ކޯވިޑް-19 އާ ގުޅިގެން އިމާރާތް ކުރުމުގެ ދާއިރާ އަށް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި 617 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ގެއްލުމެއްވާނެ ކަމަށް، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓަކްޝަން އިންޑަސްޓްރީ، މަސީންއިން ބުނެފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް ކުރިމަތިވާ ގެއްލުންތަކާ ބެހޭގޮތުން މަސީން އެކުލަވާލާފައިވާ ރިޕޯޓު އާންމުކުރުމަށް މަސީން ބޭއްވި ޕްރެސް ކޮންފަރެންސްގައި މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން މަޝްރޫއުތައް ހުއްޓިފައި ހުރުމާއެކު އިމާރާތްކުރުމުގެ ސިނާއަތަށާއި އެ ސިނާއަތުގެ ކުންފުނިތަކަށް ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން ހެދި ދިރާސާއަކުން ލަފާކުރެވޭ ގޮތުގައި މަސީގެ މެމްބަރު ކުންފުނިތަކަށް ކުރިއަށް އޮތް ތިން މަހު 617 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ." ޖަނާހު ވިދާޅުވި އެވެ.
ޖަނާހު ވިދާޅުވީ އިމާރާތް ކުރުމުގެ ދާއިރާގައި 5،000 އާއި 7،000 ދެމެދުގެ އަދަދަކަށް ދިވެހިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ދާއިރާގައި 40،000 އާއި 50،000 ދެމެދުގެ އަދަދަކަށް ބިދޭސީ މަސައްކަތްތެރިން މަސައްކަތް ކުރާ ކަމަށާ، އެހެންކަމުން މިހާލަތުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ އަސަރު މުޅި އިގްތިސާދަށް ބޮޑުވާނެ ކަމުގައި ޖަނާ ވިދާޅުވިއެވެ.
"މިހާރު މަގުމަތީގައި ގިނަވެފައި ތިބި ގިނަ ބިދޭސީންނަކީ ރިސޯޓުތަކުގައި މަސައްކަތް ކުރަން ގެންގޮސްފައި މި ކަންތަކާ (ކޯވިޑް-19 އާއި) ހުރެ ފޮނުވާލި މީހުން. މިހާރުން މިހާރަށް ފޮނުވާލަން ޖެހޭ މީހުންގެ ތެރޭގައި ގާތްގަޑަކަށް 20،000 ވަރަކަށް މީހުން އުޅޭނެ." ޖަނާ ވިދާޅުވި އެވެ.
ޖަނާ ވިދާޅުވީ މިއީ ޕްރޮޖެކްޓުތައް ހުއްޓިފައި ހުރުމުން އާމްދަނީ ނުލިބޭތީ ލިބޭ ގެއްލުމެއް ކަމަށާއި މިކަމުން އަރައިގަތުމަށް ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ކޮންމެ މަހަކު 205 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށެވެ.
ލޯނު އުސޫލުން ނަގާ މި ފައިސާ އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޖަނާ ވިދާޅުވި އެވެ.
މާލެ ސަރަހައްދު ލޮކްޑައުން ކުރިއިރު ހިނގަމުންދިޔަ މަޝްރޫއުތައް ފިޔަވައި އެހެން ހުރިހާ ޕީއެސްއައިޕީ މަޝްރޫއުތައް ސަރުކާރުން މިހާރު ވަނީ ހުއްޓާލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު