އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން، ކޮވިޑުން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިނުގެ ދެވަނަ ޑޯޒު، ޖައްސަވައިފިއެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒު ބައިޑެން ޖައްސަވާފައިވަނީ މިދިޔަ ޑިސެމްބަރުމަހު 21 ވަނަ ދުވަހުއެވެ. ބައިޑެން ވެކްސިންގެ ފުރަތަމަ ޑޯޒު ޖެއްސެވިތަން ވަނީ ލައިވް ކޮށް އާންމުވެސް ކޮށްފައެވެ. ތިން ހަފްތާއަށްފަހު ވެކްސިންގެ ދެވަނަ ޑޯޒު ބައިޑަން ފުރިހަމަ ކުރައްވާފައިމިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
ވެކްސިންގެ ދެވަނަ ޑޯޒު ޖެއްސެވުމަށްފަހު ނޫސްވެރިންނާއި މުޚާތަބުކުރައްވަމުން ބައިޑެން ވަނީ ބައިޑެންގެ ރިޔާސަތުގައި ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދަވާނޭ ގޮތާމެދު ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ޖެނުއަރީ 20 ވަނަ ދުވަހު، އެމެރިކާގެ ރައީސް ކަމުގެ ހުވާކުރެެއްވުމަށްފަހު، ބައިޑެންގެ ރިޔާސަތުގެ ބެލުމުގެ ދަށުން ކުރިއަށްދާނެ ވެކްސިން ފޯރުކޮށްދިނުމުގެ ޕްރޮގަރާމްގެ ދަށުން މިހާރަށްވުރެއްވެސް އަވަހަށް، ގިނަ ބަޔަކަށް ވެކްސިން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ބައިޑެން ވަނީ ވިދާޅުވެފައެވެ.
މިގޮތުން ބައިޑެންގެ ރިޔާސަތުގެ 100 ދުވަސް ތެރޭގައި ވެކްސިނުގެ 100 މިލިއަން ޑޯޒު ފޯރުކޮށްދިނުމަށް ބައިޑެން ވަނީ ވައުދުވެވަޑައިގެންފައެވެ.
"ޔަގީންކަން އެބޮތް 100 ދުވަސް ތެރޭގައި 50 މިލިއަން މީހުންނަށް ވެކްސިނުގެ ދެ ޑޯޒު ފުރިހަމަ ކުރުމަށް. މިކަން ކުރުމަށް އެންމެ ފުރަތަމަ އިސްކަމެއް ދޭން ޖިހޭނީ ވެކްސިން ޖަހަމުންދާ ސްޕީޑް އަވަސް ކުރަން. އެއަށް ފަހު މިކަމާ ބެހޭގޮތުން ދޮގު ވާހަކަ ފަތުރާ އަދި ވެކްސިން ފޯރުކޮށްދިނުމަށް ހުރަސް އަޅާ މީހުންގެ އަމަލުތައް ހުއްޓުވަން ފޯކަސް ކުރަން ޖިހޭނެ." ބައިޑެންގެ 100 ދުވަހުގެ ވައުދު ފުއްދަވާދެެއްވުމުގެ ޔަގީންކަމާމެދު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ބައިޑެން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، އެމެރިކާގައި ކޮވިޑު ޖެހިގެން ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ ރޭޓް މައްޗައް ދިޔުމަކީ ވިސްނާލަން ޖިހޭ މުހިންމުކަމެއްގެ ގޮތުގައި ބައިޑެން ވަނީ ފާހަގަ ކުރައްވާފައެވެ.
އެމެރިކާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެމެރިކާގައި މިހާތަނަށް 22.6 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، 376،000 މީހުންނަށް ވުރެއް ގިނަ މީހުން ވަނީ މިބަލި ޖެހިގެން މަރުވެފައެވެ. އެމެރިކާގައި ކޮވިޑް ކޮންޓްރޯލް ކުރުމުގެ ގޮތުން ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރުމަހު 14 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު