ. النور ސޫރަތުގެ 30ވަނަ އާޔަތުގައި ﷲ ވަޙީކުރެއްވި އެވެ. قُل لِلمُؤمِنِينَ يَغُضُّوا مِنْ اَبصَارِهِم "مؤمن ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ!" (23) ހަމަ އެ ފަދައިން ﷲ ރުއްސުންލެއްވި އަނަސު ބުނި މާލިކު އަރިހުން އައްތިރްމިޛީ ރިވާކުރެއްވި ޙަދީސެއްގައި ވަނީ: "مَاكَانَ الْفَحْشُ فِي شَئْ إِلاَّ شَانَهُ وَمَا كَانَ الْحَيَاءُ فِي شَئْ إِلاَّ زَانَهُ" "ކަމެއްގައި ފާޙިޝުކަން އެކުލެވިއްޖެ ނަމަ އެ ކަމެއް ހުތުރުވެއްޖެ އެވެ. އަދި ކަމެއްގައި ލަދުވެތިކަން ހިމެނިއްޖެ ނަމަ އެ ކަމަކަށް ޒީނަތްތެރިކަން ލިބިއްޖެ އެވެ"(24) ބެލުންތައް ތިރިކުރުމަކީ ތިމާގެ ނަފްސުގެ ބޭރުން ނުބައި ކަންކަމަށް މަގުފަހިކޮށްދޭ ނުވަތަ އެ ފަދަ ކަންކަމަށް ބާރުއަޅާ ކަންތައްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.

މީގެ އިތުރުން ތިމާގެ ނަފްސުގެ ތެރެއިން އުފެދޭ އެ ފަދަ ކަންކަމުން ރައްކާތެރިވާނެ މަގުތައް ވެސް އިސްލާމް ދީނުގައި ދައްކަވާފައި އެބަހުއްޓެވެ. އެ ފަދަ ދެވަނަ ކަމަކީ ރޯދަ ހިފުމެވެ. ރޯދަ ހިފުމަކީ ޖިންސީ ޣަރީޒާ ބަލިކޮށް، ތަޤްވާވެރިވުމަށް މަގު ފަހިކޮށްދޭ އަޅުކަމެކެވެ. ކީރިތި ރަސޫލާ رسول الله صَلَّى الله عَلَيه وَسَلَّم ޙަދީސްކުރެއްވި އެވެ: [يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجْ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ، وَمَن لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ، فَإِنَّهُ لَهُ وِجَاءٌ] "އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނި ކުރުމަށް ކުޅަދާނަކަން ލިބިގެންވާ މީހުން ކައިވެނި ކުރާހުށިކަމެވެ. އެހެނީ އޭގެ ސަބަބުން ލޮލަށް ފިނިކަން ލިބި ތިމާއަށް ޢިއްފަތްތެރިކަން ޙާޞިލުވާނެ އެވެ. ފަހެ ތިޔަބައިމީހުން ކުރެ ކައިވެނި ކުރުމަށް ކުޅާދާނަވެގެން ނުވާ މީހުން ރޯދަ ހިފާހުށިކަމެވެ. ފަހެ ރޯދަހިމުފުން އޭނާއަށް ރައްކާތެރިކަން ލިބޭނެ އެވެ."(25) ތިންވަނަ ކަމަކީ ޖިންސީ ޣަރީޒާ ހޭލައްވާލާ ކަންކަމާ ދުރުލެލިވުމެވެ. އޭގެ ތެރޭގައި އެ ފަދަ ވާހަކަ ތަކާއި، ލިޔެކިޔުމާއި، ފިލްމުތަކާއި ސޫރަތަކާއި ދެ ޖިންސުގެ މީހުން ގައިގޯޅިވެ އުޅުން ފަދަ ކަންތަކާ ދުރުހެލިވުން ހިމެނެ އެވެ. ހަތަރުވަނަ ކަމަކީ، ފައިދާހުރި ހުއްދަ މަސައްކަތެއްގައި ހުސް ވަގުތު ހޭދަ ކުރުމެވެ. އެ ގޮތުން ފޮތް ކިޔުމާއި، ލިޔުމާއި، އެކި ބާވަތުގެ މަސައްކަތް ކުރުން ހިމެނެ އެވެ.

ހުސްވަގުތު ފުރުމަށް ހޮބީގެ ގޮތުގައި ކުރެވިދާނެ ކިތަންމެ ކަމެއް ހުރެ އެވެ. ދީން ހުއްދަކުރާ ބާވަތްބާވަތުގެ ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުމަކީ ވެސް ވަރަށް ރަނގަޅު ކަންކަމެކެވެ. އެ ފަދަ ފަސްވަނަ ކަމަކީ ދީންވެރި ހެއުލަފާ ރަޙްމަތްތެރިން ގެންގުޅުމެވެ. އެ ފަދަ ރަޙްމަތްތެރިން ހެއު ކަންކަމުގައި އެހީތެރިވެދޭނެ އެވެ. އަދި ނުބައި ކަންކަމަށް ހުރަސްއަޅައި އެ ފަދަ ކަންކަމަށް ވާގިވެރިއެއް ނުވާނެ އެވެ. އިމާމު އަޙްމަދާއި އައްތިރްމިޛީ ރިވާކުރެއްވި ޙަދީސެއްގައި ވަނީ: [أَلْمَرْءُ عَلَى دِينِ خَلِيلِهِ، فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ]. "އިންސާނާ ވާހުށީ އޭނާގެ އެކުވެރިޔާގެ ދީން ނުވަތަ އޭނާގެ އެކުވެރިޔާ އުޅޭ ގޮތުގެ މަތީގަ އެވެ. ފަހެ ތިޔަބައިމީހުން ކުރެ މީހަކު އެކުވެރިވެ އުޅެނީ ކާކާތޯ ބަލާހުށިކަމެވެ"(26) ހަމަ އެ ފަދައިން ޅެންވެރިއަކު ވިދާޅުވަނީ: [عَنِ الْمَرْءِ لاَ تَسْأَلْ وَسَلْ عَنْ قَرِينِهِ، فَكُلُّ قَرِينٍ بِالْمُقَارِنِ يَقْتَدِي] "ތިޔަބައިމީހުން މީހަކާ ބެހޭގޮތުން އޮޅުންފިލުވަންޏާ އޭނާގެ މަޢުލޫމާތު ހޯދުމުގެ ބަދަލުގައި އޭނާގެ އެކުވެރިޔާ އަކީ ކާކުތޯ ބަލާށެވެ. އެހެނީ ކޮންމެ މީހަކު ވެސް ތަބާވަނީ އޭނާ އެކުވެރިވެ އުޅޭ ބަޔަކާ އެވެ"

ހަވަނަ ކަމަކީ ޠިއްބީ ހެއު ނަޞީޙަތާއި ޢިލްމުވެރިންގެ އިރުޝާދުތަކުގެ ބޭނުން ހިފުމެވެ. އެ ގޮތުން ހޫނު މޫސުމުގައި ފިނި ފެނުން ފެންވެރުމާއި، ޙިއްސުތައް ހޭލައްވާ ބާވަތުގެ ކެއުމާއި ބުއިންތައް ބޭނުން ނުކުރުމާއި، އުއްޑުން ނުވަތަ ބަންޑުން އޮވެ ނިދުމުގެ ބަދަލުގައި ކަނާތްފަރާތަށް އަރިއަށް އޮވެ ނިދުން ފަދަ ކަންކަން ހިމެނެ އެވެ. ހަތްވަނަ އަދި އެންމެ މުހިންމު ކަމަކީ ސިއްރާއި ފާޅުގައި ﷲށް ބިރުވެތިވެ، އެ ކަލާނގެއަށް ތަޤްވާވެރިވުމެވެ. ހުރިހާ ވަގުތެއްގައި، ހުރިހާ އެންމެންގެ، ހުރިހާ ކަމެއް، ﷲ ދެކެދެނެވޮޑިގެން ވާކަން ހިތަށް ގެނެސް، އެ ކަލާނގެ ޢިލްމުފުޅުން ބޭރުގައި އެކަކަށް އެއް ކަމެއް ވެސް ނުކުރެވޭނެކަން ހަނދާނަށް ގެނައުމެވެ. އަދި ﷲށް ތަޤްވާވެރިވެ، ހަވާނަފްސުގެ އެދުންތަކަށް ތަބަޢަނުވުމަށް ޢަޒުމު ކަނޑައެޅުމެވެ. ﷲގެ ޢަޛާބަށް ބިރުވެތިވެ، ފާޙިޝު ޢަމަލުތައް ދޫކޮށްލައި، އެ ކަލާނގެ ސަވާބަށް އުންމީދުކޮށް، ހެއު ޢަމަލު ކުރަންވީ އެވެ. އޭރުން ﷲ ކޯފާވެވޮޑިގެންވާ ޒިނޭ ފަދަ ފާޙިޝު ޢަމަލުތަކާ ދުރުގައި އުޅުމަށް ﷲގެ އިރާދަފުޅުން މަގުފަހިވާނެ އެވެ.

* 23. النور: 30

24. رواه الترمذي

52. أحمد وابن حبان

26. أحمد والترمذي

ލިޔުއްވައިދެއްވީ: އަލްޢުސްތާޛު އަޙްމަދު ފަހުމީ ދީދީ

ކިޔުންތެރިންގެ ހިޔާލު

2

kyqlfvtto

29-Mar-2022

Ras Online - ޢިއްފަތްތެރިކަން akyqlfvtto [url=http://www.glsnp11czrg4v53uv6506k3oj1v08125s.org/]ukyqlfvtto[/url] kyqlfvtto http://www.glsnp11czrg4v53uv6506k3oj1v08125s.org/

1

ojomztjqww

22-Nov-2021

Ras Online - ޢިއްފަތްތެރިކަން [url=http://www.g6qz6p04b7m13opfz7922h8358own0hys.org/]uojomztjqww[/url] aojomztjqww ojomztjqww http://www.g6qz6p04b7m13opfz7922h8358own0hys.org/

9

lsgtgdwhnj

28-Oct-2021

Ras Online - ޢިއްފަތްތެރިކަން [url=http://www.gf1dr8wt3134tvj532i7d9t8of356v1cs.org/]ulsgtgdwhnj[/url] alsgtgdwhnj lsgtgdwhnj http://www.gf1dr8wt3134tvj532i7d9t8of356v1cs.org/

4

xmiskjgilp

19-Sep-2021

Ras Online - ޢިއްފަތްތެރިކަން xmiskjgilp http://www.g6q9g04nh8vr0hfa362h9ck70l82iw49s.org/ [url=http://www.g6q9g04nh8vr0hfa362h9ck70l82iw49s.org/]uxmiskjgilp[/url] axmiskjgilp

12

dtgcnbsrnb

12-Aug-2021

Ras Online - ޢިއްފަތްތެރިކަން adtgcnbsrnb [url=http://www.gf654p7p49ak9ruzt87usj0758pn61j8s.org/]udtgcnbsrnb[/url] dtgcnbsrnb http://www.gf654p7p49ak9ruzt87usj0758pn61j8s.org/

19

erhhmpjiig

27-May-2021

Ras Online - ޢިއްފަތްތެރިކަން erhhmpjiig http://www.g1o1vq0ic6hg84w3q99313l5cfd9g93ms.org/ aerhhmpjiig [url=http://www.g1o1vq0ic6hg84w3q99313l5cfd9g93ms.org/]uerhhmpjiig[/url]

5

kqzectegdv

28-Jan-2021

Ras Online - ޢިއްފަތްތެރިކަން [url=http://www.gl8roq3a58g71glp2utaca037926p353s.org/]ukqzectegdv[/url] akqzectegdv kqzectegdv http://www.gl8roq3a58g71glp2utaca037926p353s.org/

-7

dynnrkxp

18-Dec-2020

Ras Online - MP Shareef: ‘Jabir paying his debt would help the budget’ dynnrkxp http://www.g3k8973rx9e18d5ifnb2ymn95e886a4ss.org/ [url=http://www.g3k8973rx9e18d5ifnb2ymn95e886a4ss.org/]udynnrkxp[/url] adynnrkxp

ޓްރެންޑިން