މެލޭޝިއާގެ ހެލްތު ޑިރެކްޓަރ ޖެނެރަލް ޑަޓުކް ޑރ. ނޫރް ހިޝާމް އަބްދުﷲ
މެލޭޝިއާގެ ހެލްތު ޑިރެކްޓަރ ޖެނެރަލް ޑަޓުކް ޑރ. ނޫރް ހިޝާމް އަބްދުﷲ
ކޯވިޑް-19 އާއި ގުޅިގެން މެލޭޝިއާގައި އިޢުލާން ކޮށްފައިވާ މޫވްމަންޓް ކޮންޓްރޯލް އޯޑަރ، އެމްސީއޯގެ ތެރޭގައި ކޮންމެވެސް ވަރަކަށް ޚިދުމަތްތައް ދެމުން ގެންދިޔަ ކުންފުނި ތަކުގެ ޚިދުމަތްތައް މާދަމާއިން ފެށިގެން މުޅިން ހުޅުވާލުމަށް ހުއްދަދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ކުންފުނިތަކުގެ މަސައްކަތްތައް މުޅިން ހުޅުވާލި ނަމަވެސް މަސައްކަތް ކުރެވޭނީ މަސައްކަތް ކުރުމުގައި ޢަމަލު ކުރުމަށް ކަނޑައަޅާފައިވާ ޚާއްޞަ މިންގަނޑުތަކާއި އެއްގޮތަށް ކަމުގައި ސަރުކާރުން ބުނެފައި ވެއެވެ.

ދަ ސްޓާރ ގައި ރިޕޯޓުކޮށްފައިވާގޮތުގައި، ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެލޭޝިއާގެ ހެލްތު ޑިރެކްޓަރ ޖެނެރަލް ދާތޯ ޑރ. ނޫރް ހިޝާމް އަބްދުﷲ ވިދާޅުވީ އެކި ސެކްޓަރތައް ހުޅުވާލަމުންދާނީ ބައިބަޔަށް ބަހާލައިގެން ކަަމަށެވެ. ޑރ. ހިޝާމް އަބްދުﷲ ވިދާޅުވީ މިގޮތަށް ފުރުސަތު ދިނުމުގައި އިމާރާތް ކުރުމުގެ ދާއިރާއަށާއި ބޮޑެތި ކުންފުނިތަކަށް އިސްކަން ދެވޭނެކަމަށާއި، ދެން އިސްކަން ދެވޭނީ އާންމުންނަށް ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ކަމަށެވެ.

ހެލްތު ޑިރެކްޓަރ ޖެނެރަލް އިތުރަށް ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ކޯވިޑް-19 އަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްކަން ހާމަކުރުމުގެ ކުރިން މެލޭޝިއާއިން 3 ކަމަކާއި މެދު މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ. އެއީ މީހުން މަރުވާ އަދަދާއި ބަލި ޖެހޭ މިންވަރުގެ އިތުރުން، އިޤްތިޞާދާ މެދުގައިކަން ފާހަގަކުރައްވާ ޑރ. ހިޝާމް އަބްދުﷲ ވިދާޅުވީ އޭޕްރިލް މަހުގެ މެދުތެރެއިން ބަލި ޖެހޭ މީހުންގެ އަދަދު މައްޗަށް ދާނެކަމަށް ކުރިންވެސް ލަފާ ކުރެވިފައިވުމާއެކު، އެ އަދަދުތައް މަދުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހުނު ކަމަށެވެ. ނަމަވެސް މިހާރު އަދަދުތައް ދަށަށްދާން ފަށާފައިވުމާއެކު އިޤްތިޞާދު ހުޅުވާލައި މަސައްކަތް ފަށަން ބޭނުންވާކަން ޑރ. ހިޝާމް އަބްދުﷲ ފާހަގަކުރެއްވިއެވެ.

ޑރ. ހިޝާމް އަބްދުﷲ ވިދާޅުވީ، އިޤްތިޞާދު ހުޅުވާލި ނަމަވެސް ހެލްތު މިނިސްޓްރީން އެކުލަވާލާފައިވާ އެސްއޯޕީތަކަށް ބޯލަނބަން ޖެހޭނެ ކަމަށެވެ. އެގޮތުން އެސްއޯޕީތަކުގައި ހިމެނެޭ ބައެއް ކަންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެއްވުންތަށް މަނާކޮށް އިޖުތިމާއީ ގައިދުރުކަމުގެ އުސޫލު މަސައްކަތުގެ މާހައުލުގައިވެސް އާދަކުރަން ވާނެކަމަށާއި، މަސައްކަތް ކުރާ ތަނުގައި އެކަން ކުރުމަށް އެކަށޭނަ ޖާގަ އޮންނަންވާނެކަމަށެވެ. އަދި ހަށިގަނޑުގެ ހޫނުމިން ޓެސްޓުކުރުމުގެ ހިދުމަތް އޮފީސްތަކުގައި ގާއިމުކުރުމުގެ އިތުރުން، ސައިބޯނި، ފެން އަދި ހޭންޑް ސެނިޓައިޒާ ފަދަތަކެތި މަސައްކަތްކުރާ ތަނުގައި ލިބެން ހުންނަން ވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިއީ މިހާރާއި އަދި މުސްތަގުބަލުގެވެސް އާންމު ހާލަތުކަމަށާއި، މެލޭޝިއާގައި އިއުލާނުކޮށްފައިވާ އެމްސީއޯ އުވާލުމަށްފަހުވެސް މި އާދަތަކުގައި ހިފަހަށްޓަން ވާނެކަމަށެވެ.

މެލޭޝިއާއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 5,851 އަށް އަރާފައެވެ. އަދި އެގައުމުން މަރުވި މީހުންގެ އަދަދު އުޅެނީ 100 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން