ރާއްޖެއަށް ފައިސާ ވަންނަ އެންމެ ބޮޑު ދޮރާށި ކަމަށްވާ ފަތުރުވެރިކަން ވަނީ މުޅިން ހުއްޓިފައި ކަމަށާއި، އެކަން އެގޮތަށް ދުވަސްތަކެއް ވަންދެން އޮންނާނެ ކަމުގައި ކޯވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވިއްޖެއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އާރާސްތުކުރާނެ ޕްލޭންތައް އެބަހުރި ކަމަށާއި، އެހެން ނަމަވެސް އެ މަސައްކަތްތައް ކުރާނީ ރާއްޖޭގެ އެ ދޮރާށި ހުޅުވުމަށް ޑޮކްޓަރުން ލަފާއެރުވުމުންނެވެ.
މަބްރޫކް ވިދާޅުވީ ކޯވިޑް-19 ގެ މިޙާލަތުގައި ހުރިހާ ނިންމުމެއްވެސް ނިންމާނީ ޑޮކްޓަރުންނެވެ.
މީގެ ކުރިން ދިވެހިޤައުމާ މުޚާތަބްކުރަށްވައި ދެއްވި ތަޤްރީރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ކޯވިޑް-19 ގެ އެންމެހާ ކަންކަމުގައި އިސްބަސްވެސް އަދި ފަހު ބަސް ވެސް ބުނާނީ ސިއްޙީ ދާއިރާގެ ފަންނުވެރިން ކަމަށް ވިދާޅުވެފައެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓާސްކްފޯސްގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ކުރާ ހުރިހާކަމެއް ކުރާނީ ރައްޔިތުންގެ ރައްކާތެރިކަމަށް ބަލައިގެން ކަމަށާއި، ދިވެއްސެއްގެ ފުރާނައާ ފައިސާއާ ހަމަހަމަ ނުކުރާނެ ކަމަށެވެ.
މަބްރޫކް މިރޭ ވިދާޅުވީ މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް އޮތް ލޮކްޑައުންގެ މުއްދަތު އިތުރުކުރުމާމެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށާއި، އެކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
މިވަގުތު މޮނިޓަރިންގ ގެ ހާލަތަށާއި ލޮކްޑައުން އަށް ރަށްރަށް ގެންދަނީ ކޭސް އަކާއި ގުޅުންހުރި މީހުން ތިބުމުން ކަމަށާއި އެނޫން ހާލަތެއްގައި އެޗްޕީއޭއިން އެފަދަ ނިންމުމެއް ނުނިންމާނެކަމަށް މަބްރޫކް ވިދާޅުވި އެވެ.
އަދި ކުރިޔަށް އޮތްތަނުގައި ކޭސްތައް އިތުރުވަމުންދާއިރު އެމީހެއްގެ ގޭގައި ކަރަންޓީނު ވާންޖެހޭނެކަމަށާއި ހުރިހާ އެންމެން ކަރަންޓީނު ކުރާވަރަށް ކަރަންޓީނު ފެސިލިޓީތަކުގައި ޖާގަ ނުހުންނާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ގޭގޭގައި ކަރަންޓީނު ކުރުމަށް ބުނާނީ އެމީހެއްގެ ހާލަތަށް ބެލުމަށްފަހު ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ރާއްޖޭގައި ކޯވިޑް-19 ހަލުވި ދުވެލީގައި ފެތުރެމުން އަންނައިރު މިބައްޔަށް މިހާތަނަށް ވަނީ 250 މީހުން ޕޮޒިޓިވް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު