އިންޑިޔާގެ ރާޖަސްތާނުގައި، ފިރިމީހާ މަރުވެގެން އަލުން މީހަކާ އިންނަން ދެބަސް ވި 28 އަހަރުގެ އަންހެނެއްގެ ނޭފަތާއި ދޫ ބުރިކޮށްލައިފިއެވެ.

މިހާދިސާގައި މިއަންހެން މީހާ އަލުން އެހެން މީހަކާ ދެވަން އުޅުނީ ފިރިމީހާ މަރުވުމުން، ފިރިމީހާގެ އާއިލާއިންނެވެ. މިގޮތުން މިއަންހެން މީހާ ދެވަން އުޅުނީ އޭނާގެ މަަރުވި ފިރިހެންމީހާގެ ތިމާގެ މީހަކާ ކަމަށްވެއެވެ.

މައިދައިތަމެން ދެއްކި މީހަކާ އިންނަން ދެބަސްވުމުން ތޫނު އެއްޗަކުން ހަމަލާ ދީ ނޭފަތާއި ދޫ ބުރިކޮށްލައި، އަތްވެސް ބިންދާލާފައިވެއެވެ. އަންހެން މީހާއަށް ހަމަލާ ދީފައިވަަނީ ފިރިމީހާގެ އާއިލާއިން މިދިޔަ އަންގާރަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި ޓްރެކްޓަރެއްގައި އައިހެވެ.

މި އަންހެން މިހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދާކަމަށް އިންްޑިޔާގެ ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި މި އަންހެން މީހާއަށް ހަމަލާދިން މީހުން ހައްޔަރު ކޮށްފައިވާކަމަށްވެސް އިންޑިޔާގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން މި ހަމަލާއަށްފަހު، އަންހެން މީހާގެ ބޭބެ ވަނީ އަންހެންމީހާގެ ފިރިމީހާގެ އާއިލާއާއި ދެކޮޅަށް ފުލުހުންނަށް މައްސަލަވެސް ހުށައަޅާފައެވެ.

"ކޮއްކޮ ހުރީ އަލުން ކައިވެންޏެއް ކުރަން ތައްޔާރަކަށްނުން. މިކަމާ އޭނާގެ ފިރިމީހާގެ އާއިލާ މީހުން ރުޅިއައިސް ހަމަލާ ދިނީ. ކޮއްކޮ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި މަންމަ އަށްވެސް ވަރަށް ބޮޑަށް އަނިޔާވި. ހަމަލާ ދިން މީހުން އައިސް ކޮއްކޮގެ ނޭފަތާއި ދޫބުރިކޮށްލައި ކަނާތްވެސް ބިންދާލާފައިވޭ." އަނިޔާ ލިބުނު އަންހެންމީހާގެ ބޭބެ މީޑިޔާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.

މިއަންހެން މީހާ މީހަކާ އިނދެފައިވަނީ މީގެ 6 އަހަރު ކުރިންނެވެ. އަދި ކައިވެންޏަށް އަހަރެއް ވީތަނާ އޭނާގެ ފިރިމީހާ ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން