އިންތިޚާބެއްގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބަލައިގަތުމާ މެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމުމަށްފަހު، އެ ކޮމިޝަނަށް ފަހުން ލިބޭ މައުލޫމާތުތަކަށް ބިނާކޮށް މީހެއްގެ ކެންޑިޑެސީ އެ ކޮމިޝަނަށް އަމިއްލަ އަށް ބާތިލް ނުކުރެވޭނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ހަސަން މޫސާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރި މައްސަލައިގެ ޙުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައެވެ. ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އިންތިޚާބާ ބެހޭ ގާނޫނުގައި ބުނާ 48 ގަޑިއިރުގެ ތެރޭގައި ކެނޑިޑެސީ ބަލައިގަތުމާ މެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމާ ފަހުން، އެ ކޮމިޝަނަށް ލިބޭ މައުލޫމާތުތަކަށް ބިނާކޮށް މީހެއްގެ ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައި ކެންޑިޑެސީ ބާތިލްކުރުމަކީ އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމަށް ފަހު ކެންޑިޑެސީ ބާތިލް ކުރެވޭނީ ސުޕްރީމް ކޯޓުގެ ޤަޟާއީ ނިންމުމަކުން ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ވެއެވެ.
އަދި ހަސަން މޫސާގެ ކެންޑިޑެސީ ބާތިލްކުރަން އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ކޯޓުގެ ރަޖިސްޓްރާ ނިންމުމުން އެ ކޮމިޝަނުން އެ މައްސަލަ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިޢުނާފް ކޮށްފައި ނުވާކަންވެސް ސުޕްރީމް ކޯޓުން ވަނީ ފާހަގަކޮށްފައެވެ. ކެންޑިޑޭޓެއްގެ ޝަރުތުގެ މައްސަލަތަކުގައި ގޮތެއް ނިންމޭނީ ސުޕްރީމް ކޯޓަށް ކަމަށާއި، އަދި ކޯޓުގެ ރަޖިސްޓްރަ މައްސަލައެއް ބަލައި ނުގަންނަން ނިންމި ނަމަވެސް އެ މައްސަލައެއް އިސްތިޢުނާފް ކުރުމުގެ ފުރުސަތު ކޮންމެ ފަރާތަކަށްވެސް ލިބިގެންވާކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ޙުކުމްގައި ވަނީ، އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ހަސަން މޫސާގެ ޝަރުތު ފުރިހަމަ ވާކަން ނުވަތަ ނުވާކަން ސުޕްރީމް ކޯޓުން ކަނޑަނާޅާހާ ހިނދަކު ޙަސަން މޫސާގެ ނަން ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓުން އުނި ނުކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަންގާ ކަމަށެވެ.
ސުޕްރީމް ކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުން މި ޙުކުމަށް އިއްތިފާޤުވެފައި ވާއިރު، މި މައްސަލައިގެ ބެންޗުގެ އިސް ފަނޑިޔާރަކީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އެވެ. ބެންޗްގައި ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި، ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ.

ކިޔުންތެރިންގެ ހިޔާލު